ފަތުރުވެރިއެއްގެ ދަބަސް ވަގަށް ނަގައި އޭގައި އޮތް ކޭޝްކާޑުން ވިޔަފާރި ކުރި މީހަކު ހައްޔަރު ކޮށްފި

Police - Arrest

ފަތުރުވެރިއެއްގެ ކޭޝްކާޑު ވަގަށް ނަގައި، ވިޔަފާރި ކުރި މީހަކު ހައްޔަރު ކޮށްފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ އާޓިފިޝަލް ބީޗުގައި އުޅުނު ފަތުރުވެރިއެއްގެ ދަބަސް ވަގަށް ނަގައި، އެ ބަހުގައި އޮތް ކޭޝް ކާޑެއް ބޭނުންކޮށްގެން ވިޔަފާރިކުރި މައްސަލައެއް ފެންމަތިވެފައިވާ ކަމަށެވެ.

އެ މައްސަލައިގައި 42 އަހަރުގެ ދިވެހި ފިރިހެނެއް ހައްޔަރުކޮށްފައި ވާއިރު، އެ މައްސަލަ އެ އިދާރާއަށް ހުށަހަޅާފައިވަނީ މިއަދު އެވެ.

''ފަތުރުވެރިޔާގެ ކޭޝްކާޑު ބޭނުންކޮށްގެން 5000 އަށް ވުރެ ގިނަ ރުފިޔާގެ ވިޔަފާރި ކޮށްފައިވާއިރު އެ ތަކެތި ފުލުހުން ވަނީ ހޯދާފައި'' ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ ގަލޮޅު ޕޮލިސް އިންވެސްޓިގޭޝަނުން މި މައްސަލަ ތަހުގީގު ކުރަމުން އަންނަކަމަށެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި