ރަށްރަށުގެ މިސްކިތްތަކުގެ ޖަމާއަތް މިއަދު ހުކުރު ނަމާދުން ފެށިގެން ހުޅުވާލަން ނިންމާފައިވާއިރު މިސްކިތްތަކުގެ ޖަމާއަތް ނުހުޅުވާ 25 ރަށެއް ހިމަނައި އިސްލާމިކް މިނިސްޓްރީން އެކަން ކައުންސިލްތަކަށް އެންގި ލިއުމުގައި އުތުރުގެ 20 ރަށެއް ވަނީ ހިމެނިފައެވެ.

މިސްކިތުގެ ޖަމާއަތް ނުހުޅުވާނެ 25 ރަށެއް ހިމަނާފައިވާ ސަކިއުލަރ ކައުންސިލްތަކަށް އިސްލާމިކް މިނިސްޓްރީން ފޮނުވީ މިރޭ މެންދަމުގެ ވަގުތެއްގައެވެ.

Ad
rt

އިސްލާމިކް މިނިސްޓަރު ޑރ އަހުމަދު ޒާހިރު ސޮއިކުރައްވާ ނެރުނު ސަރކިއުލަރގައި ބުނެފައިވަނީ މިމަހުގެ 21 ވަނަ ދުވަހު އިލްމްވެރިންނާއި ކަމާބެހޭ ސިއްހީ އިދާރާތަކާއެކު ބޭއްވި ބައްދަލުވުމުގައި ނިންމާފައިވަނީ ރައްކާތެރި ފިޔަވަޅުތަކާއެކު މިމަހު 22 ވަނަ ދުވަހު ހުކުރު ނަމާދުން ފެށިގެން މިވަގުތު ރާއްޖޭގައި ފުރަބަންދު ހާލަތުގައި ހުރި ރަށްރަށާއި މޮނިޓަރިންގެ ހާލަތުގައި ހުރި ރަށްރަށާއި އެރަށެއްގައި މީހަކު ކަރަންޓީނުކޮށްފައިވާ ރަށްތައް ފިޔަވާ އެހެން ރަށްރަށުގައި މިސްކިތްތައް ޖަމާއަތުގެ ނަމާދަށް ހުޅުވާލުން އެންމެ ރަނގަޅު ކަމަށެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީން ފުރަބަންދު ހާލަތަށް ގެނެސްފައިވާ ރަށްތަކާއި މޮނިޓަރިންގެ ހާލަތުގައި ހުރި ރަށްރަށާއި އެރަށެއްގައި ކަރަންޓީނުކޮށްފައިވާ ރަށްތަކުގެ ގޮތުގައި ކަނޑައަޅާފައިވާ ރަށްތަކުގެ ލިސްޓެއް ހިމަނާފައި އެވެ. އެ ލިސްޓްގައި 25 ރަށެއް ވަނީ ހިމަނާފައި އެވެ. އެ ލިސްޓްގައި ހިމެނޭ އުތުރުގެ ރަށްތަކަކީ

  1. ހއ ދިއްދޫ
  2. ހއ އުލިގަމު
  3. ހއ އުތީމް
  4. ހއ ތަކަންދޫ
  5. ކުޅުދުއްފުށި ސިޓީ
  6. ހދ ކުމުންދޫ
  7. ހދ ހިރިމަރަދޫ
  8. ށ ޅައިމަގު
  9. ށ މިލަންދޫ
  10. ށ މާއުނގޫދޫ
  11. ށ ފުނަދޫ
  12. ށ ފީވަކު
  13. ށ ގޮއިދޫ
  14. ށ ނަރުދޫ
  15. ނ ވެލިދޫ
  16. ނ ހޮޅުދޫ
  17. ނ މަނަދޫ
  18. ނ ހެނބަދޫ
  19. ނ ކެނދިކުޅުދޫ
  20. ނ މިލަދޫ
  21. ނ މާފަރު

މީގެ އިތުރުން

  1. ކ. ތުލުސްދޫ،
  2. ކ ހިންމަފުށި،
  3. ބ ކެންދޫ،
  4. ކ މާފުށި

"ވީމާ ހެލްތް ޕްރޮޓެކެޝަން އެޖެންސީން ފުރަބަންދު ހާލަތަށް ގެނެސްފައިވާ ރަށްރަށާއި މޮނިޓަރިންގ ހާލަތުގައި ހުރި ރަށްރަށާއި އެރަށެއްގައި މީހަކު ކަރަންޓީނުކޮށްފައިވާ ރައްތައް ފިޔަވައި އެހެން ރަށްރަށުގައި ރައްކާތެރި ފިޔަވަޅު އަޅައި ޖަމާއަތުގައި ނަމާދުކުރުން އެންމެ ރަނގަޅުކަމުގައި ދެންނެވީމެވެ."

އިސްލާމިކް މިނިސްޓްރީ ފޮނުވި ސަކިއުލަރގައިވެ އެވެ.

މީގެ އިތުރުން އެސާކިއުލަރގައި ބުނެފައިވަނީ މިހާރު އެހާލަތުގައި ނެތް ރަށެއްވެސް އެ ހާލަތަށް އަތުވެއްޖެނަމަ އެރަށެއްގެ މިސްކިތުގެ ޖަމާއަތް ހެދުން ހުއްޓާލަން ޖެހޭކަމަށެވެ. މިނިސްޓްރީން ބުނެފައިވަނީ މިސްކިތްތައް ހުޅުވާލުމުގައި ސަމާލުކަން ދިނުމަށް ފާހަގަކޮށްފައިވާ ކަންކަމަކީ މިހާރުގެ ހާލަތަށް ރިއާޔަތް ކުރެވިގެން ބަޔާން ކުރެވިފައިވާ ކަންތައްތަކަށްވެފައި މިސްކިތްތައް ހުޅުވާލާއިރު ލުއި ދިނުމުގައި މަރުހަލާތަކަށް ބަހާލެވިގެން ކުރިއަށް ގެންދިޔުމަށް ނިންމާފައިވާތީ މިހާރުގެ ހާލަތު ރަނގަޅުވަމުންދާކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީން ކަނޑައަޅައިފި ހާލަތެއްގައި ޖަމާއަތުގައި ނަމާދުކުރުމާއި ގުޅޭގޮތުން އިތުރު ލުއިތައް ދެމުންދާނެ ކަމަށެވެ.

ކޮވިޑް-19 އާ ގުޅިގެން މިސްކިތް ތަކުގައި ޖަމާޢަތުގައި ނަމާދުކުރުން މެދުކަނޑާލުމަށްފަހު އަލުން ފަށާއިރު ތިރީގައިވާ ކަންކަމަށް ސަމާލުކަން ދެއްވުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ވަނީ އިރުޝާދު ދެއްވާފައެވެ.

  • ގެއިން ވުޟޫކޮށްގެން މިސްކިތަށް ދިޔުން
  • މުސައްލަ ހިފައިގެން މިސްކިތަށް ދިޔުން
  • އުމުރުން ދުވަސްވީ މީހުން މިސްކިތަށް ނުދިޔުން
  • ރޯގާޖެހި، ކިނބިހި އަޅާނަމަ މިސްކިތަށް ނުދިޔުން
  • މާސްކު އަޅައިގެން މިސްކިތަށް ދިޔުން
  • މިސްކިތުގައި ގިނަ ވަގުތު ހޭދަނުކުރުން

އިސްލާމިކް މިނިސްޓްރީގެ ސާރކިއުލަރ ގައި އުތުރުގެ އެންމެ އާބާދީ ބޮޑު ދެރަށް ކަމުގައިވާ ކުޅުދުއްފުށި ސިޓީއާއި ހއ. ދިއްދޫ ހިމެނިފައިވާ އިރު ކުޅުދުއްފުށީ ސިޓީ ކައުންސިލުން އެރަށުގައި ހިންގާފައިވާ ކާފިއު އުވާލާ މާދަމާގެ ހުކުރު ނަމާދު ޖަމާއަތުގައި ކުރާނެކަމަށް ވަނީ އިޢުލާން ކޮށްފައެވެ. އަދި ދިއްދޫ ކައުންސިލުންވެސް ވަނީ އެރަށުގެ މިސްކިތް ތަކުގައި ހުކުރުނަމާދު ކުރާނެ ކަން އިޢުލާކޮށްފައެވެ. ނަމަވެސް ދިއްދޫގައި ހިންގާފައިވާ ކާރފިއު އުވާލާފައެވެ ނުވެއެވެ.