ކޮރަޕްޝަނުގެ ތުހުމަތު ކުރެވޭތީ މައުލޫމާތު ހޯދަން އައިކޮމް އަށް
ކޮލަމާފުށި ކައުންސިލުން އެރަށުގައި ކުރިއަށް ގެންދިޔަ ތަރައްގީގެ މަޝްރޫއުތަކެއް ހިންގުމުގައި ކޮރަޕްޝަނަށް މަގުފަހިވާގޮތަށް އަމަލުކުރިކަމުގެ ތުހުމަތު ކުރެވޭތީ މައުލޫމާތު ހޯދަން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް ހުށަހަޅައިފި އެެވެ. މިއީ ކޮލަމާފުށި ކައުންސިލުން ކޮރަޕްޝަނަށް މަގުފަހިވާ ކަންތައްތަކެއް ކޮށްފައިވާކަމަށް ތުހުމަތު ކުރެވޭތީ އަމިއްލަ ބަޔަކު މައުލޫމާތު ހޯދުމަށް އައިކޮމްއަށް ހުށަހެޅި ހުށަހެޅުމެކެވެ. މި މައްސަލައިގައި ތަރައްގީގެ މަޝްރޫއުތައް ގެންދިއުމަށް ބަޖެޓް އެލޮކޭޓް ކުރުމަށް ބޭއްވި ކައުން...