އެމެރިކާއިން ދިން މުހުލަތަށް އީރާންގެ ޖަވާބު: ބޯ ގުދެއް ނުކުރާނަން
އީރާނުގެ ނިއުކްލިއަރ މަޝްރޫޢާ ގުޅޭގޮތުން އެމެރިކާ އާއި އީރާނާ ދެމެދު އޮތް ނުތަނަވަސްކަން އިންތިހާއަށް ބޮޑުވެ، ބޮޑު ހަނގުރާމައެއްގެ ބިރުވެރިކަން އިތުރުވެފައިވާކަމަށް ރިޕޯޓްތައް ބުނެފިއެވެ. 2026 ފެބްރުއަރީ މަހުގެ ފަހުކޮޅު މަސްރަޙު ނުހަނު ނާޒުކުވެފައިވާ މި ދަނޑިވަޅުގައި، ދެ ޤައުމުގެ ދެމެދުގައި ބަހުގެ ހަމަލާތައް ވަނީ ވަރުގަދަވެފައެވެ. ރިޕޯޓްތައް ބުނާގޮތުގައި އެމެރިކާއިން މިހާރު އީރާނަށް ވަނީ ނިއުކްލިއަރ އެއްބަސް ވުމަކަށް އައުމަށް ނޫނީ ހަނގުރާމަ ދިޔުމަށް 48 ގަޑިއިރުގެ މުހުލަތެއް ދީފައެވެ. އެއިގެ ކުރި...