އެމްއެމްޕީއާރުސީ މެދުވެރިކޮށް ރަށްތައް ދޫކުރި ގޮތުން ކަންބޮޑުވުން ހުށަހަޅާފައިވާ ކަމަށް ރައީސް އަބްދުﷲ ޔާމީންގެ ޝަރީއަތުގައި ހެކިވެރިއަކު މިއަދު ބުނެފި އެވެ.
ވ. އާރަށް ކުއްޔަށް ދީގެން ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ގަބޫލު ކުރައްވައި އެ ފައިސާ ލޯންޑާކުރެއްވި ކަމަށް ބުނެ ޔާމީންގެ މައްޗަށް ކުރާ ދައުވާގައި ކްރިމިނަލް ކޯޓުގައި މިއަދު ހެކިބަސް ދިނީ ޓޫރިޒަމް މިނިސްޓްރީގެ ކުރީގެ މުވައްޒަފެކެވެ.
އޭނާ ބުނިގޮތުގައި އޭރު ރަށްތައް ދޫކުރަމުން ދިޔައީ އޭރުގެ ޓޫރިޒަމް މިިނިސްޓަރު އަހުމަދު އަދީބު ކަނޑައަޅުއްވާ އަގަކަށެވެ. އަދި އެކި ރަށްރަށަށް އެކި އަގުތައް ކަނޑައަޅައި، ތަފާތުކުރުން ގެންގުޅޭތީ އެކަމުގެ ކަންބޮޑުވުން އަދީބާ ހިއްސާކުރި ކަމަށް ހެކިވެރިޔާ ބުންޏެވެ.
އެކަމަކު 2015 ވަނަ އަހަރު އާރަށް ކުއްޔަށް ދިން މުއާމަލާތުގެ އެއްވެސް ކަމެއް އޭނާއަކަށް ނޭނގޭ ކަމަށް ބުންޏެވެ. އޭރު އޭނާ ހުރީ ރާއްޖެއިން ބޭރުގައި ކަމަށްވާތީ ކަމަށް އޭނާ ބުންޏެވެ.
މިއަދު ހެކިބަސް ދިނީ ރަށްތައް ދޫކުރި ގޮތާ ބެހޭގޮތުން ކަންކަން ސާފުކުރަން ދައުލަތުން ހުށަހެޅި މީހެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!