ށ. ގޮއިދޫ ޒުވާނަކު ވެންޓިލޭޓަރެއް އުފައްދައިފި
ށ. ގޮއިދޫ 19 އަހަރުގެ ޒުވާނެއްކަމަށްވާ އަހްމަދު އަޝްހަމް ވެންޓިލޭޓަރެއް އުފައްދައިފި އެވެ. މިއާއިއެކު އަޝްހަމް ވެފައިމިވަނީ ރާއްޖޭގައި އަމިއްލައަށް ވެންޓިލޭޓަރެއް އުފެއްދި އެންމެ އުމުރުން ހަގު ޒުވާނާއަށެވެ. ސީއެޗްއެސްއީން މިދިޔަ އަހަރު ގްރޭޑް 12 ނިންމާ މިވަގުތު ރަށުގައި އުޅެމުން އަންނަ އަޝްހަމް ތިލަދުންއާއި ވާހަކަދައްކަމުން ބުނީ މިކަން ކުރުމުގެ ހިޔާލު އައީ ސިފައިން ފުރަތަމަ ވެންޓިލޭޓަރެއް ހެދިވާހަކަ އަޑުއިވުމުންނާއި ބަލިމަޑުކަމެއް ފެތުރިފައިވާ މިދުވަސްވަރު ރަށުން ވެންޓިލޭޓަރުގެ ޚިދުމަތް ލިބެން ނ...