މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު Over the country އަށް (16:00 އިން 22:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ޔުމްނާ ޢަލީ

Writer
🇲🇻 ތިލަދުން Desk
10,448 Stories
2,696 Reads

Published on ތިލަދުން (Thiladhun) by ޔުމްނާ ޢަލީ

ހަނިމާދޫގެ މައްޗަށް ފިނޭ ހޯދި މޮޅާއެކު ތިލަދެކުނު ފުޓްސަލް މުބާރާތް ފަށައިފި
Thiladhunmathi News

ހަނިމާދޫގެ މައްޗަށް ފިނޭ ހޯދި މޮޅާއެކު ތިލަދެކުނު ފުޓްސަލް މުބާރާތް ފަށައިފި

ހދ.އަތޮޅު ކަންސިލުން އިންތިޒާމް ކޮށްގެން ކުރިއަށްގެންދާ “ތިލަދެކުނު ފުޓްސަލް މުބާރާތް 2025” އިއްޔެ ފަށައިފިއެވެ. ނައިވާދޫގައި ކުރިއަށްދާ މި މުބާރާތުގެ ފެށުމުގެ ރަސްމިއްޔާތު އިއްޔެ ހަވީރު ބާއްވާފައިވާއިރު، މުބާރާތުގެ ފުރަތަމަ މެޗުތައް ފަށާފައި ވަނީ އަންހެން ޑިވިޜަންގެ ބައިންނެވެ. މިގޮތުން ފުރަތަމަ ބައްދަލުކޮށްފައި ވަނީ ފިނޭގެ ޑެޒަޔަރ ކްރޫ ސްޕޯޓްސް (ވީއައިއީ) އާއި ހަނިމާދޫގެ ޓީމް ހަނިމާދޫއެވެ. މި މެޗު ފިނޭ ވަނީ 3-1 އިން ހަނިމާދޫގެ މައްޗަށް ކުރި ހޯދާފައެވެ. އަންހެން ޑިވިޜަންގެ ދެވަނަ މެޗެއް […]

އައިޖީއެމްއެޗުގައި ކުރި ފުރަތަމަ ބެރިއަޓްރިކް ސަރޖަރީ ކާމިޔާބު
Raajje

އައިޖީއެމްއެޗުގައި ކުރި ފުރަތަމަ ބެރިއަޓްރިކް ސަރޖަރީ ކާމިޔާބު

އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި ކުރި ފުރަތަމަ ބެރިއަޓްރިކް އޮޕަރޭޝަން (ސްލީވް ގަސްޓްރެކްޓޮމީ) ކާމިޔާބުކަމާއެކު ނިންމާލެވިފައިވާކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ. އާދަޔާޚިލާފަށް ބޮޑަށް ބަރުދަން މަތިވެފައިވާ މީހުންނަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ކުރާ މި ސާޖަރީ، އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އާއި ދަރުމަވަންތަ ހޮސްޕިޓަލުގައި ރަސްމީކޮށް ފެށީ އިއްޔެއެވެ. އެއަށްފަހު އައިޖީއެމްއެޗްގައި މިފަދަ ފުރަތަމަ އޮޕަރޭޝަން މިއަދުކޮށްފައިވާއިރު، މި އޮޕަރޭޝަން...

ކޭއާރުއެޗް ޑަޔަލިސިސް ޔުނިޓު ފުޅާކުރުމުގެ މަސައްކަތް ކުރިއަށް
Raajje

ކޭއާރުއެޗް ޑަޔަލިސިސް ޔުނިޓު ފުޅާކުރުމުގެ މަސައްކަތް ކުރިއަށް

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް(ކޭއާރުއެޗް) ގެ ޑަޔަލިސިސް ޔުނިޓު ފުޅާކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ. ޕްލަސް ބީ ކުންފުންޏާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މި ފުޅާކުރުމުގެ މަސައްކަތް ނިމުމުން، މި ޔުނިޓުގެ އެނދުތަކުގެ ޢަދަދު އިތުރުވެގެންދާނެކަމަށް ކޭއާރުއެޗުން ބުންޏެވެ. މިގޮތުން މިހާރު 4 އެނދުގައި ޚިދުމަތްދެމުން އަންނައިރު، މަސައްކަތް ނިމުމުން ޖުމްލަ 10 އެނދުގައި ޚިދުމަތް ދެވޭނެއެވެ. މީގެ ތެރޭގައި އެކަހެރިކޮށް ފަރުވާ ދެވޭނެ ޚާއްސަ އެނދަކާއި، އައި.ސީ.ސީ.ޔޫގައި ބޭނުނ...

ލަންކާ އަށް އެހީވާން ބޭއްވި ޓެލެތޯނަށް 800،352 ޑޮލަރު، ޚާރިޖީ ވުޒާރާއާ ހަވާލުކޮށްފި
Raajje

ލަންކާ އަށް އެހީވާން ބޭއްވި ޓެލެތޯނަށް 800،352 ޑޮލަރު، ޚާރިޖީ ވުޒާރާއާ ހަވާލުކޮށްފި

ސްރީލަންކާއަށް ދިމާވެފައިވާ ކާރިސީ ހާލަތުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ދިވެހި މީޑިއާތައް ގުޅިގެން ކުރިއަށްގެންދިޔަ “ސިލޯނާއެކު ދިވެހީން” ޓެލެތޯނުން ލިބުނު 800،352 ޑޮލަރު، ޚާރިޖީ ވުޒާރާއާ ރަސްމީކޮށް ހަވާލުކޮށްފިއެވެ. މި ފައިސާ ހަވާލުކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ރާއްޖޭގެ ޚާރިޖީ ވުޒާރާގައެވެ. މި ރަސްމިއްޔާތުގައި ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލާއި މި އެހީގެ ފައިސާ ހަވާލުކުރެއްވީ ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ޢަބްދުﷲ ޔާމީނެވެ. މި ޓެލެތޯން ފެށިފައިވަނީ ނޮވެންބަރު 30 ވަނަ ދުވަހ...

ކެލާގައި ގަސް އިންދުމުގެ ހަރަކާތެއް
Raajje

ކެލާގައި ގަސް އިންދުމުގެ ހަރަކާތެއް

ހއ. ކެލާގައި ސަރުކާރުގެ “ފަސް މިލިއަން ގަސް އިންދުމުގެ” ގައުމީ މަޝްރޫޢުގެ ދަށުން ތިމާވެށި ހިމާޔަތްކޮށް ރަށުގެ ފެހިކަން އިތުރުކުރުމުގެ ޚާއްސަ ހަރަކާތެއް ފަށައިފިއެވެ. ތިމާވެއްޓާބެހޭ ވުޒާރާއިން ބުނީ، މި ހަރަކާތަކީ ރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުމަށް ސަރުކާރުން އިސްކުރާ މަސައްކަތްތަކުގެ ތެރެއިން، ކެލާ ކައުންސިލާއި ރަށުގެ ރައްޔިތުން ގުޅިގެން ކުރިއަށްގެންދާ މުހިންމު މަސައްކަތެއް ކަމަށެވެ. މި ހަރަކާތުގެ ދަށުން މިހާރު ގަސް އިންދަން ފަށާފައިވާއިރު، މި ހަރަކާތުގެ ތެރެއިން ރަށުގެ އެކި ސަރަހައްދުތަކުގައި ޖު...

އިނގިރޭސިވިލާތަށް ކުރެއްވި ދަތުރުފުޅަށްފަހު ރައީސް މާލެ ވަޑައިގެންފި
Raajje

އިނގިރޭސިވިލާތަށް ކުރެއްވި ދަތުރުފުޅަށްފަހު ރައީސް މާލެ ވަޑައިގެންފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިނގިރޭސިވިލާތަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު މާލެ ވަޑައިގެންފިއެވެ. މި ދަތުރުފުޅަކީ އިނގިރޭސިވިލާތުގެ ރަސްގެފާނު ޗާލްސް ތިންވަނައިގެ އިސްނެންގެވުމުގެ ދަށުން ބޭއްވުނު “ހައި-ލެވެލް ބްރީފިންގ އޮން ޕްރައިވެޓް ކެޕިޓަލް މޮބިލައިޒޭޝަން” ގައި ބައިވެރިވެވަޑައިގަތުމަށް ކުރެއްވި ދަތުރުފުޅެކެވެ. މި ބައްދަލުވުމުގެ މައިގަނޑު މަޤްޞަދަކީ ދެމެހެއްޓެނިވި ތަރައްޤީއަށް ބޭނުންވާ މާލީ އެހީތެރިކަން ހޯދުމުގެ މަސައްކަތް އަވަސްކުރުމެވެ. މި ބައްދަލުވުމުގައި، ބައިނަލްއަ...

ސާފު ތާހިރު ކަމެއްނެތި ކުރުނބާ ފަނި ތައްޔާރުކޮށް ޑެލިވަރީ ކުރަމުންދިޔަ ބިދޭސީންތަކެއް ހައްޔަރުކޮށްފި
Raajje

ސާފު ތާހިރު ކަމެއްނެތި ކުރުނބާ ފަނި ތައްޔާރުކޮށް ޑެލިވަރީ ކުރަމުންދިޔަ ބިދޭސީންތަކެއް ހައްޔަރުކޮށްފި

ދިވެހި ފުލުހުންގެ ޚިދުމަތާއި މޯލްޑިވްސް އިމިގްރޭޝަނާ ގުޅިގެން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި، ސާފު ތާހިރު ނޫންގޮތެއްގައި ކުރުނބާ ފަނި ތައްޔާރުކޮށް ފިހާރަތަކަށް ޑެލިވަރީ ކުރުމުގެ މަސައްކަތްކުރަމުންދިޔަ ދެ ބިދޭސީއަކު އިއްޔެ ހައްޔަރުކޮށް، އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. މި ދެމީހުންނަކީވެސް ބަންގްލަދޭޝްގެ ދެ ފިރިހެނުންނެވެ. މި އޮޕަރޭޝަނުގެ ތެރެއިން ބިދޭސީން ދިރިއުޅޭ ތަނެއް ބަލައި ފާސްކުރިއިރު، އެތަނުން ގިނަ އަދަދެއްގެ ކުރުނބާ، އަދި ކުރުނބާ ފަނި އަޅަން ތައްޔާރުކޮށްފައި ހުރި ހުސްފުޅިތަކ...

ނޮޅިވަރަންފަރު ހުޅަނގުކޮޅު އަތިރިމަތީގައި ބީޗް ހަޓް ހަދަން ހަވާލުކޮށްފި
Raajje

ނޮޅިވަރަންފަރު ހުޅަނގުކޮޅު އަތިރިމަތީގައި ބީޗް ހަޓް ހަދަން ހަވާލުކޮށްފި

ހދ. ނޮޅިވަރަންފަރުގެ ހުޅަނގުކޮޅު އަތިރިމަތީގައި ބީޗް ހަޓްތަކެއް އެޅުމުގެ މަސައްކަތް އެރަށު ކައުންސިލުން ބަޔަކާ ހަވާލުކޮށްފިއެވެ. ނޮޅިވަރަންފަރު ކައުންސިލުން މި މަސައްކަތް ހަވާލުކޮށްފައިވަނީ އަލިރާ ޕްރައިވެޓް ލިމިޓެޑްއާ އެވެ. މި އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ 30 ނޮވެމްބަރު 2025 ވަނަ ދުވަހުއެވެ. ނޮޅިވަރަންފަރު ކައުންސިލުން ހާމަކުރެއްވި ގޮތުގައި، މި މަސައްކަތުގެ ދަށުން ރަށުގެ ހުޅަނގުކޮޅު އަތިރިމަތީގައި ޖުމްލަ 04 ބީޗް ހަޓް އެޅުމަށް ވަނީ ހަމަޖެހިފައެވެ. މި މަޝްރޫޢުގެ އަގަކީ 395,000ރ (ތިންލައްކަ ނ...

ރައީސް 'ހައި-ލެވެލް ބްރީފިންގ އޮން ޕްރައިވެޓް ކެޕިޓަލް މޮބިލައިޒޭޝަން' ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންފި
Raajje

ރައީސް 'ހައި-ލެވެލް ބްރީފިންގ އޮން ޕްރައިވެޓް ކެޕިޓަލް މޮބިލައިޒޭޝަން' ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، އިނގިރޭސިވިލާތުގެ ރަސްގެފާނު ޗާލްސް ތިންވަނަ އިސްނަންގަވައިގެން އުފައްދާފައިވާ ސަސްޓެއިނަބަލް މާކެޓްސް އިނޝިއޭޓިވް (އެސް.އެމް.އައި.) އިން އިންތިޒާމްކުރި ‘ހައި-ލެވެލް ބްރީފިންގ އޮން ޕްރައިވެޓް ކެޕިޓަލް މޮބިލައިޒޭޝަން’ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންފިއެވެ. މި ބައްދަލުވުމުގެ މައިގަނޑު މަޤްޞަދަކީ، ދެމެހެއްޓެނިވި ތަރައްޤީއަށްޓަކައި ބައިނަލްއަޤްވާމީ ޑިވެލޮޕްމަންޓް ބޭންކްތައް މެދުވެރިކޮށް އަމިއްލަ ފައިނޭންސް ހޯދުން އަވަސްކުރުމެވެ. ރައީސް އޮފީހުން ބުނިގޮތުގައި މި ބ...

އާދަޔާޚިލާފަށް ބަރުދަން މަތި މީހުންނަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ކުރާ އޮޕަރޭޝަން މައި ދެ ހޮސްޕިޓަލްގައި ފަށައިފި
Raajje

އާދަޔާޚިލާފަށް ބަރުދަން މަތި މީހުންނަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ކުރާ އޮޕަރޭޝަން މައި ދެ ހޮސްޕިޓަލްގައި ފަށައިފި

އާދަޔާޚިލާފަށް ބޮޑަށް ބަރުދަން މަތިވެފައިވާ މީހުންނަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް، އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އާއި ދަރުމަވަންތަ ހޮސްޕިޓަލުގައި ބެރިއަޓްރިކް ސަރޖަރީގެ ޚިދުމަތް ރަސްމީކޮށް ފަށައިފިއެވެ. މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގް ހަލީމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިކަން ވަނީ ހާމަކުރަށްވާފައެވެ. ބެރިއަޓްރިކް ސަރޖަރީގެ ފައިދާތައް ބެރިއަޓްރިކް ސަރޖަރީ އަކީ ހަޖަމްކުރާ ނިޒާމު މަސައްކަތް ކުރާގޮތަށާއި ގޮހޮރުގެ ސައިޒަށް ބަދަ...

ރާއްޖޭގައި އެއިޑްސްބަލި ތަހައްމަލުކުރާ 36 މީހަކު
Raajje

ރާއްޖޭގައި އެއިޑްސްބަލި ތަހައްމަލުކުރާ 36 މީހަކު

އެކުއައިޑް އިމިއުނޯޑެ ފިޝެންސީ ސިންޑްރޯމް (އެއިޑްސް) ޖެހިފައިވާ 36 މީހަކު ރާއްޖޭގައި ފަރުވާހޯދަމުން އަންނަކަމަށް ހެލްތް މިނިސްޓްރީން ބުނިއެވެ. ރާއްޖޭގައި އޭޑްސް ބަލީގެ މީހަކު އެންމެ ފުރަތަމަ ފެނުނުކަމަށް ރެކޯޑު ކުރެވިފައި ވަނީ 1991 ވަނަ އަހަރުއެވެ. ދުނިޔޭގެ އެއިޑްސް ދުވަހާއި ގުޅިގެން އެ މިނިސްޓްރީން އިއްޔެ އާންމުކުރި މައުލޫމާތަށްބަލާއިރު، މި އަހަރުގެ 30 ނޮވެމްބަރުގެ ނިޔަލަށް ރާއްޖޭގައި މި ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދަކީ 53 އެވެ. އެއީ 8 އަންހެނުންނާއި 45 ފިރިހެނުންނެވެ. […]

ވިލާއިން ލަންކާ އަށް އެހީވުމަށް އެއްލައްކަ ޑޮލަރު ހަދިޔާކޮށްފި
Raajje

ވިލާއިން ލަންކާ އަށް އެހީވުމަށް އެއްލައްކަ ޑޮލަރު ހަދިޔާކޮށްފި

ސްރީލަންކާއަށް ކުރިމަތިވި މޫސުމީ ކާރިސާއިން ލިބުނު ގެއްލުންތަކަށް އެހީވުމުގެ ގޮތުން، ރާއްޖޭގެ ވިލާ ގްރޫޕްގެ ފަރާތުން އެއްލައްކަ އެމެރިކާ ޑޮލަރު (100,000 ޑޮލަރު) ހަދިޔާކޮށްފިއެވެ. މި އެހީއާއި ގުޅިގެން ވިލާ ގްރޫޕްގެ ފަރާތުން މިއަދު ބުނެފައިވާ ގޮތުގައި، އެ ގްރޫޕްގެ ފަރާތުން، ސްރީ ލަންކާގެ ގުދުރަތީ ކާރިސާއާ ގުޅިގެން ކުރިއަށްގެންދާ އެހީތެރިކަމުގެ މަސައްކަތްތަކަށް 100,000 އެމެރިކާ ޑޮލަރު ވަނީ ހަދިޔާކޮށްފިއެވެ. މި އެހީއަކީ، ސްރީލަންކާއަށް ކުރި ވިއްސާރަ އާއި ބިންގަނޑު ކަނޑައިގެން ދިޔުމުގެ ސަބަބުން ދިމާވ...

އެންމެ ބޮޑު އެއް ޑްރެޖަރާއެކު ރަސްމާލެ ހިއްކުން ތިން ގުނަ އަވަސްކޮށްފި
Raajje

އެންމެ ބޮޑު އެއް ޑްރެޖަރާއެކު ރަސްމާލެ ހިއްކުން ތިން ގުނަ އަވަސްކޮށްފި

ރަސްމާލެ ހިއްކުމުގެ މަސައްކަތް ތިން ގުނަ އަވަސްކުރުމަށްޓަކައި، ދުނިޔޭގެ އެންމެ ބޮޑު އެއް ހޮޕަރ ޑްރެޖަރު ބޭނުންކުރަން ފަށާފައިވާކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ. މިއަދު މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސް މުއިއްޒު ވިދާޅުވީ، ދުނިޔޭގެ އެންމެ ބޮޑު ދެ ޓްރެއިލަރ ސަކްޝަން ހޮޕަރ ޑްރެޖަރގެ ތެރޭގައި ހިމެނޭ، ޖަން ޑީ ނުލް ކުންފުނީގެ “ކްރިސްޓޯބަލް ކޮލޯން” ބޯޓުން މިއަދު ރަސްމާލޭ ބިން ހިއްކުމުގެ މަސައްކަތް ރަސްމީކޮށް ފަށާފައިވާ ކަމަށެވެ. މި ޑްރެޖަރާއެކު، ރާއްޖޭގައި […]

އެއިޑްސް ނައްތާލުމަކީ ދުނިޔޭގެ އެންމެންގެ ހިއްސާވާ ޒިންމާއެއް: ރައީސް
Raajje

އެއިޑްސް ނައްތާލުމަކީ ދުނިޔޭގެ އެންމެންގެ ހިއްސާވާ ޒިންމާއެއް: ރައީސް

އެއިޑްސް ނައްތާލުމަކީ ދުނިޔޭގެ އެންމެންގެ ހިއްސާވާ ޒިންމާއެއް ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ބައިނަލްއަގްވާމީ އެޑްސް ދުވަހާ ގުޅިގެން މިއަދު އެމަނިކުފާނު މީސްމީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވަނީ، މި ބަލި ނައްތާލުމަށްޓަކައި ބައިނަލްއަޤްވާމީ އެއްބާރުލުން އިތުރުކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. ރައީސް ވިދާޅުވީ، ދުނިޔޭގެ އެއިޑްސް ދުވަހުގެ މުނާސަބަތުގައި، “އެއިޑްސްއާ ކުރިމަތިލުމުގައި ދިމާވާ ހުރަސްތައް ގިރާކޮށް، އެކަމަށް އާ ބަދަލެއް ގެނައުން” މި ޝިޢާރުގެ...

ސިލޯނާއެކު ދިވެހީން ޓެލެތޯނުން 11.4 މިލިޔަން ރުފިޔާ
Raajje

ސިލޯނާއެކު ދިވެހީން ޓެލެތޯނުން 11.4 މިލިޔަން ރުފިޔާ

ސްރީލަންކާއަށް ދިމާވެފައިވާ ކާރިސީ ޙާލަތުގައި އެހީތެރިވުމަށް ދިވެހި މީޑިއާތަކުން ފެށި ޚާއްސަ ޓެލެތޯނުގެ ވަގުތު ހަމަވައިރު، 11.4 މިލިޔަނަށްވުރެ ގިނަ ރުފިޔާ ލިބިއްޖެއެވެ. ޕަބްލިކް ސާވިސް މީޑިއާ އިން އިސްނަގައިގެން ދިވެހި މީޑިއާތަކާއި ގުޅިގެން ކުރިއަށް ގެންދިޔަ، ޕީއެސްއެމުން އާންމުކުރި މި ތެލެތޯނުން ލިބުނު އެހީގެ ޢަދަދުތައް ދައްކާގޮތުން  ޖުމުލަ 11.4 މިލިޔަން ރުފިޔާ އާއި 43،000 ޑޮލަރު ވަނީ ލިބިފައެވެ. އާދިއްތަ ދުވަހުގެ ހެނދުނު 9:00 ގައި ފެށި މި ޓެލެތޯނަށް، މިއަދު މެންދުރު 2:22 އާ […]