އާޒިމާ މާލޭ ސިޓީގެ މޭޔަރުކަމަށް ވާދަކުރައްވަނީ
ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝަކޫރު މާލޭ ސިޓީގެ މޭޔަރުކަމަށް ކުރިމަތިލައްވާނެކަން އިއުލާން ކުރައްވައިފިއެވެ. އޭނާ ނެރުއްވި ނޫސްބަޔާނެއްގައި ވިދާޅުވީ އަންނަ ޖަނަވަރީ މަހު ބޭއްވުމަށް ހަމަޖެހިފައިވާ މާލޭ ސިޓީގެ މޭޔަރުކަމުގެ މަގާމަށް ޕީ.ޕީ.އެމް/ޕީ.އެން.ސީގެ ޓިކެޓްގައި ކުރިމަތިލާން ގަސްދުކުރައްވާ ކަމަށެވެ. އަދި ވަނީ އެންމެ ބޭފުޅުންގެ ތާއީދަށް އެދިވަޑައިގެންފައެވެ. އާޒިމާ ވިދާޅުވީ އެމަގާމަށް ކުރިމަތިލުމަށް، ގަސްދުކުރެއްވީ އުމުރުން 17 އަހަރުން ފެށިގެން ގައުމީ ހިދުމަތުގައި ދެމިހުރި މީހަކަށްވެފ...