ރާއްޖޭގައި ދިގު ދުވުމުގެ އިވެންޓުތައް ބާއްވާ އެއްބަޔަކީ "އައިރަނަރސް" އެވެ. މީހުންގެ މަގުބޫލުކަމާއި އިތުބާރު ވެސް ވަނީ ހޯދާފައެވެ. ޚާއްސަކޮށް ކޮންމެ އަހަރެއްގެ ރަމަޟާން ބާއްވާ "ރޯދަ ޗެލެންޖު" މިއީ ގިނަބަޔަކު އިންތިޒާރުކުރާ އިވެންޓެކެވެ.

އެގޮތުން މިއަހަރުގެ ރަމަޟާން މަސް ފެށެން ގާތްވެފައިވާއިރު، އައިރަނަރސް އިން މިވަނީ ރޯދަ ޗެލެންޖު މިއަހަރުވެސް ބާއްވާނެކަމަށް އިއުލާން ކޮށްފައެވެ. އަދި ބައިވެރިވުމުގެ ފުރުސަތު ވެސް ވަނީ ހުޅުވައިލާފައެވެ.

Ad
rt

އައިރަނަރސް އިން ބުނީ މިއަހަރުގެ ޗެލެންޖުގައި 4 ގިންތިއެއް ހިމެނޭ ކަމަށާއި އެއީ 50 ކިލޯމީޓަރާއި 100 ކިލޯ މީޓަރާއި 150 ކިލޯމީޓަރު އަދި 300 ކިލޯމީޓަރު ކަމަށެވެ.

މީގެ އިތުރުން ވަރޗުއަލް ރަންއެއްވެސް ބާއްވަން ނިންމާފައިވާއިރު، މި ގިންތީގައި ހިމެނެނީ 5 ކިލޯމީޓަރާއި 10 ކިލޯމީޓަރު އަދި 21ކިލޯމީޓަރެވެ.

މިކަމާއިގުޅިގެން އައިރަނަރސްގެ ފައުންޑަރ އަދި ރޭސް ޑައިރެކްޓަރ ސުޖާ ވިދާޅުވީ ދުވުމުގައި ބައިވެރިވެވޭނީ އޮންލައިންކޮށް ކަމަށާއި ބައިވެރިވުމުގެ ސުންގަޑިއަކީ 10 އޭޕްރީލް ކަމަށެވެ.

InstagramInstagramCreate an account or log in to Instagram - Share what you're into with the people who get you.

"ރޯދަ ޗެލެންޖުގަ ވެސް ވަރޗުވަލް ރަންގަވެސް ބައިވެރިވާ ފަރާތްތަކުން ބައިވެރިވެވޭނީ ކޮންމެވެސް އެއް ކެޓަގަރީއެއްގަ. މިސާލަކަށް ރޯދަ ޗެލެންޖުގެ 300 ކިލޯމީޓަރުގަ ދުވާ މީހަކަށް އެހެން އެއްޗެއްގަ ނުދުވެވޭނެ. އަނެއްކާ ވަރޗުވަލް ރަން ގަ ވެސް ހަމައެގޮތަށް ކޮންމެސް އެއް ކެޓަގަރީއެއްގަ ދުވެވޭނީ." ސުޖާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މިގޮތަށް އޮތްނަމަވެސް، ރޯދަ ޗެލެންޖާއި ވަރޗުވަލް ރަން ގައި ވެސް ބައިވެރިވެވޭނެ ކަމަށެވެ.

ރޯދަ ޗެލެންޖު ނުވަތަ ޑިސްޓެންސް ޗެލެންޖުގައި ބައިވެރިވާ ފަރާތްތަކުން ރަމަޟާން މަހު 20 ދުވަހު ދުވުން ފުރިހަމަ ކުރަން ޖެހޭއިރު، ސްޓްރާވާ ރަނިންގ އެޕް މެދުވެރިކޮށް ދުވުމުގެ ސްޓެޓްސް ރިކޯޑް ކުރުމަށްފަހު އައި ރަނަރސްގެ ސައިޓަށް އަޕްލޯޑް ކުރަން ޖެހެއެވެ.

މި ދުވުން ފުރިހަމަ ކުރާ ފަރާތްތަކަށް މެޑަލް ލިބޭއެވެ.

ވަރޗުވަލް ރަންގައި ބައިވެރިވާ ފަރާތްތަކަށް ވެސް ދުވަން ވަކި ތާރީޚެއް ދެވޭނެ އެވެ. އަދި ދުވުން ފުރިހަމަ ކުރުމުން މެޑަލް ލިބޭނެވެ.

މި ދެ ޗެލެންޖުގައި ވެސް ބައިވެރިވުމުގެ ފީއަކީ 150 އެވެ. ރަންގެ ޚާއްސަ ޓީޝާޓާއެކީ ފުލް ކިޓެއް ނަންގަވާނަމަ 350 ރުފިޔާ ދައްކަން ޖެހޭނެއެވެ.

މިއަހަރުގެ ޗެލެންޖުގައިބައިވެރިވާ ފަރާތްތަކުގެ މެދުގައި ގުރުއިން ވަނަވަނައަށްދާ ފަރާތްތަކަށް އެކިއެކި އިނާމު ދިނުމަށް ވަނީ ނިންމާފައެވެ.

އެގޮތުން ފެމިލީ ރޫމްގެ ގިފްޓް ވައުޗާއަކާއި ދުވުންތެރިންގެ މެދުގައި މަޤްބޫލު ގަރމިން ގަޑި ހިމެނެއެވެ. އަދި ކޮންމެ ހަފްތާއަކު ވެސް ނަސީބުވެރިން ހޮވައި، އިނާމު ދިނުމަށް ވެސް ވަނީ ނިންމާފައެވެ.

މިއަހަރުގެ އިވެންޓުގެ ރަނިންގ ޕާޓްނަރ އަކީ ފިޓް ރަނަރސް އެވެ. އަދި ކޮފީ ޕާޓްނަރއަކަށް ފެމިލީ ރޫމް ކޮފީ ހަމަޖެހިފައިވާ އިރު މީޑިއާ ޕާޓްނަރއަކީ ދެން އޮންލައިނެވެ.