އެމެރިކާއިން ފްރީޒް ކޮށްފައިވާ އަފްޣާނިސްތާނުގެ 7 ބިލިޔަން ޑޮލަރު އެމެރިކާ މީހުންނަށް ބަހާލުމަށް އިއްޔެ ނަގައިފިއެވެ.
މި ފައިސާ ނަގާފައި މިވަނީ މިކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑެން މިކަމަށް އިއްޔެ ހުއްދަ ދިނުމާ އެކުގައެވެ.
ފްރީޒް ކޮށްފައިވާ އަފްޣާނިސްތާނުގެ މި ފައިސާ ދޫކޮށް ދިނުމަށް އަފްޣާނިސްތާނުން ތަކުރާރުކޮށް އެދެމުން ދަނިކޮށް އެމެރިކާއިން މި ފައިސާ ނަގާފައި މިވަނީ ސެޕްޓެމްބަރު 11 ގައި ގެއްލުން ލިބުނު އެމެރިކާ މީހުންނަށް ބަދަލު ދިނުމަށް ކަމަށް ބުނެއެވެ.
އަފްޣާނިސްތާނަށް އައި ބިންހެލުމެއްގައި 1500 އަށް ވުރެ ގިނަ މީހުން އެއްފަހަރާ މަރުވެ އެތައް ބަޔަކު ޙާލުގައި ޖެހި ޤައުމު ސުންނާފަތި ވެފައިވާ ފައިވާ މި ދަނޑިވަޅުގައި އެ ޤައުމުގެ މިހާ ގިނަ ފައިސާ އެމެރިކާއިން އަމިއްލައަށް ނަގައިގެން ބޭނުން ކުރަން ނިންމި ނިންމުމަށް ބައެއް ޤައުމު ތަކުންވަނީ ފާޑުކިޔާފައެވެ.
އަނެއްކޮޅުން އަފްޣާނިސްތާނުން ފަޤީރު ކަމުގެ ސަބަބުން ރަނގަޅު ކާބޯތަކެތި ނުލިބި ކޮންމެ ދުވަހަކު އެތައް ބައިވަރު ކުޑަކުދިންނެއް މަރުވަމުން ދާތީ މި ފައިސާއިން އެފަދަ ފަރާތްތަކަށް އެބައިމީހުންގެ ބެލުމުގެ ދަށުން އެހީ ވުމަށް އދ އާއި ބައިނަލް އަޤްވާމީ ޖަމްޢިއްޔާ ތަކުންވެސް ވަނީ އެދިފައެވެ.
އެމެރިކާގައި ހުއްޓަސް މި ފައިސާ އަކީ އެ ޤައުމުގެ ބެލުމުގެ ދަށުގައި ނުވަތަ އެ ޤައުމުގެ ބޭންކް ތަކުގައި ހުރި ފައިސާއެއް ނޫނެވެ. އެހެން ނަމަވެސް މިއީ އަފްޣާނިސްތާނުގެ ރިޒާރވްގެ ގޮތުގައި ބައިނަލް އަޤްވާމީ މާލީ އިދާރާ ތަކުގައި ބެހެއްޓިފައިވާ ފައިސާއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!