އައިޖީއެމްއެޗްގެ އޯޕީޑީގެ ޚިދުމަތް އަލުން ފަށަނީ
ކޯވިޑް-19 އާއި ގުޅިގެން މާލެ ސިޓީ އަށް އިޢުލާން ކޮށްފައިވާ ފުރަބަންދަށް ލުއިތަކެއް ދިނުމުގެ 2 ވަނަ މަރުހަލާގެ ދަށުން އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލުގައި އޯޕީޑީގެ ޚިދުމަތްތައް އަލުން ފެށުމަށް ހަމަޖެހިފައިވާކަމަށް އެހޮސްޕިޓަލުން ބުނެފިއެވެ. މިއަދު އެހޮސްޕިޓަލުން ކުރި އިޢުލާނެއްގައި ބުނެފައިވަނީ އޯޕީޑީގެ ޚިދުމަތް އެ ހޮސްޕިޓަލުގައި ފަށަނީ ކޯވިޑް-19ގެ ނުރައްކާތެރިކަން ފިލައިގެން ގޮސްފައިވާތީނޫން ކަމަށާއި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗެޕީއޭ) އިންނާއި ޞިއްޙީ މާހިރުން ލަފާ ދެއްވާގޮތަށް ކޯވިޑް-91...