ކްރިމިނަލް ކޯޓަށް އިސް ގާޟީއަކާއި ގާޟީއެއް ހޯދަން އިއުލާން ކޮށްފިއެވެ.
ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ކޮށްފައިވާ އިއުލާނުގައި ވަނީ މި މަގާމަށް އެދި ހުށަހެޅުމުގެ ސުންގަޑިއަކީ އޭޕްރިލް މަހުގެ 3 ވަނަ ދުވަހުގެ މެންދުރު 12 ޖެހުމާއި ހަމައަށް ކަމަށެވެ.
މި މަގާމުގެ މުސާރައަކީ 31000 ރުފިޔާ ކަމަށާއި މަގާމަށް އެދި ހުށަހަޅަން ޖެހޭނީ ފަހިރެސް ޕޯޓަލް މެދުވެރިކޮށް ކަމަށެވެ.
މީގެ އިތުރުން ގާޟީއެއް ހޯދުމަށް ކޮށްފައުވާ އިއުލާނުގައި ވަނީ އެ މަގާމުގެ މުސާރައަކީ 30000 ރުފިޔާ ކަމަށާއި އެ މަގާމަށް އެދި ހުށަހަޅަން ޖެހެނީ ވެސް އޭޕްރިލް މަހުގެ 3 ވަނަ ދުވަހުގެ މެންދުރު 12 ޖެހުމާއި ހަމައަށް ކަމަށެވެ.
ފަހިރެސް ޕޯޓަލްގެ ލިންކް: https://apply.jsc.gov.mv
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!