ހަނިމާދޫ ކައުންސިލްގެ ސިއްކަ ފަރުމާ ކޮށްދޭނެ ފަރާތެއް ހޯދަން ޢިއުލާންކޮށްފިއެވެ.

އެކަމަށް ފުރުސަތު ހުޅުވާލައި ހަނިމާދޫ ކައުންސިލުން ކުރި ޢިއުލާނެއްގައި ވާގޮތުން އެންމެ ރަނގަޅު ފަރުމާއެއް ހުށަހަޅާ ފަރާތަކަށް 5000 ރުފިޔާ ދިނުމަށް ވަނީ ނިންމާފައެވެ.

Ad
rt

ހަނިމާދޫ ކައުންސިލުން ވިދާޅުވީ އެ ކައުންސިލުގެ ރަސްމީ ސިއްކަ ފަރުމާ ކޮށްދިނުމަށް ޝައުގުވެރިވެ ލައްވާ ފަރާތް ތަކުން 2022 ޖުލައި 07 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 13:00 ގެ ކުރިން، ސިއްކަ ފަރުމާކޮށް ދެއްވުމަށްފަހު ހަނިމާދޫ ކައުންސިލްގެ ރަސްމީ މެއިލް info@hanimaadhoo.gov.mv އަށް ފޮނުއްވަން ޖެހޭނެ ކަމަށެވެ.

މިގޮތުން ހުށަހަޅާ ސިއްކަ ތަކުގެ ތެރެއިން ހަނިމާދޫ ކައުންސިލުން އިޚްތިޔާރުކޮށް އެ ކައުންސިލުގައި ބޭނުންކުރުމަށް ހޮވޭ ސިއްކަ ހުށަހަޅުއްވާ ފައިވާ ފަރާތަކަށް ފަސްހާސް ރުފިޔާގެ ފައިސާގެ އިނާމެއް ދޭ ގޮތަށް ވެސް ވަނީ ހަނިމާދޫ ކައުންސިލުން ނިންމަވާފައެވެ.

ހަނިމާދޫ ކައުންސިލްގެ އިތުރުން ރާއްޖޭގެ ގިނަ ކައުންސިލް ތަކަކުން އަންނަނީ ސިއްކަ ފަރުމާ ކޮށްދޭނެ ފަރާތްތައް ހޯދުމަށް ތަފާތު އުކުޅުތައް ބޭނުން ކުރަމުންނެވެ.