ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ހއ. ތަކަންދޫ އާސާރީ ގަބުރުސްތާނުގެ ތެރެއައް ރުކެއް ވެއްޓި ގެއްލުންތަކެއް ވެއްޖެއެވެ.
ހއ. ތަކަންދޫ އަޙްމަދު އާރިފް ބުނެފައިވަނީ މިހަފްތާގެ އަންގާރަ ދުވަހު ރުއްވެޓުމުގެ ސަބަބުން ވަރަށްގިނަ ދުވަސްވީ މަހާނަގާތައް ބިނދި މުގުރި ރެސްއަޅާ ގެއްލުން ލިބިފައިވާކަމަށެވެ.
އެއްވެސް އުސޫލެއްނެތި ކުނިއަޅާ އެތަންތަން އެންދުމުގެ ސަބަބުން ރުކުގެބުޑު އަނދާފައިހުރި ވަރަށް ގިނަ ރުއްތައް ގަބުރުސްތާން އައްތަވާމަތީ އެބަހުރި އަދި ހުޅަނގު މޫސުމުގައި މިއަރާ ވައިގަ މިފަދަ އިތުރު ރުއްތައް ގަބުރުސްތާން މައްޗައްވެއްޓި އިތުރުގެއްލުންތަކެއް ވުމުގެ ފުރުސަތު ވަރައްބޮޑު
ގެއްލުން ލިބިފައިވާ މަހާނަގާތަކުގެ ފޮޓޯތައް ހިއްސާ ކުރަމުން އަޙްމަދު އާރިފް ބުނެފައިވެއެވެ.
މީގެ އިތުރުން އާރިފް ބުނެފައިވަނީ މިގަބުރުސްތާނަކީ 300 އެތައް އަހަރެއްވެފައިވާ އަދި ރާއްޖޭގެ އެންމެދުވަސްވީ އަދި އެންމެބޮޑެތި ގަބުރުސްތާނުތަކުގެ ތެރޭގައި ހިމެނޭތަނެއްކަމަށެވެ.
ވީމާ ކުރިއަށްއޮތް ޖީލުތަކައް މިތަންފޯރުކޮށްދިނުމައްޓަކާ މިތަން އެންމެ އެކަށޭނަގޮތައް ހިމާަތްކޮށް ރައްކާތެރިކުރަންޖެހޭ ކަމަށް އަާރިފް ބުނެފައިވެއެވެ.
ތަކަންދޫގައި އަލިތަކުރުފާނު ޒިޔާރަތް އަދި އަލިތަކުރުފާނުގެ ޢާއިލީ ދެ މަގްބަރާ ހުރެއެވެ. މިތަންރަނަކީ ދިވެހިރާއްޖޭގެ މާއްދީ ތަރިކައިގެ ލިސްޓުގައި މީހުން ވަޅުލެވިފައިވާ ތަންތަނުގެ ގޮތުގައި ލިސްޓު ކުރެވިފައިވަ ދެތަނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!