ހއ. އަތޮޅު ހޮސްޕިޓަލަށް ލޭ ހަދިޔާ ކުރާ ފަރާތްތަކަށް ދިއްދޫ މިޑްލް ސްޕޯރޓްސް ކްލަބުން 1 އަހަރު ދުވަހަށް ޖޫސް ޕެކެޓް ސްޕޮންސަރ ކޮށްފި އެވެ.
ދިއްދޫ މިޑްލް ސްޕޯރޓްސް ކްލަބުން މއިަދު ބުނެފައިވަނީ ލޭ ހަދިޔާ ކުރާ ފަރާތްތަކަށް ދޭ ޖޫސް ޕެކެޓް ސްޕޮންސާރ ކުރިކަމުގެ ލިޔުން ހއ. އަތޮޅު ހޮސްޕިޓަލް އަށް ހަވާލުކޮށްފައިވާނެކަމަށެވެ.
އެ ކުލަބުގެ ރައީސް ނަޝްވާން އިބްރާހިމް މިކަމާއި ގުޅިގެން "ތިލަދުން" އަށް މަޢުލޫމާތު ދެމުން ބުނެފައިވަނީ ލޭ ހަދިޔާ ކުރާ މީހުންނަށް "އެއް އަހަރު" ދުވަހުގެ މުއްދަތަށް، މިޑްލް ސްޕޯޓްސް ކުލަބުގެ ފަރާތުން ޖޫސް ޕެކެޓް ސްޕޮންސާ ކުރީ ހއ. އަތޮޅު ހޮސްޕިޓަލަކީ ހއ އަތޮޅުގެ ހުރިހާ ރަށަކުންވެސް ބަލިމީހުން ޒިޔާރަތް ކުރާ ތަނަކަށް ވެފައި ލޭ ހަދިޔާ ކުރާ ފަރާތްތަކުން ވަމުންދާ ގުރުބާނީ އަގުވަޒަން ކުރުމުގެ ގޮތުން ކަމަށެވެ.
ލޭ ދިނުމަކީ ހަށިގަނޑަށްވެސް ދުޅަހެޔޮ ކަމަށްކަށްވާތީ މިކަން ކުރުމަށް ހިތްވަރު ދިނުމުގެ ގޮތުން ކުލަބުގެ ފަރާތުން ކުރިއަށް ގެންދާ ހަރަކާތެއްމީ
ކުލަބުގެ ރަޢީސް ނަޝްވާން އިބްރާހިމް ބުނެފައިވެއެވެ.
އެ ކްލަބުން ވަނީ ކޯވިޑް19 އާއި ގުޅިގެން އެ ކްލަބްގެ އިޖުތިމާއީ ޒިންމާގެ ދަށުން ދިއްދޫގައި ތަފާތު ހަރަކާތްތަކެއް ހިންގާފައެވެ.
ދިއްދޫ މިޑްލް ސްޕޯރޓްސް ކްލަބަކީ ފުޅާދާއިރާއެއްގައި ހއ. ދިއްދޫގައި އެރަށުގެ އިޖުތިމާއީ ދުޅަހެޔޮ ކަމަށް މަސައްކަތް ކުރާ ކްލަބެކެވެ. މިއަދަކީ ބައިނަލް އަގުވާމިގޮތުން ފާހަގަ ކުރާ ލޭހަދިޔާ ކުރާމީހުންގެ ދުވަހެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!