ދުނިޔޭގެ އެކި ކަންކޮޅުތަކުގައި، ޚާއްޞަކޮށް ހުޅަނގު އޭޝިއާގައި ހިނގަމުންދާ ހަނގުރާމަތަކާއި ހަމަނުޖެހުންތަކުގައި އަނިޔާލިބެމުންދާ މުސްލިމުންނަށް ހެޔޮ ދުޢާކުރުމަށްޓަކައި އިންޑިއާގައި ބޭއްވި ބޮޑު އެއްވުމެއްގައި އެތައް ހާސް މުސްލިމުން ބައިވެރިވެއްޖެއެވެ.

މި ބައްދަލުވުން ބާއްވާފައިވަނީ ކަލިކަޓްގެ މަރުކަޒު ނޮލެޖް ސިޓީގައި ހުންނަ އިންޑިއާގެ އެންމެ ބޮޑު މިސްކިތް ކަމަށްވާ ޖާމިއުލް ފުތޫޙްގައެވެ. 'ބަދުރުލް ކުބްރާ' އަމާންކަމުގެ ދުޢާގެ މަޖިލީހުގެ ނަމުގައި ބޭއްވި މި ޙަރަކާތުގައި އިންޑިއާގެ ގްރޭންޑް މުފްތީ، އައްޝައިޚް އަބޫބަކުރު އަޙްމަދު (ޙަފިޡަހުﷲ) ވަނީ ޚާއްޞަ ތަޤުރީރެއް ކުރައްވާފައެވެ.

Ad
rt

ޝައިޚް އަބޫބަކުރު އަޙްމަދުގެ ތަޤުރީރުގައި، ޤައުމުތަކާއި މުޖުތަމަޢުތަކުގެ މެދުގައި އުފެދޭ ޚިޔާލުތަފާތުވުންތައް ޙައްލުކުރުމުގައި ޢަސްކަރީ ފިޔަވަޅުތަކުގެ ބަދަލުގައި ޑިޕްލޮމެޓިކް ނުވަތަ ޚާރިޖީ މަޝްވަރާތަކަށް އިސްކަންދިނުމަށް ވެރިންނަށާއި ސަރުކާރުތަކަށް ވަނީ ގޮވާލައްވާފައެވެ. އަދި ހުޅަނގު އޭޝިއާގެ ޙާލަތު ދުވަހުން ދުވަހަށް ގޯސްވަމުންދާތީ އެކަމާ މެދު ނުހަނު ކަންބޮޑުވުން ފާޅުކުރައްވައި، ކޮންމެ ހަނގުރާމައަކީވެސް މުޅި އިންސާނިއްޔަތަށް އޭގެ ނޭދެވޭ އަސަރު ފޯރާނެ ކަމެއްކަން ހަނދާންކޮށްދެއްވިއެވެ.

އިންޑިއާގެ އެންމެ ބޮޑު މިސްކިތް ކަމަށްވާ ޖާމިއުލް ފުތޫޙްގައި އިންޑިއާގެ ގްރޭންޑް މުފްތީ، އައްޝައިޚް އަބޫބަކުރު އަޙްމަދު (ޙަފިޡަހުﷲ) ތަގްރީރުކުރަށްވަނީ،

މީގެ އިތުރުން، ދުނިޔޭގައި އަމާންކަން ޤާއިމުކުރުމަށްޓަކައި އދ. އާއި ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކުން މިއަށްވުރެ ބޮޑަށް ހޭލުންތެރިވެ، ޒިންމާދާރުކަމާއެކު މަސައްކަތްކުރުމަށް އެމަނިކުފާނު ބާރުއެޅުއްވިއެވެ. މި މެސެޖަކީ މިހާރުގެ ބައިނަލްއަޤްވާމީ މަޝްރަޙަށް ބަލާއިރު ނުހަނު މުހިންމު އަދި ވަގުތާ ގުޅޭ މެސެޖެއްގެ ގޮތުގައި ގިނަ ބަޔަކު ދެކެއެވެ.

އިންޑިއާގެ އެންމެ ބޮޑު މިސްކިތް ކަމަށްވާ ޖާމިއުލް ފުތޫޙްގައި އިންޑިއާގެ ގްރޭންޑް މުފްތީ، އައްޝައިޚް އަބޫބަކުރު އަޙްމަދު (ޙަފިޡަހުﷲ) ތަގްރީރުކުރަށްވަނީ،

މި އެއްވުމުގައި އިންޑިއާގެ މުސްލިމުންގެ ދީނީ އާދަކާދަ އާއި ގުޅޭ ދީނީ ގިނަ ޙަރަކާތްތަކެއް ކުރިއަށްދިޔައެވެ. އޭގެ ތެރޭގައި ކީރިތި ޤުރުއާން ޚަތިމްކުރުމާއި، މަހްލަރަތުލް ބަދްރިއްޔާ، ތަޢުޖީލުލް ފުތޫޙް، ޤަޞީދަތުލް ހަމްޒިއްޔާ، ބަދުރު މައުލޫދު، އަދި އަސްމާއުލް ބަދުރު ކިޔެވުން ހިމެނެއެވެ. މި ކިޔެވުންތަކުގެ ތެރެއިން ބަދުރުގެ ބައިވެރިންގެ ޒިކުރާ އާކޮށް، ދަތި އުނދަގޫތަކުން ސަލާމަތްވުމަށާއި މުޅި ދުނިޔެއަށް ސުލްޙަވެރިކަން ދެއްވުން އެދި ދުޢާކޮށްފަވެއެވެ.

ޖާމިއުލް ފުތޫޙްގައި ބޭއްވުނު މި ބައްދަލުވުމަކީ ދީނީ ސުންނަތްތަކާއި ބައިނަލްއަޤްވާމީ އިންސާނީ ޙައްޤުތަކަށް ވަކާލާތުކުރުން އެއްކޮށްލެވުނު މުހިންމު ދަނޑިވަޅެކެވެ. ކަލިކަޓަށް އެއްވި އެތައް ހާސް ބައެއްގެ ބައިވެރިވުމުން ހާމަވެގެންދިޔައީ، ހުޅަނގު އޭޝިއާގެ ހަނގުރާމައިގެ ޙާލަތަކީ މުޅި ދުނިޔޭގެ މުސްލިމް އުންމަތުގެ އެންމެ ބޮޑު ކަންބޮޑުވުން ކަމާއި، ސުލްޙައަށް މަގުފަހިކުރުމުގައި މިފަދަ ރޫޙާނީ އެއްވުންތަކުގެ ދައުރު ބޮޑުކަމެވެ.