Skip to main content

އަފްރާހް އަބްދުލް ރަޝީދު

Viewer
🇲🇻 ތިލަދުން Desk
147 Stories
15 Reads

Published on ތިލަދުން (Thiladhun) by އަފްރާހް އަބްދުލް ރަޝީދު

International

ޗައިނާގައި 30،000 ޓަނުގެ ބަސް ޓާމިނަލްއެއް 90 ޑިގްރީއަށް އަނބުރާލައިފި

ޗައިނާގެ އިންޖިނިއަރުންނަކީ ދުނިޔޭގެ އެހެން ގައުމުތަކުގެ އިންޖިނިއަރުންނާ ތަފާތު ބަޔެކެވެ. ދާދިފަހުން އެ މީހުން ވަނީ އާ ރޭލު ލައިނެއް އެޅުމަށް ބިން ހުސްކުރުމުގެ ގޮތުން އެ ބިމުގައި އިމާރާތްކޮށްފައިވާ 30،000 ޓަނުގެ ބަސް ޓާމިނަލެއް 90 ޑިގްރީއަށް އަނބުރާލުމުގައި ކާމިޔާބު ވެފައެވެ. މި މަހުގެ ކުރީކޮޅު ޗައިނާގެ ފުޖިއަން ސިޓީގެ އިންޖިނިއަރުން ވަނީ އާ ރޭލު ލައިނެއް އެޅުމަށް ބިން ހުސްކުރުމަށް 30،000 ޓަނުގެ ބަސް ޓާމިނަސް އެއްވެސް ގެއްލުމެއް ނުދީ90 ޑީގްރީ އަށް އަނބުރާލާފައެވެ. […]

އެފްއޭއެމްއިން މާލޭގައި ބޭސިކް ފުޓްބޯޅަ ރެފްރީސް ކޯހެއް ހިންގަނީ
Sports

އެފްއޭއެމްއިން މާލޭގައި ބޭސިކް ފުޓްބޯޅަ ރެފްރީސް ކޯހެއް ހިންގަނީ

ފުޓްބޯޅަ އެސޯސީއޭޝަން އޮފް މޯލްޑިވްސް އިން މާލޭގައި ބޭސިކް ފުޓްބޯޅަ ރެފްރީސް ކޯހެއް ހިންގަން ތައްޔާރުވެއްޖެއެވެ. އެފްއޭއެމްއިން ކުރި އިއުލާނެއްގައި ބުނެފައިވަނީ އަންނަ މަހުގެ17 އިން26 އަށް މާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާ، ފުޓްބޯޅަ ބޭސިކް ރެފްރީ ކޯހުގައި ބައިވެރިވުމަށް އެދޭ އަންހެން އަދި ފިރިހެން ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލެވިފައިވާކަމަށެވެ. އެފްއޭއެމްއިން ބުނީ ކޯހުގައި ބައިވެރިވުމަށް އެދޭ ފޯމް އޮންލައިންކޮށް އަންނަ މަހުގެ 10 ވާ ބުރާސްފަތި ދުވަހުގެ ކުރިން ފުރިހަމަ ކުރެވޭނެ ކަމަށެވެ. މި ކޯ...

އުމުރުން ދުވަސްވީ މީހުންގެ ދުވަސް ފާހަގަކުރުމަށް ހިނގާލުމެއް ބާއްވަނީ
Raajje

އުމުރުން ދުވަސްވީ މީހުންގެ ދުވަސް ފާހަގަކުރުމަށް ހިނގާލުމެއް ބާއްވަނީ

މި އަހަރުގެ ބައިނަލްއަޤްވާމީ އުމުރުން ދުވަސްވީ މީހުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން، ފެންޝަން އޮފީހާއި މޯލްޑިވްސް ސްޕޯރޓްސް ކޯޕަރޭޝަން ގުޅިގެން ހިނގާލުމެއް ބާއްވަން ނިންމައިފިއެވެ. “ތްރީ ޖެނެރޭޝަން ވޯކް” ގެ ނަމުގައި އުމުރުން ދުވަސްވީ މީހުންނާއި އާއިލާތައް ބައިވެރިވާ މިހިނގާލުމުގެ ބޭނުމަކީ އުމުރުން ދުވަސްވީ މީހުންނަށް ދުޅަހެޔޮކަމާއި އުފާވެރިކަންމަތީ އުޅުމަށް ކުރެވެން ހުރިކަންކަމާއި ބެހޭގޮތުން ހޭލުންތެރިކަން އިތުރުކުރުމާއި އުމުރުން ދުވަސްވީ މީހުން މުޖުތަމައަށް ކޮށްދީފައިވާ ޚިދުމަތުގެ އަގުވަޒަން ކ...

Thiladhunmathi News

މިލަދޫގައި އާ އިންޖީނުގެއެއް އިމާރާތްކޮށްދޭނެ ފަރާތެއް ހޯދަނީ

ނ. މިލަދުގައި އާ އިންޖީނުގެއެއް އިމާރާތްކޮށްދޭނެ ފަރާތެއް ހޯދަން އިއުލާނުކޮށްފިއެވެ. ސަރުކާރުގެ ގެޒެޓްގައި ފެނަކައިން ކުރި އިއުލާނުގައި ބުނެފައި ވަނީ އެ ކުންފުނިން ދޭ މަޢުލޫމާތާއި، ކުރެހުމާއި، ބީ.އޯ.ކިޔުއާއި އެއްްގޮތަށް މިލަދޫ ގައި އާ އިންޖީނުގެއެއް އަމިއްލަ ތަކެތީގައި އިމާރާތްކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާ ކަމަށެވެ. ފެނަކައިން ބުނީ މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން އަންނަަ މަހުގެ 7 ވާ ހޯމަ ދުވަހުގެ 10:00 އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންނަ މަހުގެ 15 ވާ އަންގާރަ ދ...

އީޔޫގެ ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގަތުމަށް ފިޝަރީޒް މިނިސްޓަރު ޒަހާ ބެލްޖިއަމްއަށް
Raajje

އީޔޫގެ ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގަތުމަށް ފިޝަރީޒް މިނިސްޓަރު ޒަހާ ބެލްޖިއަމްއަށް

ޔޫރަޕިއަން ޔޫނިއަންގެ ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގަތުމަށް ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު ބެލްޖިއަމްއަށް ފުރާވަޑައިގެންފިއެވެ. މި ބައްދަލުވުމަކީ ޤާނޫނާއި ޤަވާއިދާ ޚިލާފަށްކުރާ މަސްވެރިކަން ހުއްޓުވުމަށް ދިވެހިރާއްޖޭގެ ފަރާތުންކޮށްފައިވާ މަސައްކަތްތަކާއިގުޅޭ ގޮތުން މަޝްވަރާކުރުމަށާއި އީޔޫއަށް މަސް އެކްސްޕޯޓްކުރާ ޤައުމުތަކުން ފުރިހަމަކުރަންޖެހޭ އިޖުރާޢަތްތައް ފުރިހަމަވަމުންދާ މިންވަރާއި ގުޅޭ ގޮތުން އެ ކޮމިޝަންއާއި މަޝްވަރާކުރުމަށް ބްރަސްލްސްގައި މި މަހުގެ 25 އަދި 26 ގައި ބާއްވާ ބައްދަލުވުމެ...

Thiladhunmathi News

ނެއްލައިދޫގައި ވައިރަލް ހުމާއި ބޭރަށް ހިންގުން އިތުރުވާތީ ސަމާލުވުމަށް އެދެފި

އަރިދަފުސް ރޯގާ، ވައިރަލް ހުން އަދި ބޭރަށް ހިންގުން އިތުރުވަމުން ދާތީ ސަމާލުވުމަށް ނެއްލައިދޫ ސިއްހީ މަރުކަޒުން އިލްތިމާސް ކޮށްފިއެވެ. ނެއްލައިދޫ ސިއްހީ މަރުކަޒުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެ ފަދަ ބަލިތަކަކީ ފަސޭހައިން ގައިން ގަޔަށް އަރާ ބަލިތަކަކަށް ވާތީ، މިފަދަ ރޯގާތައް ފެތުރުން ހުއްޓުވުމަށް މިކަމުގައި އިސްދައުރެއް ފަރުދީ ފެންވަރުގައި އަދާކ،ުރުމަކީ ބޭނުންތެރިކަމެއް ކަމުގައި ދެކޭ ކަމަށެވެ. އެގޮތުން ތިރީގައި ވާ ކަންކަމަށް ސަލާމުކަން ދެއްވުމަށް އެ މަރުކަޒުން އެދެއެވެ. އަރިދަފުސް ރޯގާ އައ...

Thiladhunmathi News

ށ އަތޮޅުގައި އަޅާ ހައުސިން ޔުނިޓްތަކާއި ގުޅޭގޮތުން ރަށު ކައުންސިލްތަކުގެ ރައީސުންނާ ބައްދަލުކޮށްފި

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ވައުދުގެ ދަށުން ށ. އަތޮޅުގައި އިމާރާތްކުރުމަށް ހަމަޖެހިފައިވާ ހައުސިން ޔުނިޓުތަކާއި ގުޅޭ ގޮތުން ރަށު ކައުންސިލްތަކުގެ ރައީސުންނާ އަތޮޅު ކައުންސުލުން ބައްދަލުކޮށްފިއެވެ. މި ބައްދަލުވުމުގައި އެންމެ ފުރަތަމަ ބައްދަލުކޮށްފައި ވަނީ އެ އަތޮޅު ކަނޑިތީމު، ގޮއިދޫ، ފޭދޫ، ބިލެތްފަހި، ފޯކައިދޫ، ނަރުދޫ، ޅައިމަގު އަދި ފުނަދޫ ކައުންސިލްގެ ރައީސުންނާއެވެ. ރާއްޖޭގެ ހުރިހާ އަތޮޅެއް ހިމެނޭ ގޮތަށް ރަށްރަށަށް ބަހާލައިގެން ޖުމްލަ 20،000 ހައުސިންގް ޔުނިޓް އެޅުމުގެ މަޝްރޫއެއް ފެށުމަސް ނިންމާ...

Raajje

6 އަހަރަށްފަހު ރާއްޖޭގެ ރައީސަކު އދ. ގައި ތަގުރީރު ކުރައްވައިފި

އދ. ގެ 74 ވަނަ އާންމު މަޖިލީސްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، މިރޭ ތަގުރީރު ކުރައްވައިފި އެވެ. #Livestream President @ibusolih delivers his address at the 74th session of the #UNGA https://t.co/q8fuI7d1er — The President's Office (@presidencymv) September 24, 2019 ރައީސް ސޯލިހު އދ. ގެ އާންމު މަޖިލީހުގައި ތަގްރީރު ކުރައްވާފައި މިވަނީ އދ. ގައި ރާއްޖޭގެ ރައީސެއް ބައިވެރިވެވަޑައިގެން ތަގުރީރު ނުކުރައްވާތާ 6 އަހަރު ވެފައިވަނިކޮށެވެ. މިރޭ […]

ފަލަސްތީނު ރައްޔިތުންގެ ހައްގުތަކަށް އިޒްރޭލުން އަރައިގެންފައިވާތީ އެކަން ކުށްވެރިކޮށްފި
Raajje

ފަލަސްތީނު ރައްޔިތުންގެ ހައްގުތަކަށް އިޒްރޭލުން އަރައިގެންފައިވާތީ އެކަން ކުށްވެރިކޮށްފި

ފަލަސްތީނު ރައްޔިތުންގެ ޙައްޤުތަކަށް އިޒްރޭލުން އަރައިގެންފައިވާތީ އެކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހަރުކަށި އިބާރާތުން ކުށްވެރިކުރައްވައިފިއެވެ. ރައީސް މިހެން ވިދާޅުވީ ނިއުޔޯކުގައި ކުރިޔަށްދާ އ.ދ. ގެ 74 ވަނަ  ޢާންމު މަޖިލީހުގައި ތަޤްރީރު ކުރައްވަމުންނެވެ. ރައީސް ޞާލިޙް މިފަހަރު މި ތަޤުރީރު ކުރައްވަނީ އެ މަޖުލީހުގައި ރާއްޖޭގެ ރައީސަކު ތަޤުރީރު ނުކުރައްވާތާ ހަތް އަހަރަށް ފަހުގައެވެ. ރައީސްގެ ވާހަކަފުޅުގައި ފަލަސްތީނާއި އިޒްރޭލުގެ މައްސަލަ ޙައްލުކުރުމަށް އ.ދ. ގެ މެންބަރު ޤައުމުތައް ނުކުޅ...

ކުޅުދުއްފުށި ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި
Thiladhunmathi News

ކުޅުދުއްފުށި ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

ހދ. ކުޅުދުއްފުށި ގެއެއްގައި މިއަދު އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ. ފުލުހުން ވިދާޅުވީ މިއަދު މެންދުރު 13:15 އެހާކަންހާއިރު ކުޅުދުއްފުށި ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން ރިޕޯޓުކޮށްފައިވާ ކަމަށެވެ. މި ހާދިސާ ހިނގާފައިވަނީ އެ އޭގައި ދިރިއުޅޭ 22 އަހަރުގެ މީހަކު އެގޭގައި ފާހާނައެއް ގޮތަށް ހުރި ތަނެއްގެ ތެރޭގައި ކަރަންޓު ކޭބަލްތަކެއްގައި ރޯކޮށްލުމާއި ގުޅިގެން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. ފުލުހުން ވިދާޅުވީ ކަރަންޓު ކޭބަލްތަކުގައި އޭނާ އަލިފާން ރޯކޮށްލާފައި ވަނީ އެ ކޭބަލްތަކަކީ އޭނ...

ކުޅުދުއްފުށީގައި އިމާރާތްކޮށްފައިވާ 40 ރޯހައުސް މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދަނީ
Thiladhunmathi News

ކުޅުދުއްފުށީގައި އިމާރާތްކޮށްފައިވާ 40 ރޯހައުސް މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދަނީ

ހދ. ކުޅުދުއްފުށީގައި އިމާރާތްކޮށްފައިވާ 40 ރޯހައުސް މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާނު ކޮށްފިއެވެ. މިނިސްޓްރީ އޮފް ހައުސިންގ އެންޑް އަރބަން ޑެވެލޮޕްމަންޓުގެ އެދިލެއްވުމުގެ މަތިން ފިނޭންސް މިނިސްޓްރީން ކުރި އިއުލާނުގައި ބުނެފައި ވަނީ ކުޅުދުއްފުށީގައި އިމާރާތްކޮށްފައިވާ 40 ރޯހައުސް މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށެވެ. ވީމާ މިމަސައްކަތަށް ބީލަން ހުށަހެޅުމުށް ޝައުގުވެރިވާ އަދި ޝަރުތުހަމަވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށް އިއުލާނުގައި ވެއެވެ. ފިނޭންސް މިނިސް...

Thiladhunmathi News

ވައިގަދަވާނެ ކަމަށް ލަފާކޮށް ހއ އިން ތ އަތޮޅަށް ރީނދޫ ސަމާލު ނެރެފި

ވަގަދަވާނެ ކަމަށް ލަފާކޮށް ހއ އަތޮޅުން ފެށިގެން ތ އަތޮޅަށް ރީނދޫ ސަމާލު ނެރެފިއެވެ.އިން ފެށިގެން އައްޑުއާއި ހަމައަށް ހުދު ސަމާލު ނެރެފިއެވެ. ގައުމީ މޫސުމާ ބެހޭ އިދާރާ މެޓް އޮފީހުން ބުނީ ހއ އިން ފެށިގެން ތ އަތޮޅާ ހަމައަށް އެވްރެޖް ގޮތެއްގައި ގަޑިއަކު 30 މޭލާއި 40 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހި، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 50 މޭލަސް ވައިގަދަވާނެ ކަމަށެވެ. މެޓް އޮފީހުން ބުނީ ހއ އިން ފެށިގެން […]

އުލިގަމު ސިޓީ ހޮޓެލްގެ މަޝްރޫއު އަލުން ފެށުމަށް މި ސަރުކާރުން ކުރަމުން ގެންދާ މަސައްކަތަށް ސަލީމު ތައުރީފު ކުރައްވައިފި
Thiladhunmathi News

އުލިގަމު ސިޓީ ހޮޓެލްގެ މަޝްރޫއު އަލުން ފެށުމަށް މި ސަރުކާރުން ކުރަމުން ގެންދާ މަސައްކަތަށް ސަލީމު ތައުރީފު ކުރައްވައިފި

ހުއްޓިފައިވާ ހއ. އުލިގަމު ސިޓީ ހޮޓެލްގެ މަޝްރޫއު އަލުން ފެށުމަށް މި ސަރުކާރުން ކުރައްވަމުންގެންދަވާ މަސައްކަތަށް ހޯރަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ތައުރީފް ކުރައްވައިފިއެވެ. އުލިގަމުގައި 100 ކޮޓަރީގެ ޓޫރިސްޓު ހޮޓަލެއް ތަރައްގީ ކުރުމަށް 27 ފެބްރުއަރީ 2007 ގައި އެމްޓީޑީސީ އާއި ކުރެވުނު އެގްރީމަންޓު 21 ޖުލައި 2015 ގައި ވަނީ ބާތިލު ކުރެވިފައިވާއިރު މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) އިން ކޮށްފައިވާ ޚަރަދުތަކުގެ ތަފްސީލު ބެލުމުގެ މަސައްކަތް ކޮށްދޭން ޝައުގުވެރިވާ ކުއަނ...

Thiladhunmathi News

އުތީމު ސްކޫލުގެ ހަތަރު ކްލާސްރޫމުގެ ދެ ބުރި އިމާރާތުގެ ނުނިމިހުރި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަނީ

ހއ. އުތީމު ޣާޒީ ބަންޑާރައިން ސްކޫލުގެ ހަތަރު ކްލާސްރޫމުގެ ދެ ބުރި އިމާރާތުގެ ނުނިމިހުރި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން އިއުލާނު ކޮށްފިއެވެ. އެ ސްކޫލުން ސަރުކާރުގެ ގެޒެޓްގައި ކުރި އިއުލާނެއްގައި ބުނެފައިވަނީ އެ ސްކޫލުގެ އައު އިމާރާތް އެޅައިދޭނެ ފަރާތެއް ހޯދުމަށް މި މަހުގެ ހަތަރު ވަނަ ދުވަހު ކުރި އިއުލާނު ބާތިލްކޮށް، އަލުން އެ ފުރުސަތު ހުޅުވާލާކަމަށެވެ. އެގޮތުން އެ ސްކޫލުގައި އިމާރާތްކުރަން ފަށާފައިވާ ހަތަރު ކްލާސް ރޫމު ދެބުރި އިމާރާތުގެ ނުނިމިހުރި ކޮންޓްރެކްޓިން […]

Sports

ކޮލިފައިންގެ ފަހު މެޗުން ވެސް ރާއްޖެ ބަލިވެއްޖެ

އަންނަ އަހަރު އޮންނަ އޭއެފްސީ 16 އަހަރުން ދަށުގެ ޗެމްޕިއަންޝިޕްގެ ކޮލިފައިންގައި ރާއްޖެ ކުޅުނު ފަހު މެޗުން ވެސް ބަލިވެއްޖެ އެވެ. އީރާންގައި މިހާރު ކުރިއަށްދާ ކޮލިފިކޭޝަން މެޗުތަކުގައި ރާއްޖެ ހިމެނިފައިވަނީ ގްރޫޕް ‘ސީ’ ގައެވެ. މި ގްރޫޕުގައި ދެން ހިމެނެނީ އީރާން، އަފްގާނިސްތާން އަދި ފަލަސްތީނެވެ. އިއްޔެ ހަވީރު ކުޅުނު ކޮލިފައިންގެ ފަހު މެޗުގައި ރާއްޖެ ބައްދަލުކުރީ ފަލަސްތީނާއެވެ. މި މެޗު 1-4 އިން ކާމިޔާބު ކުރީ ފަލަސްތީނެވެ. އިއްޔެގެ މެޗުން ރާއްޖެ ބަލިވިކަމުގައިވިޔަސް ޒުވާން […]