ކޯވިޑް-19 އާއި ގުޅިގެން ހުއްޓާލާފައިއޮތް ހއ. އަދި އދ އަތޮޅުގެ ޒޯން 1ގެ ފެރީގެ ޚިދުމަތް މާދަމާ އަލުން ފެށުމަށް ތައްޔާރުވެއްޖެއެވެ.

އުތުރުގެ ރަށްރަށުގައި ފެރީގެ ޚިދުމަތް ދެމުން އަންނަ ފަރާތުން ބުނެފައިވަނީ މިމަހުގެ 15 ވަނަ ދުވަހުން ފެށިގެން އަތޮޅު ތެރޭގެ ދަތުރުތައް ކުރިއެކޭވެސް އެއްގޮތަށް މީހުންނާއި މުދާ (ލައިޓް ކާގޯ) އުފުލޭގޮތަށް ކުރިއަށް ދާނެކަމަށެވެ.

Ad
rt

މިވަގުތު ދަތުރު ކުރާނީ އިޖުތިމާއީ ގައިދުރުކަން ބެހެއްޓުމަށް ފެރީގެ ދެބައިކޮށް އެއްބައި ކެޕޭސިޓީއަށްކަމަށް ވާތީ ކައުންސިލްތަކުން މިކަމަށް އެހީތެރިވެދެއްވުން އެދެން

ޒޯން 1 ގެ ފެރީގެ ޚިދުމަތް ދެމުންއަންނަ ފަރާތުން އަޝްރަފް ހުސައިން ބުނެފައިވެއެވެ.

ފެރީތަކުގެ ތާވަލް ހިއްސާ ކުރައްވަމުން ހދ އަތޮޅު ކައުންސިލްގެ ރައީސް މުޙައްމަދު ވަސީމް ބުނެފައިވަނީ ފެރީގައި ދަތުރު ކުރައްވާ ފަރާތް ތަކުން މާސްކު އެޅުއްވުމަށާއި ފެރީގައި ތިއްބަވާ މުވައްޒަފުންގެ އިރުޝާދުތަކަށް އަމަލުކުރެއްވުމަށް އެންމެހާ ފަރާތްތަކަށް ދަންނަވާ ކަމަށެވެ.

މި ފެރީތަކުން މީހުންނާއި މުދާ އުފުލުމުގެ ފުރުސަތު އޮންނާނެކަމަށް އެފަރާތުން ހާމަކުރެއެވެ.