ހދ. ކުޅުދުއްފުށި ސިޓީގައި ޕަބްލިކް ލައިބްރަރީއެއް ތަރައްގީކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން އިއުލާން ކޮށްފިއެވެ.
ކުޅުދުއްފުށި ސިޓީ ކައުންސިލުން ވަނީ މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން މައުލޫމާތު ސާފުކުރައްވައި، އަންދާސީ ހިސާބު ހުށަހެޅުއްވުން ހުޅުވައިލާފައެވެ.
އެގޮތުން ޕްރީބިޑް މީޓިން އޮންނާނީ ނޮވެމްބަރު 5 ވާ އާދިއްތަ ދުވަހުގެ ހެނދުނު 10:30 ގައި ކަމަށާއި ރަޖިސްޓްރީވުމުގެ ސުންގަޑިއަކީ ނޮވެމްބަރު 13 ވާ ހޯމަ ދުވަހުގެ ހެނދުނު 10:30 ކަމަށް ސިޓީ ކައުންސިލުން ވިދާޅުވެއެވެ. އަދި އަންދާސީ ހިސާބު ނޮވެްބަރު 14 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:30 އަށް އެ ކައުންސިލު އިދާރާ އަށް ހުށަހެޅުމަށް އެދިލައްވާފައި ވެއެވެ.
މީގެ އިތުރުން މި މަސައްކަތާ ބެހޭ އެންމެހައި ލިޔެކިޔުންތައް ސޮފްޓް ކޮޕީ ފޯމެޓުގައި އެ އިދާރާގެ ވެބްސައިޓުން މިހާރު ޑައުންލޯޑު ކުރެވޭނެ ކަމަށް ވެސް ވިދާޅުވެފައި ވެއެވެ. އަދި މި ބީލަމާ ގުޅިގެން ދޫކުރެވޭ އެެންމެފަހުގެ މައުލޫމާތުތައް ވެްސައިޓޫ މެދުވެރިކޮށް ހޯދުމަކީ ބީލަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެއް ކަމަށް ވެސް ވިދާޅުވެފައި ވެއެވެ.
އެ ކައުންސިލުން ވިދާޅުވީ ވަޑައިގަންނަވާ ކޮންމެ ފަރާތަކަށް ވެސް ހުށަހެޅޭނީ އެންމެ އަންދާސީ ހިސާބެއް ކަމަށެވެ. އަދި އެއީ އިކޮނޮމިކް މިނިސްޓްރީގައި ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ އަދި މި ބީލަމުގައި ރަޖިސްޓްރީވެފައިވާ ފަރާތަކަށް ވާންވާނެ ކަމަށް ވެސް ވިދާޅުވެފައި ވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!