ހދ. އަތޮޅު ވޮލީ މުބާރާތުގެ އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ޓީމް ކުޅުދުއްފުށި ހޯދައިފި

5BEBF928-FC4F-4628-A284-F56D0E68F74B

ހދ.އަތޮޅު ކައުންސިލުން އިންތިޒާމުކޮށްގެން ބާއްވާ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ޓީމް ކުޅުދުއްފުށި ހޯދައިފިއެވެ.

ޓީމް ކުޅުދުއްފުށި އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ހޯދީ މިއަދު ހަވީރު ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްގައި ކުޅުނު ފައިނަލު މެޗުގައި ނޮޅިވަންފަރު ސްޕޯޓްސް ކްލަބު ސީދާ ތިން ސެޓުން ބަލިކޮށްގެންނެވެ.

މިމުބާރާތުގެ އަންހެން ޑިވިޝަންގެ ފައިނަލަށް ނޮޅިވަރަންފަރު ސްޕޯރޓްސް ކްލަބް ދަތުރުކުރީ، ސެމީ ފައިނަލުގައި ނޮޅިވަރަމް ޒުވާނުންގެ ގުޅުމާ ބައްދަލުކޮށް ސީދާ ތިން ސެޓުން މޮޅުވެގެންނެވެ. އަދި ކުޅުދުއްފުށި ފައިނަލަށް ދިޔައީ، ސެމީ ފައިނަލުގައި ޓީމް ހަނިމާދޫ 3 ސެޓް 1 ސެޓުން ބަލި ކުރުމަށްފަހުގައެވެ.

މި މުބާރާތުގެ ފިރިހެން ޑިވިޝަންގެ ފައިނަލް މެޗް މިހާރު ފެށިގެން ކުރިއަށްދާ އިރު، މި މެޗުގައި ބައްދަލު ކުރާނީ ކުޅުދުއްފުށީ އެކުވެރިންގެ ދިރުން އަދި ޓީމު ނޮޅިވަރަމެވެ.

މި މއަހުގެ 20 އިން 29 އަށް ކުރިއަށްދާ މިމުބާރާތުގައި އަންހެން 6 ޓީމު އަދި ފިރިހެން 4 ޓީމު ބައިވެރިވެފައި ވެއެވެ. މިމުބާރާތުގެ އަންހެން އަދި ފިރިހެން ޑިވިޜަންގެ ޗެމްޕިއަން ޓީމަށް ދިހަހާސް ރުފިޔާ އަދި ރަނަރަޕް ޓީމަށް ހަތްހާސް ރުފިޔާގެ އިނާމެއް ހުށަހެޅިފައިވެއެވެ.

މުބާރާތް ކުރިއަށް ގެންދަނީ ޑަބްލިއު ސްޕޯރޓްސް އެކެޑަމީގެ ފަރާތުންނެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި