ތުޅާދޫ ދާއިރާގެ މިނިވަން މެންބަރު އަބްދުލްހަންނާނު އަބޫބަކުރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ "މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލު" މަޖިލީހުގެ ތަޅުމުން މިރޭ ފާސްކޮށްފިއެވެ.

ބައެއް ނޫސްވެރިންނާއި އާންމުން ބިލާ ދެކޮޅަށް އިހްތިޖާޖު ކުރަމުން ދަނިކޮށް ބިލް ފާސްކުރީ 60 މެމްބަރުންގެ ވޯޓުންނެވެ. ނުފެންނަކަމަށް އެއް މެމްބަރަކު ވޯޓުދެއްވިއެވެ.

Ad
rt

މި ބިލާއި އެއްކޮޅަށް ވެސް ސަރުކާރަށް ތާއީދު ކުރާ ބަޔަކު މިއަދު ވަނީ އިހުތިޖާޖުކޮށްފައެވެ.

މި ބިލު މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ފުރަތަމަ ފާސްކުރީ ހޯމަ ދުވަހުއެވެ. އެއަށްފަހު މަޖިލީހުގެ ކައުންސެލް ޖެނެރަލް ލަފާ ހޯދުމަށްފަހު އަނެއްކާ މިއަދު ވެސް ވަނީ މި ބިލު ފާސްކޮށްފައެވެ.

މި ބިލާ ދެކޮޅަށް މުޒާހަރާކުރި ނޫސްވެރިންގެ ތެރެއިން އަދަދުގެ ނޫސްވެރިޔާ ލީވާން އަލީ ނަސީރު ހައްޔަރުކޮށްފައިވާއިރު، މުޒާހަރާ ކުރި ސަރަހައްދުން މީޑިއާ ކައުންސިލްގެ މެމްބަރު، ނޫސްވެރިޔާ ފާތިމަތު ނަހުދާ ފާއިޒު ފުލުހުން ދުރުކުރުމުގެ ތެރޭގައި ވަނީ އަނިޔާވެފައެވެ.