އީރާނަށް ރައްކާތެރިކަން ކަށަވަރުނުވާތީ ވޯލްޑް ކަޕްގައި ނުކުޅެން ނިންމައިފި
އަންނަ ފީފާ ވޯލްޑް ކަޕްގައި އީރާނަށް ބައިވެރިނުވެވޭނެ ކަމަށް އެ ގައުމުގެ ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު ދުންޔާމާލީ ވިދާޅުވެއްޖެއެވެ. “މި ފަސާދަވެފައިވާ ނިޒާމުން [އެމެރިކާ] އަޅުގަނޑުމެންގެ ލީޑަރު އަވަހާރަކޮށްލާފައިވާތީ، އެއްވެސް ހާލަތެއްގައި އަޅުގަނޑުމެންނަށް ވޯލްޑް ކަޕްގައި ބައިވެރިއެއް ނުވެވޭނެ،” ބުދަ ދުވަހު ދައުލަތުގެ ޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ވަޒީރު ވިދާޅުވިއެވެ. ފެބްރުއަރީ 28 ވަނަ ދުވަހު އެމެރިކާ އާއި އިސްރާއީލުން އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގައި މިހާތަނަށް 1,255 މީހުން މަރުވެ، 1...