މަކުނުދޫ ކަނބަލުންނަށް ބޭއްވި މަދަހަ މުބާރާތުގެ ޗެމްޕިއަންކަން ހިޔަލައަށް
ހދ. މަކުނުދޫ ކަނބަލުންނަށް ބޭއްވި މަދަހަ މުބާރާތުގެ ޗެމްޕިއަންކަން ހިޔަލަ ހޯދައިފިއެވެ. މިއީ އެރަށު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީ (ޑަބްލިއުޑީސީ) އިން އިންތިޒާމުކޮށްގެން ބޭއްވި މުބާރާތެކެވެ. މި މުބާރާތާއި ބެހޭގޮތުން ޑަބްލިއުޑީސީގެ ރައީސާ ޝާތިއާ މުހައްމަދު ރަޝީދު ‘ތިލަދުން’ އަށް ވިދާޅުވީ މިއީ ވަރަށް ކާމިޔާބު މުބާރާތެއް ކަމަށާއި ފުރިހަމަކަމާއެކު މުބާރާތް ނިންމާލުމުގައި އެހީތެރިވެދެއްވި ހުރިހައި ފަރާތްތަކަށް ޝުކުރު ދަންނަވާ ކަމަށެވެ. ޚާއްސަކޮށް ހިޖްރާ ކާޕެންޓްރީ (ޢަބްދުالله ޒަހީން/...