އޯގަސްޓް މަހުގެ ފުރަތަމަ ދުވަހުގެ ނިޔަލަށް ވެސް ވެމްކޯއިން ކުނި ނަގަމުންދާނީ، މިހާރުވެސް ކުރިއަށް ގެންދާ ގޮތަށް، އިމާރާތްތަކުގެ ގްރައުންޑް ފްލޯއިން ކަމަށް އެ ކޯޕަރޭޝަން އިން ބުނެފިއެވެ.
ކޮވިޑް19 އާ ގުޅިގެން މާލެ ސަރަހައްދު ބަންދުކުރުމަށް އެޗްޕީއޭ އިން 15 އޭޕްރިލް ވަނަ ދުވަހު ނިންމުން، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، ވެމްކޯއިން ވަނީ ގޭބީސީ ތަކުން އުފެދޭ ކުނި ނެގުމުގެ މަސައްކަތްތަކަށް ބަދަލުތަކެއް ގެނެސްފައެވެ.
އެގޮތުން ފާއިތުވި ހަފްތާތަކުގައި، ވެމްކޯއިން ކުނި ނަގާ އުސޫލަށް ބަދަލު ގެނެސް، ކުނި ނަގަމުން ދިޔައީ ހަމައެކަނި އިމާރާތްތަކުގެ އެންމެ ތިރިންނެވެ.
އެގޮތުންއޯގަސްޓް މަހުގެ އެއްވަނަ ދުވަހުގެ ނިޔަލަށް، ފުރަމާލެ ސަރަހައްދުގައިވާ ހުރިހާ ގޭބީސީތަކެއްގެ ދުވަހު ކުނި ކުރިން އާންމުކުރެވިފައިވާ އުސޫލުގެ ދަށުން ނަގަމުން ގެންދާނެ ކަމަށް އެކުންފުނިން ބުނެއެވެ.
ވެމްކޯއިން ހިދުމަތްތައް ފޯރުކޮށްދޭނީ އިމާރާތުގެ ތިރިން ކަމަށާއި ކުނި ނެރުމަށް ހަމަޖެހިފައިވަނީ، މިހާރެކޭ ވެސް އެއްފަދައިން ކޮންމެ ދުވަހެއްގެ މެންދުރު 12:00 އިން 14:00 އާދެމެދު އެވެ.
• 15 ޖޫން އިން އޯގަސްޓް 1، 2020 ގެ ނިޔަލަށް، ފުރަމާލެ ސަރަހައްދުގައިވާ ހުރިހާ ގޭބިސީތަކެއްގެ ދުވަހު ކުނި، ކުރިން އާންމުކުރެވިފައިވާ އުސޫލުގެ ދަށުން ނަގަމުންދާނެއެވެ.
• ވެމްކޯއިން ހިދުމަތްތައް ފޯރުކޮށްދޭނީ އިމާރާތުގެ ތިރިންނެވެ.
• ކުނި ނެރުމަށް ހަމަޖެހިފައިވަނީ، ކުރިޔެކޭވެސް އެއްފަދައިން ކޮންމެ ދުވަހެއްގެ މެންދުރު 12:00 އިން 14:00 އާއި ދެމެދުއެވެ.
• އަދި، ވެމްކޯގެ މުއައްޒަފުންނަށް އިމާރާތަށް ވަދެނިކުމެވޭނެ އިންތިޒާމްއެއް ދުރާލާ ހަމަޖެއްސުމަށް އެދެމެވެ.
• މިދެންނެވުނު މުއްދަތުގައި، މިކޯޕަރޭޝަންގެ އެއްވެސް މުވައްޒަފަކު ކުނި ނެގުމަށް އިމާރާތުގެ ވަކިވަކި ފަންގިފިލާތަކަށް ނާރާނެ ވާހަކަ ފާހަގަކުރަމެވެ.
• މޮނިޓަރިންގައިވާ ގޭބިސީތަކުން ކުނި ނަގަމުންދާނީ ކުރިއެކޭވެސް އެއްފަދައިން އެޗް.ޕީ.އޭ. ގެ އިރުޝާދުގެ މަތިން މި ކޯޕަރޭޝަންގެ ހާއްސަ ޓާސްކް ފޯހަކުންނެވެ.
އަދި ދަންނަވަމެވެ.
އަދި ފާއިތުވެދިޔަ ދުވަސްތަކުގައި، ކަސްޓަމަރުންގެ ފަރާތުންދެއްވި އެއްބާރުލުމަށް ވެމްކޯއިން ވަނީ ޝުކުރުދަންނަވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!