ޓެކްސީ ހިދުމަތަށް ޑްރައިވަރުން ހޯދަން އެމްޓީސީސީއިން ވޯކިން އިންޓަވިއުއެއް
ސަރުކާރުން އަލަށް ތައާރަފުކުރުމަށް ނިންމާފައިވާ ޓެކްސީ ލައިންގެ ހިދުމަތަށް ބޭނުންވާ ޑްރައިވަރުން ހޯދުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ވޯކިން އިންޓަވިއުއެއް ބޭއްވުމަށް ނިންމައިފިއެވެ. މި އިންޓަވިއު ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 17 ވާ ހޮނިހިރު ދުވަހު މާފަންނު ބަސް ޓާމިނަލްގައެވެ. އެމްޓީސީސީން ބުނި ގޮތުގައި އިންޓަވިއުތައް ކުރިއަށްދާނީ އެ ދުވަހުގެ ހެނދުނު 10:00 އިން ހަވީރު 6:00 އަށެވެ. މި ހިދުމަތަށް ޖުމްލަ 407 ޑްރައިވަރުން ބޭނުންވާއިރު، އޭގެ ތެރޭގ...