Skip to main content

އައިޝަތު ޢާދަމް

Contributor
🇲🇻 ތިލަދުން Desk
161 Stories
286 Reads

Published on ތިލަދުން (Thiladhun) by އައިޝަތު ޢާދަމް

ކުޅުދުއްފުށި ސިޓީއަކީ އިގްތިސާދީ ގޮތުން އުއްމީދީ ސިޓީއަކަށް ހަދާނަން: އިއްބެ
Thiladhunmathi News

ކުޅުދުއްފުށި ސިޓީއަކީ އިގްތިސާދީ ގޮތުން އުއްމީދީ ސިޓީއަކަށް ހަދާނަން: އިއްބެ

ކުޅުދުއްފުށި ސިޓީއަށް އޭނާގެ ތަސައްވުރެއް އޮތްކަން ހާމަކުރައްވައި ކުޅުދުއްފުށީ ސިޓީއަކީ ވިޔަފާރިއަށް ހަމަހަމަ ފުރުސަތު އޮންނަ ވަޒީފާގެ ދޮރުތައް ހުޅުވިފައިވާ، ތަރައްގީގެ މަންފާ ހުރިހާ ރައްޔިތުންނަށް ވެސް ހަމަހަމަކަމާއެކު ލިއްބައިދެވޭ އަދި އިގްތިސާދީ ގޮތުން އުއްމީދީ ސިޓީއަކަށް ހެދުމަކީ އަމާޒެއްކަމަށް ޓިކެޓުގައި ކުޅުދުއްފުށީ ސިޓީ ކައުންސިލަށް ވާދަކުރައްވާ މޭޔަރު ކެންޑިޑޭޓް އިބްރާހިމް ހަސަން (ކުޑަ އިއްބެ) ވިދާޅުވެއްޖެ އެވެ. ކުޅުދުއްފުށީ ސިޓީގެ މާލެ ކެމްޕޭން އޮފީސް ހުޅުވުމުގެ ރަސްމިއްޔާތުގައި އިބްރާހ...

ކެންޑިޑޭޓުންގެ މަންދޫބުންނަށް ވުމުގެ ފުރުސަތު ހުޅުވާލައިފި
Raajje

ކެންޑިޑޭޓުންގެ މަންދޫބުންނަށް ވުމުގެ ފުރުސަތު ހުޅުވާލައިފި

ކުރިއަށް އޮތް ލޯކަލް ކައުންސިލުތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގައި ކެންޑިޑޭޓުންގެ މަންދޫބުންގެ ގޮތުގައި މަސައްކަތްކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު އިލެކްޝަން ކޮމިޝަނުން ހުޅުވާލައިފި އެވެ. ކޮމިޝަނުން ބުނީ އަންނަ އޭޕްރީލު މަހުގެ ހަތަރު ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިހާބުގެ ވޯޓުނެގުމާއި ވޯޓުގުނުމުގެ ކަންތައްތައް ހިނގާ ނުހިނގާގޮތް ބެލުމަށް، ވޯޓުނެގުމާއި، ވޯޓު ގުނުމުގެ ކަންތައްތައް ހިނގާ، އެ ކެންޑިޑޭޓެއްގެ މަސްލަހަތު ހިމެނޭ ކޮންމެ މަރުކަޒަކ...

ހިޔާލު ތަފާތު، ތަރައްގީއަށް ހުރަސްއަޅާ ކައުންސިލަރުން ބޭނުމެއް ނޫން: ޝިޔާމް
Raajje

ހިޔާލު ތަފާތު، ތަރައްގީއަށް ހުރަސްއަޅާ ކައުންސިލަރުން ބޭނުމެއް ނޫން: ޝިޔާމް

ރައްޔިތުންގެ އެދޭ ތަރައްގީ ގެނައުމުގައި އެންމެ ދުވަހެއް ވެސް ލަސްކުރެވެން ނެތް ކަމަށާއި އަދި ސަރުކާރުގެ ތަރައްގީގެ ސްޕީޑު ލަސްކުރަން ފާޅުގައި މަސައްކަތްކުރާ ކައުންސިލަރުން މިއަދު ބޭނުން ނުވާކަމަށް ޕީއެންސީގެ ނާއިބު ރައީސް އަދި މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ. ކުޅުދުއްފުށީ ސިޓީގެ މާލެ ކެމްޕޭން އޮފީސް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޝިޔާމް ވަނީ ސަރުކާރު ޖަވާބުދާރީކުރެވޭނީ އިދިކޮޅު ކައުންސިލަރުން ތިބެގެންކަމަށް ބުނެ އެ ފަރާތްތަކުން ދަ...

އެމްޑީޕީއަށް އިންތިހާބުތައް އެއް ދުވަހެއްގައި ނުބޭއްވުނީ ސަރުކާރަށް ތާއީދު ނެތީމަ: މެމްބަރު އިބްރާހީމް
Politics

އެމްޑީޕީއަށް އިންތިހާބުތައް އެއް ދުވަހެއްގައި ނުބޭއްވުނީ ސަރުކާރަށް ތާއީދު ނެތީމަ: މެމްބަރު އިބްރާހީމް

މައި ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަކީ އިދިކޮޅު އެމްޑީޕީން ވެސް ކުރަން ބޭނުންވިކަމެއް ކަމަށާއި އެކަން އެމްޑީޕީއަށް ނުކުރެވުނީ އެ ޕާޓީއަށް ރައްޔިތުންގެ ތާއީދު ގެއްލުމުން ކަމަށް ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު އިބްރާހީމް ހުސެއިން ވިދާޅުވެއްޖެ އެވެ. “ދިވެހީންގެ ރާއްޖެ” ޕްރޮގްރާމުގައި ބައިވެރިވެވަޑައިގެން ވާހަކަދައްކަވަމުން މެމްބަރު ވިދާޅުވީ ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ތާއީދުކުރައްވައި އެމްޑީޕީގެ ލީޑަރޝިޕުގައި ހިމެނިވަޑައިގަންނަވާ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، ކުރީ...

މެދުއިރުމަތީގައި ތިބި ދިވެހިން ކައިރި އެމްބަސީއެއްގައި ރަޖިސްޓްރީވުމަށް އިލްތިމާސްކޮށްފި
Raajje

މެދުއިރުމަތީގައި ތިބި ދިވެހިން ކައިރި އެމްބަސީއެއްގައި ރަޖިސްޓްރީވުމަށް އިލްތިމާސްކޮށްފި

މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައާ ގުޅިގެން އެ ސަރަހައްދުގައި އުޅޭ ހުރިހާ ދިވެހިން ވީ އެންމެ އަވަހަކަށް އެންމެ ކައިރީގައި ހުރި ރާއްޖޭގެ އެމްބަސީ އެއްގައި ރަޖިސްޓްރީވުމަށް ރާއްޖޭގެ ހާރިޖީ ވުޒާރާއިން އިލްތިމާސްކޮށްފި އެވެ. ހާރިޖިއްޔާއިން ނެރުނު ބަޔާނުގައި ވަނީ މެދުއިރުމަތީގައި ފަށާފައި މިވާ ހަގުރާމައާ ގުޅިގެން، މެދުއިރުމަތީގެ ގައުމުތަކުގައި ދިރިއުޅޭ އަދި ދަތުރުކުރާ އެންމެހާ ދިވެހިން ސަލާމަތާ ރައްކާތެރިކަމަށް އަހައްމިއްޔަތުކަން ދިނުމަށް އިލްތިމާސްކޮށްފަ އެވެ. ހާއްސަކޮށް ހަމަލާ އަމާޒުވަ...

ވިލުފުށީ އެއާޕޯޓަށް ބޭނުންވާ ބިމުގެ 98 އިންސައްތަ މަސައްކަތް ނިންމާލައިފި
Raajje

ވިލުފުށީ އެއާޕޯޓަށް ބޭނުންވާ ބިމުގެ 98 އިންސައްތަ މަސައްކަތް ނިންމާލައިފި

ތ. ވިލުފުށީ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތުގެ 98 އިންސައްތަ މަސައްކަތް ނިންމާލާފައިވާ ކަމަށް އެ ޕްރޮޖެކްޓުގެ އަމަލީ މަސައްކަތް ކުރާ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފި އެވެ. ވިލިފުށީގައި އެއާޕޯޓެއް ތަރައްގީކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވެވަޑައިގެންފައިވާ ވައުދުފުޅެކެވެ. ވިލުފުށީ ބިން ހިއްކުމުގެ މަޝްރޫޢު އިފްތިތާހުކުރީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ...

މެދުއިރުމައްޗަށް ދަތުރުކުރާ މީހުން ސަމާލުކަންދޭންޖެހޭ ކަންކަން ހިމެނޭ އެޑްވައިޒަރީ ނެރެފި
Raajje

މެދުއިރުމައްޗަށް ދަތުރުކުރާ މީހުން ސަމާލުކަންދޭންޖެހޭ ކަންކަން ހިމެނޭ އެޑްވައިޒަރީ ނެރެފި

މެދުއިރުމައްޗަށް ދަތުރުކުރާ މީހުން ސަމާލުކަންދޭންޖެހޭ ކަންކަން ހިމެނޭ އެޑްވައިޒަރީއެއް މޯލްޑިވްސް އެއާޕޯޓު ކޮމްޕެނީ ލިމިޓެދް(އެމްއޭސީއެލް) އިން ނެރެފި އެވެ.   މެދުއިރުމަތީގެ ގިނަ ޤައުމުތަކެއްގެ ވައިގެ ސަރަހައްދު ވަގުތީގޮތުން ބަންދުކުރުމާއި ގުޅިގެން އެ ސަރަހައްދުގެ ޤައުމުތަކަށް ދަތުރުކުރާ ދިވެހިން އެއަރޕޯޓަށް ދިއުމުގެ ކުރިން، އެ ފަސިންޖަރަކު ފުރުމަށް ހަމަޖެހިފައިވާ ފްލައިޓުގެ މަޢުލޫމާތު، އެއަރލައިންގެ ވެބްސައިޓާއި ޓުއަރ އޮޕަރޭޓަރުން މެދުވެރިކޮށް ހޯދުމަށް އެމްއޭސީއެލްއިން ވަނީ އިލްތިމާސްކޮށްފަ އެވ...

ފޯޅަވަހީގެ މައްސަލާގައި ރާއްޖެ ފަހަތަށް ޖެހޭކަށް ނުޖެހޭ: ނަޝީދު
Raajje

ފޯޅަވަހީގެ މައްސަލާގައި ރާއްޖެ ފަހަތަށް ޖެހޭކަށް ނުޖެހޭ: ނަޝީދު

ރާއްޖެ އިން ފޯޅަވަހި ހޯދުމުގެ މަސައްކަތް ވަރުގަދަ ކޮށްފައިވާ މި ދަނޑިވަޅުގައި މޮރިޝަސްއިން ރާއްޖެއާ އޮތް ޑިޕްލޮމެޓިކް ގުޅުން ކަނޑާލިޔަސް ރާއްޖެއިން ފަހަތަށް ޖެހެން ނުޖެހޭ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ. ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ ބޭފުޅުން ތިއްބަވާ ވަޓްސްއެޕް ގްރޫޕަކަށް ނަޝީދު ފޮނުއްވި މެސެޖެއްގައި ވިދާޅުވީ ޗާގޯސް މައްސަލައިގައި މޮރިޝަސްއާ އެކު ރާއްޖެ އިން ވާހަކަ ދައްކަން ޖެހޭ ކަމަށެވެ. ނަމަވެސް މި މައްސަލައިގައި ރާއްޖެއިން ފަހަތަށް ޖެހެން ނުޖެހޭކަމަށް ނަޝީދު […]

އެމްޑީޕީގައި ހަގީގީ ވެރިއަކު ނެތް: ދާއޫދު
Thiladhunmathi News

އެމްޑީޕީގައި ހަގީގީ ވެރިއަކު ނެތް: ދާއޫދު

ލާމަރުކަޒީ ނިޒާމު ބާރުވެރިކުރީ ތިމަންނާމެންނޭ ކިޔައިގެން އެމްޑީޕީން މިހާރު ދައްކަނީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށާއި ހަގީގަތުގައި މިއަދު އެމްޑީޕީގައި ވެރިޔަކު ނެތް ކަމަށް ކުޅުދުއްފުށި އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ދާއޫދު ވިދާޅުވެއްޖެ އެވެ. ކުޅުދުއްފުށީ ސިޓީގެ މާލެ ކެމްޕޭން އޮފީސް ހުޅުވުމުގެ ރަސްމިއްޔާތުގައި މެމްބަރު ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ކުރިމަތިލާން ހަތެއް ނުވަތަ އަށް މީހުން މިހާރުވެސް އެ ޕާޓީން ކެމްޕެއިން ކުރާއިރު އެމްޑީޕީގެ ލީޑަރުން މިއަދު މަސައްކަތްކުރަމުން...

މާފުށީ ޖަލަށް ގެނައި ބޮޑީ ސްކޭނަރު ބޭނުންކުރަން ފަށައިފި
Raajje

މާފުށީ ޖަލަށް ގެނައި ބޮޑީ ސްކޭނަރު ބޭނުންކުރަން ފަށައިފި

ޖަލުގެ ތެރެއަށް ސިއްރުން މަނާތަކެތި ވެއްދުން ހުއްޓުވުމަށާއި ޖަލުގެ ތެރޭން ކުރާ ސްކޭމް ކޯލުތައް ހުއްޓުވަން މާލެ އަތޮޅު މާފުށީ ޖަލުގައި ބަހައްޓާފައިވާ ބޮޑީ ސްކޭނަރު އިންސްޓޯލްކޮށް ބޭނުންކުރަން ފަށައިފި އެވެ. މާފުށީ ޖަލުގައި އަލަށް ބެހެއްޓި ޒަމާނީ ފެންވަރުގެ ބޮޑީ ސްކޭނިން މެޝިންގެ ހިދުމަތް ފައްޓަވާދެއްވީ ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާނެވެ. މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ބުނީ މި ބޮޑީ ސްކޭނަރަކީ ސަލާމަތީ ކަންކަން ހަރުދަނާ ކުރުމަށް ޖަލުގައި ބެހެއްޓުނު އެންމެ […]

އިސްވާނީ ޤައުމު، ފޯޅަވަހި ހޯދުމުގައި ދިމާވާ ކޮންމެ ގޮންޖެހުމަކާ ކުރިމަތިލާން ޕީއެންސީން ތައްޔާރު: ޝުޖާއު
Raajje

އިސްވާނީ ޤައުމު، ފޯޅަވަހި ހޯދުމުގައި ދިމާވާ ކޮންމެ ގޮންޖެހުމަކާ ކުރިމަތިލާން ޕީއެންސީން ތައްޔާރު: ޝުޖާއު

އިދިކޮޅު އެމްޑީޕީގެ ވެރިކަމުގައި ރާއްޖޭގެ ދެކުނުގެ އިގްތިސާދީ ސަރަހައްދުން ގެއްލުވާލި ކަނޑުގެ ސަރައްހައްދާއި ފޯޅަވަހި ހޯދުމަށް ކުރެވެމުންދާ މަސައްކަތްތަކުގައި ދިމާވާ ކޮންމެ ގޮންޖެހުމަކާ ކުރިމަތިލުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއެކު ކޮންގްރެސް ޕާޓީ އޮތީ ތައްޔާރަށް ކަމަށް އެ ޕާޓީގެ ނާއިބު ރައީސް އަދި ބާރަށު ދާއިރާގެ މެމްބަރު އިބްރާހީމް ޝުޖާއު ވިދާޅުވެއްޖެ އެވެ. ޝުޖާއު މިފަދައިން ވިދާޅުވީ ފޯޅަވަހީގެ މައްޗަށް ރާއްޖެއިން ކުރަމުންދާ ސިޔާދަތީ ދައުވާގެ ބާރު ބައިނަލްއަގުވާމީ މަސްރަހުގައ...

ފޯޅަވައްސަކީ ރާއްޖެއަށް ލިބުން ހައްގު ތަނެއް: ރައީސް
Raajje

ފޯޅަވައްސަކީ ރާއްޖެއަށް ލިބުން ހައްގު ތަނެއް: ރައީސް

އިދިކޮޅު އެމްޑީޕީގެ ވެރިކަމުގައި ރާއްޖޭގެ ދެކުނުގެ އިގްތިސާދީ ސަރަހައްދުން ދޫކޮށްލި ކަނޑުގެ ސަރައްހައްދު ހޯދުމަށް ކުރެވެމުންދާ މަސައްކަތްތަކަކީ ސިޔާސީ މަންފާއެއް ހާސިލުކުރުމަށް ކުރަމުން އަންނަ މަސައްކަތެއް ނޫން ކަމަށާއި، ފޯޅަވައްސަކީ ރާއްޖެއަށް ލިބުން ހައްގު ތަނެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. ކޮންގްރެސް ޕާޓީގެ ދިވެހިންގެރާއްޖެ ތަރާވީސް ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވަނީ ކަނޑުން ގެއްލުވާލި ބައި ހޯދުމުގެ މަސައްކަތްތައް ވަރަށް ހަލުއ...

އަހަރީ ބަޖެޓު ފާސްކުރުން ޑިސެމްބަރަށް ބަދަލުކުރަނީ
Raajje

އަހަރީ ބަޖެޓު ފާސްކުރުން ޑިސެމްބަރަށް ބަދަލުކުރަނީ

ދެ އިންތިހާބުގެ ރެފަރެންޑަމް ވޯޓުގައި ރައްޔިތުން ނިންމާގޮތަކަށް ބެލުމަށް ފަހު ދައުލަތުގެ އަހަރީ ބަޖެޓު، ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ދުވަހަކީ ޑިސެމްބަރު މަހުގެ ދުވަހަކަށް ހެދުމަށް ބޭނުންފުޅުވާކަން ރައީސް ޑރ. މުޙައްމަދު މުއިއްޒު ހާމަކުރައްވައިފި އެވެ. ކޮންގްރެސް ޕާޓީގެ ދިވެހިންގެރާއްޖެ ތަރާވީސް ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ މައި ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުން މުހިންމު ވާ އެއް ސަބަބަކީ ރައްޔިތުންނަށް ފައިދާހުރި ބަޖެޓެއް އެކުލަވާލުން ކަމަށެވެ. ރައީސް ވ...

ވާދަވެރިން ބޭނުންވަނީ ނުރަނގަޅު އިންތިހާބީ ސަގާފަތެއްގައި ރައްޔިތުން ބައިބައިތިއްބަން: ޝިޔާމް
Raajje

ވާދަވެރިން ބޭނުންވަނީ ނުރަނގަޅު އިންތިހާބީ ސަގާފަތެއްގައި ރައްޔިތުން ބައިބައިތިއްބަން: ޝިޔާމް

ވާދަވެރިން ބޭނުންވަނީ ނުރަނގަޅު އިންތިހާބީ ސަގާފަތެއްގެ ތެރޭގައި ރައްޔިތުން ބައިބައިތިއްބަން ކަމަށް ކޮންގްރެސް ޕާޓީގެ ނާއިބު ރައީސް އަދި މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ. ކޮންގްރެސް ޕާޓީގެ ފަރާތުން އާޓިފިޝަލް ބީޗުގައި ބޭއްވި ދިވެހިންގެ ރާއްޖެ ތަރާވީހުގައި ވާހަކަދައްކަވަމުން ޝިޔާމް ވިދާޅުވީ ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމުން އޭގެ ހުރިހާ މަންފާއަކާއި ފައިދާއެއް ކުރަނީ ރައްޔިތުންނަށް ކަމަށެވެ. “ވާދަވެރިން ބޭނުން ވަނީ...

ހަ އަހަރުގެ މެދުކެނޑުމަކަށްފަހު ޓީޗަރުންގެ ސްޓެޕް ޕްރޮމޯޝަން ދޭން ފަށައިފި
Thiladhunmathi News

ހަ އަހަރުގެ މެދުކެނޑުމަކަށްފަހު ޓީޗަރުންގެ ސްޓެޕް ޕްރޮމޯޝަން ދޭން ފަށައިފި

ހަ އަހަރު ދުވަހުގެ މެދުކެނޑުމަކަށް ފަހު ޓީޗަރުންގެ ސްޓެޕް ޕްރޮމޯޝަން ދޭން ފަށައިފި އެވެ. ޓީޗަރުންގެ ސްޓެޕް ޕްރޮމޯޝަންތައް މެދުކަނޑާލީ 2020 ވަނަ އަހަރު އެވެ. ތައުލީމީ ވުޒާރާއިން ބުނީ، 2019 ވަނަ އަހަރަށްފަހު ސްޓެޕް ޕްރޮމޯޝަން ދިނުން ހުއްޓިފައި އޮތް ނަމަވެސް، ތައުލީމީ ވަޒީރު ޑރ. އިސްމާއިލް ޝަފީޢުގެ ވަރަށް ބޮޑު އިސްނެންގެވުމަކާއި ކުރެއްވި ބުރަ މަސައްކަތްޕުޅުން، 2022 ވަނަ އަހަރުން ފެށިގެން ނުލިބި ހުރި ހުރިހާ ސްޓެޕް ޕްރޮމޯޝަންތަކަށް ބޭނުންވާ ފައިސާ ހަމަޖެހިފައިވާ ކަމަށެވެ. […]