މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން Fuvahmulah City އަށް (14:00 އިން 20:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ޔުމްނާ ޢަލީ

Writer
🇲🇻 ތިލަދުން Desk
10,450 Stories
2,868 Reads

Published on ތިލަދުން (Thiladhun) by ޔުމްނާ ޢަލީ

ކީރިތި ޤުރުއާން ކިޔެވުމުގެ 37 ވަނަ ޤައުމީ މުބާރާތް ފަށައިފި
Raajje

ކީރިތި ޤުރުއާން ކިޔެވުމުގެ 37 ވަނަ ޤައުމީ މުބާރާތް ފަށައިފި

ކީރިތި ޤުރުއާން ކިޔެވުމުގެ 37 ވަނަ ޤައުމީ މުބާރާތް މިރޭ ފަށައިފިއެވެ. މާލޭގެ އިސްލާމީ މަރުކަޒުގައި ބޭއްވުނު ހާއްސަ ރަސްމިއްޔާތެއްގައި މި މުބާރާތް ރަސްމީކޮށް ފައްޓަވައިދެއްވީ އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދެވެ. މި މަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި މުބާރާތުގައި 119 މުއައްސަސާއަކުން ޖުމްލަ 1037 ބައިވެރިން ވާދަކުރާއިރު، ބަލައިގެން ކިޔެވުމުގެ ގޮފީގައި 582 ބައިވެރިންނާއި، ނުބަލައި ކިޔެވުމުގެ ގޮފީގައި 424 ބައިވެރިންނާއި، ޙާފިޡުންގެ ގޮފީގައި 31 […]

މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަންގެ އޮފީސް އުފައްދައިފި
Raajje

މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަންގެ އޮފީސް އުފައްދައިފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު “މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަން” ގެ ނަމުގައި ދައުލަތުގެ އޮފީހެއް އުފައްދަވައިފިއެވެ. މިއީ މިއަދު ޢަމަލުކުރަން ފެށި މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ޤާނޫނުގެ 4 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އުފައްދަވާފައިވާ އޮފީހެކެވެ. މި ޤާނޫނަށް ޢަމަލުކުރަން ފެށުމާއެކު، ނޫސް މަޖައްލާ ފަދަ ތަކެތީގެ ޤާނޫނާއި މޯލްޑިވްސް މީޑިއާ ކައުންސިލުގެ ޤާނޫނުގެ ދަށުން އުފައްދައިފައިވާ “މޯލްޑިވްސް މީޑިއާ ކައުންސިލު” (އެމްއެމްސީ) އުވިފައިވާ...

ކޯޓަށް ހާޒިރުކުރުމަށް ހޯދަމުން ދިޔަ ޝަހީބު އަމިއްލައަށް ފުލުހަށް ހާޒިރުވުމުން ހައްޔަރުކޮށްފި
Raajje

ކޯޓަށް ހާޒިރުކުރުމަށް ހޯދަމުން ދިޔަ ޝަހީބު އަމިއްލައަށް ފުލުހަށް ހާޒިރުވުމުން ހައްޔަރުކޮށްފި

ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް ހޯދަމުން ދިޔަ ގއ. ވިލިނގިލި / ލައިޓްހައުސް، ޝަހީބް އިބްރާހީމް (47އ) އަމިއްލައަށް ފުލުހަށް ހާޒިރުވުމުން ހައްޔަރުކޮށްފިއެވެ. ކްރިމިނަލް ކޯޓުން ފުލުހުންގެ މައްޗަށް ކުރި އަމުރަކާއި ގުޅިގެން ޝަހީބު ހޯދުމަށް އާންމުންގެ އެހީތެރިކަމަށް އެދި ފުލުހުން އާންމުކޮށް ޢިއުލާންކުރީ 18 ސެޕްޓެމްބަރު 2025 ގައެވެ. ފުލުހުން މިރޭ ބުނީ ޝަހީބް އަމިއްލައަށް ފުލުހަށް ހާޒިރުވެފައިވާ ކަމަށެވެ. އަދި އޭނާ މިހާރު ހައްޔަރު ކޮށްފައިވާ ކަމަށެވެ. 130 ކިލޯގެ މަސްތުވާތަކެއްޗާއެކު، ޝަހީ...

އުމުރުން ދުވަސްވީ މީހުންގެ ދުޅަހެޔޮކަން ކަށަވަރުކުރުމަށް ހާއްސަ ޕޮލިސީއެއް ތައާރަފްކޮށްފި
Raajje

އުމުރުން ދުވަސްވީ މީހުންގެ ދުޅަހެޔޮކަން ކަށަވަރުކުރުމަށް ހާއްސަ ޕޮލިސީއެއް ތައާރަފްކޮށްފި

އުމުރުން ދުވަސްވީ މީހުންގެ ދުޅަހެޔޮކަމާއި، ކަރާމާތް ހިފަހައްޓައި، މުޖުތަމަޢުގެ ތެރޭގައި އެބޭފުޅުންގެ އިޖުތިމާޢީ ގުޅުންތައް ހަރުދަނާކުރުމަށްޓަކައި، އިޖުތިމާއީ އަދި އާއިލީ ތަރައްގީއާއި ބެހޭ ވުޒާރާއާއި ޔުނައިޓެޑް ނޭޝަންސް އިކޮނޮމިކް އެންޑް ސޯޝަލް ކޮމިޝަން ފޯ އޭޝިއާ އެންޑް ދި ޕެސިފިކް (ޔުނެސްކެޕް) ގުޅިގެން، “ނޭޝަނަލް ޕޮލިސީ އޮން އޭޖިންގް” މިއަދު ރަސްމީކޮށް ލޯންޗުކޮށްފިއެވެ. މި މުހިންމު ޕޮލިސީ ލޯންޗުކޮށްދެއްވީ ޔުނައިޓަޑް ނޭޝަންސްގެ ރެސިޑެންޓް ކޯޑިނޭޓަރ މރ. ހާއު ޖަންގ އެވެ. އިޖުތިމާއީ އަދި އާއިލީ ތަރަ...

މަޑިފުށީގެ އިޚްތިޞާޞްގައި އުފުރިޔާއާއި ކޮޅުފުށި ހިމަނައިފި
Raajje

މަޑިފުށީގެ އިޚްތިޞާޞްގައި އުފުރިޔާއާއި ކޮޅުފުށި ހިމަނައިފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ކޮޅުމަޑުލު (ތ.އަތޮޅު) މަޑިފުށީގެ އިޚްތިޞާޞްގައި ހިމެނޭ ރަށްތަކުގެ ގޮތުގައި، އެއަތޮޅު އުފުރިޔާއާއި ކޮޅުފުށި ހިމަނުއްވައި އެކަން ކަނޑައެޅުއްވި ގަރާރު ނެރުއްވައިފިއެވެ. މަޑިފުށީގެ އިޚްތިޞާޞްގައި އެއަތޮޅު އުފުރިޔާއާއި ކޮޅުފުށި ހިމަނައި ދެއްވުމަކީ ރައީސްގެ ވަޢުދުފުޅެކެވެ. ރައީސް މިދިޔަ ފެބްރުއަރީ މަހު ތ.އަތޮޅަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ފެބްރުއަރީ މަހުގެ 6 ވަނަ ދުވަހު މަޑިފުއްޓަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރަށްވައި ދެއްކެވި ވާހަކަފުޅުގައި މ...

50 މިލިއަން ޑޮލަރު ދެއްކުން އިންޑިއާއިން ފަސްކޮށްދީފި
Raajje

50 މިލިއަން ޑޮލަރު ދެއްކުން އިންޑިއާއިން ފަސްކޮށްދީފި

ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި)އަށް މިމަހު ދައްކަން އޮތް 50 މިލިއަން ޑޮލަރުގެ ޓީބިލް ދެއްކުން އެ ގައުމުން ފަސްކޮށްދީފައިވާކަމަށް ދިވެހިރާއްޖޭގެ މާލީ ވުޒާރާއިން މިއަދު ބުނެފިއެވެ. މާލީ ވުޒާރާއިން މިއިއަދު ބުނީ އެ ވުޒާރާގެ ވަޒީރު މޫސާ ޒަމީރު، ދިވެހިރާއްޖެއަށް އިންޑިއާއިން ކަނޑައަޅުއްވާފައި ހުންނަވާ ހައި ކޮމިޝަނަރ ޖީ. ބާލާސުބްރަމަނިއަން އިސްކޮށް ބައިވެރިވެވަޑައިގެންނެވި، އިންޑިއާގެ އިސް ވަފުދަކާއެކު ބައްދަލުކުރައްވައި، ދެ ޤައުމުގެ އިޤްތިޞާދީ ގުޅުން ބަދަހިކުރުމަށް މަޝްވަރާކޮށްފައިވާ ކަމަށެވ...

މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ބިލު ތަޞްދީޤުކުރައްވައިފި
Raajje

މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ބިލު ތަޞްދީޤުކުރައްވައިފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ބިލު މިއަދު ތަޞްދީޤުކުރައްވައިފިއެވެ. މި ބިލު ފާސްކޮށްފައި ވަނީ 16 ސެޕްޓެންބަރު 2025 ވީ އަންގާރަ ދުވަހު ދައުރުން ބޭރުން ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ ޚާއްޞަ ޖަލްސާ (6) ގައި 60 މެމްބަރުންގެ ވޯޓުންނެވެ. މި ބިލު ތަސްދީގުކުރައްވައި، ސަރުކާރުގެ ގެޒެޓްގައި ޝާޢިއުކުރަށްވާ ހިސާބުން މި ޤާނޫނަށް ޢަމަލުކުރަން ފެށުނީކަމަށް މި ބިލުގައި ހިމެނިފައިވުމާއެކު، މި ބިލު މި އަދު ރައީސް ތަޞްދީޤުކުރައްވައި، ރައީސް […]

ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކޮށް އިންޓަރ ސްކޫލު ވޮލީ މުބާރާތުގެ 19 އަހަރުން ދަށުގެ ޗެމްޕިއަންކަން ހުރާ ސްކޫލަށް
Sports

ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކޮށް އިންޓަރ ސްކޫލު ވޮލީ މުބާރާތުގެ 19 އަހަރުން ދަށުގެ ޗެމްޕިއަންކަން ހުރާ ސްކޫލަށް

އިންޓަރ ސްކޫލު ވޮލީ ބޯޅަ މުބާރާތް 2025 ގެ 19 އަހަރުން ދަށުގެ ޗެމްޕިއަންކަން ހުރާ ސްކޫލުން ހޯދައިފި އެވެ. އިންޓަރ ސްކޫލު ވޮލީ ބޯޅަ މުބާރާތް 2025 ގެ 19 އަހަރުން ދަށުގެ އެންމެ މޮޅު ކޯޗާއި އެންމެ މޮޅު 6 ކުޅުންތެރިން، ފޮޓޯ: ވޮލީބޯލް އެސޯސިއޭޝަން މި މުބާރާ ޗެމްޕިއަންކަން ހުރާ ސްކޫލުން ހޯދީ ކުޅުނު ހުރިހާ މެޗަކުން ވެސް މޮޅުވެގެން،ފައިނަލް މެޗުގައި ވ.ކެޔޮދޫ ސްކޫލާއި ބައްދަލުކޮށް ސީދާ ތިން ސެޓުންނެވެ. އިއްޔެ ހަވީރު ކުޅެވުނު […]

އޮގަސްޓް މަހު ޔޫޒަބަލް ރިޒާވްގައި ހުރީ 190 މިލިއަން ޑޮލަރު
Business

އޮގަސްޓް މަހު ޔޫޒަބަލް ރިޒާވްގައި ހުރީ 190 މިލިއަން ޑޮލަރު

މިދިޔަ އޮގަސްޓް މަހުގެ ޔޫޒަބަލް ރިޒާވް ހަތް ޕަސެންޓަށް ދަށަށް ގޮސް، 190 މިލިއަން ޑޮލަރަށް އަރައިފައިވާކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ހާމަކުރި މަޢުލޫމާތުތަކުން ދައްކައިފި އެވެ. މިއީ ޖުލައި މަހާ އަޅާބަލާއިރު ފާހަގަކުރެވޭ ވަރުގެ ދަށްވުމެކެވެ. އެމްއެމްއޭގެ ހިސާބުތަކުން ދައްކާގޮތުގައި، މި ދަށްވުން އައިސްފައިވަނީ އިމްޕޯޓާއި ދަރަނި އަދާކުރުމަށް ކުރަންޖެހުނު ހޭދަ ބޮޑުވުމުގެ ސަބަބުންނެވެ. “ޝޯޓް-ޓާމް ނެޓް ޑްރެއިންސް” ގެ ގޮތުގައި އޮގަސްޓް މަހު 736 މިލިއަން ޑޮލަރު ހޭދަކުރެވިފައިވާއިރު...

އެއްވެސް ބެލުމެއްނެތި ދޮގު ވާހަކަ ފެތުރުމަކީ ރައްޔިތުން ބޭނުންވާ ކަމެއް ނޫން: ރައީސް
Raajje

އެއްވެސް ބެލުމެއްނެތި ދޮގު ވާހަކަ ފެތުރުމަކީ ރައްޔިތުން ބޭނުންވާ ކަމެއް ނޫން: ރައީސް

އެއްވެސް ބެލުމެއްނެތި، ތެދު ޙަޤީޤަތެއް ނެތް ދޮގު ވާހަކަތައް ފެތުރުމަކީ ދިވެހިރާއްޖޭގެ ރައްޔިތުން ބޭނުންވާ ކަމެއް ނޫން ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މުޢިއްޒު މިފަދައިން ވިދާޅުވީ “ރައްޔިތުންނާ އެކު” ސިލްސިލާ ޕޮޑްކާސްޓްގެ 9 ވަނަ އެޕިސޯޑްގައި މިއަދު ވާހަކަފުޅުދައްކަވަމުންނެވެ. މި ޕޮޑްކާސްޓްގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، ކޮންމެ ކަމެއްގައިވެސް ދޮގެއްނުކުރުމުގެ އުސޫލުތަކެއް އޮންނަ ކަމަށާއި، އަޅުގަނޑުމެން މުސްލިމުންނަށްވީތީ އިލާހީ ޤާނޫނެއް އޮންނަކަމަށެވެ...

ކުރީގެ ރައީސުންނާއި މެންބަރުންނަށް ލިބޭ ބައެއް އިނާޔަތްތައް އުނިކުރުމަށް މަޖިލީހުގެ ދެން ފެށޭ ދައުރުގައި ހުށަހަޅަނީ
Raajje

ކުރީގެ ރައީސުންނާއި މެންބަރުންނަށް ލިބޭ ބައެއް އިނާޔަތްތައް އުނިކުރުމަށް މަޖިލީހުގެ ދެން ފެށޭ ދައުރުގައި ހުށަހަޅަނީ

ކުރީގެ ރައީސުންނާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރުންނަށް ލިބޭ ބައެއް އިނާޔަތްތައް އުނިކޮށް، އެކަންކަމަށް އިސްލާހު ގެނައުމަށްޓަކައި މަޖިލީހުގެ ދެން ފެށޭ ދައުރުގައި ހުށަހަޅުއްވާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މުޢިއްޒު މިފަދައިން ވިދާޅުވީ “ރައްޔިތުންނާ އެކު” ސިލްސިލާ ޕޮޑްކާސްޓްގެ 9 ވަނަ އެޕިސޯޑްގައި މިއަދު ވާހަކަފުޅުދައްކަވަމުންނެވެ. މި ޕޮޑްކާސްޓްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ކުރީގެ ރައީސުންނަށް މިހާރު ލިބެމުންދަނީ ވަރަށް ބޮޑު އިނާޔަތެ...

ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމު ޤާނޫނަށް ޢަމަލުކުރަން ފަށައިފި
Raajje

ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމު ޤާނޫނަށް ޢަމަލުކުރަން ފަށައިފި

ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމު ޤާނޫނަށް ރެއިން ފެށިގެން ޢަމަލުކުރަން ފަށައިފިއެވެ. ”ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމުގެ ބިލު” ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައި ވަނީ 15 ސެޕްޓެންބަރު ވީ ހޯމަ ދުވަހު، ދައުރުން ބޭރުން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޚާއްޞަ ޖަލްސާ (5)ގައެވެ. މި ބިލުގައިވާގޮތުން މި ރައީސުލްޖުމްހޫރިއްޔާ މި ބިލު ތަސްދީޤުކުރައްވައި، ދިވެހިސަރުކާރުގެ ގެޒެޓުގައި މިއަދު ޝާއިޢުކުރެއްވުމާއެކު، މި ޤާނޫނަށް ޢަމަލުކުރަން ފަށާނެއެވެ. މިގޮތުން ރައީސް ޑރ. މުޙައްމަދު...

ސީއެސްސީގެ ރައީސްއާއި ނައިބު ރައީސް ކަމުގެ މަޤާމަށް ބޭފުޅުން ޢައްޔަންކުރައްވައިފި
Raajje

ސީއެސްސީގެ ރައީސްއާއި ނައިބު ރައީސް ކަމުގެ މަޤާމަށް ބޭފުޅުން ޢައްޔަންކުރައްވައިފި

ސިވިލް ސަރވިސް ކޮމިޝަން (ސީއެސްސީ)ގެ އެންމެ އިސް މަޤާމުތަކަށް އައު ބޭފުޅުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިއްޔެ ޢައްޔަންކުރައްވައިފިއެވެ. މި ގޮތުން ސީއެސްސީގެ ރައީސްކަމުގެ މަޤާމަށް މުޙައްމަދު މުޖްތާޒް އަދި ނައިބު ރައީސްކަމުގެ މަޤާމަށް މުޙައްމަދު ނާޞިޙް ވަނީ ޢައްޔަންކުރައްވާފައެވެ. ނާސިހަކީ މި ދިޔަ ދައުރުގެ އެ ކޮމިޝަންގެ ރައީސެވެ. އޭނާގެ މަގާމުގެ މުއްދަތު ހަމަވުމާ ގުޅިގެން އަލުން އެ ކޮމިޝަނަށް އައްޔަން ކުރެއްވީ މި މަހުގެ 7 ގައެވެ. ހަނިމާދޫ ދާއިރާގެ 17 ވަނަ […]

ހަންނާނުގެ ބިލު މަޖިލީހުގެ ތަޅުމުން ފާސްކޮށްފި
Raajje

ހަންނާނުގެ ބިލު މަޖިލީހުގެ ތަޅުމުން ފާސްކޮށްފި

ތުޅާދޫ ދާއިރާގެ މިނިވަން މެންބަރު އަބްދުލްހަންނާނު އަބޫބަކުރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ “މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލު” މަޖިލީހުގެ ތަޅުމުން މިރޭ ފާސްކޮށްފިއެވެ. ބައެއް ނޫސްވެރިންނާއި އާންމުން ބިލާ ދެކޮޅަށް އިހްތިޖާޖު ކުރަމުން ދަނިކޮށް ބިލް ފާސްކުރީ 60 މެމްބަރުންގެ ވޯޓުންނެވެ. ނުފެންނަކަމަށް އެއް މެމްބަރަކު ވޯޓުދެއްވިއެވެ. މި ބިލާއި އެއްކޮޅަށް ވެސް ސަރުކާރަށް ތާއީދު ކުރާ ބަޔަކު މިއަދު ވަނީ އިހުތިޖާޖުކޮށްފައެވެ. މި ބިލު މިނިވަން މުއައްސަސާތަކުގެ ކޮމިޓީނ...

އިސްރާއީލުން ޣައްޒާގައި ހިންގަނީ ނަސްލު ނައްތާލުމުގެ ޢަމަލުތަކެއް: އދ.ގެ ކޮމިޝަންގެ ރިޕޯޓު
International

އިސްރާއީލުން ޣައްޒާގައި ހިންގަނީ ނަސްލު ނައްތާލުމުގެ ޢަމަލުތަކެއް: އދ.ގެ ކޮމިޝަންގެ ރިޕޯޓު

އިސްރާއީލުން ޣައްޒާގައި ހިންގަމުންދަނީ ނަސްލު ނައްތާލުމުގެ ޢަމަލުތަކެއްކަމަށް އެކަން ދިރާސާކުރުމަށްފަހު އދ. ގެ މުސްތަޤިއްލު ތަޙުޤީޤު ކޮމިޝަނުން ނެރުނު ރިޕޯޓުގައި ބުނެފިއެވެ. ދެ އަހަރާ ގާތްކުރާ މުއްދަތެއްގައި ހިނގަމުންދާ މި ހަނގުރާމައާ ގުޅިގެން އދ. ގެ ފަރާތަކުން މިފަދަ ނިންމުމަކަށް އައިސްފައިމިވަނީ، މިއީ މިހާތަނަށް އައި އެންމެ މުހިންމު ނިންމުމެއްގެ ގޮތުގައެވެ. މި ރިޕޯޓަކީ އދ. ގެ އިންސާނީ ޙައްޤުތަކާބެހޭ ކައުންސިލުން އައްޔަންކުރި މިނިވަން ތިން މާހިރުންގެ ޓީމަކުން އެކުލަވާލި ރިޕޯޓެކެވެ. މި ކޮމިޝަނުގ...