އެމެރިކާއާ މެދު އޮތް "ތާރީޚީ ފުން އިތުބާރު ނެތުން" އަދިވެސް އެބައޮތް: އީރާނުގެ ރައީސް
އެމެރިކާއާ މެދު އޮތް “ތާރީޚީ ފުން އިތުބާރު ނެތުން” އަދިވެސް އެބައޮތް ކަމަށާއި، އެމެރިކާގެ އޮފިޝަލުން ފޮނުވަމުންދަނީ “އިދިކޮޅު” އަދި “ބިނާކުރަނިވި ނޫން” މެސެޖުތަކެއް ކަމަށް އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން މިއަދު ވިދާޅުވެއްޖެއެވެ. އީރާނުގެ ރައީސް މި މޭރުމުން ވާހަކަފުޅު ދައްކަވާފައި މިވަނީ، ޕާކިސްތާނުން މެދުވެރިއެއްގެ ދައުރު އަދާކޮށްގެން އިސްލާމްއާބާދުގައި ބާއްވާ އީރާނާއެކު ކުރިއަށްދާ މަޝްވަރާތަކުގެ ދެން އޮތް ބުރަށް، އެމެރިކާގެ ނައިބު ރައީސް ޖޭ.ޑީ ވެންސް އާއި އެމެރިކާގެ މަތީ ފަންތީގެ ވަފުދެއް...