މަޖިލީހަށް އޮންލައިންކޮށް ޕެޓިޝަން ހުށައެޅޭ ގޮތަށް ފާސްކޮށްފި
20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަށް އިސްލާހެއް ގެނެސް، އޮންލައިންކޮށް ޕެޓިޝަން ހުށައެޅޭގޮތަށް މިއަދު ފާސްކޮށްފިއެވެ. މި އިސްލާހު ފާސްކުރީ ޢާންމު ކޮމިޓީން ދިރާސާކުރެއްވުމަށްފަހު، 57 މެންބަރުންގެ ތާއީދާއެކުގައެވެ. މި އިސްލާހާއެކު މަޖިލީހަށް ދެ ބާވަތެއްގެ ޕެޓިޝަން ހުށައެޅޭނެއެވެ. އެއީ ކަރުދާސް ޕެޓިޝަން އަދި އިލެކްޓްރޯނިކް ޕެޓިޝަން (އީ-ޕެޓިޝަން) އެވެ. ކަރުދާސް ޕެޓިޝަން ހުށައަޅަންޖެހޭނީ މަޖިލީހުގެ އިދާރާއަށް ކަމަށްވާއިރު، އީ-ޕެޓިޝަން ހުށައަޅާނީ ޚާއްސަކޮށް ތައްޔާރުކުރެވިފައިވާ އީ-ޕެޓިޝަން ޕޯޓަލ...