މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ކީރިތި ރަސޫލާއަށާއި އިސްލާމް ދީނަށް ފުރަށްސާރަކޮށް ނެރުނު ރިޕޯޓު ހދ ކުރިނބީ ކައުންސިލުންވެސް ކުއްވެރިކޮށް ނޫސް ބަޔާނެއް ނެރެފިއެވެ.
މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯރކް އިން “ ޕްރިލިމިނަރީ އެސެސްމަންޓް އޮން ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް“ ގެ ނަމުގައި އާންމު ކުރި ރިޕޯޓާއި ގުޅޭގޮތުން ކުރިނބީ ކައުންސިލުގެ 3 ކައުންސިލަރުން ސޮއިކޮށް ނެރެފައިވާ ނޫސް ބަޔާނުގައި ބުނެފައިވަނީ އެމް.ޑީ.އެން އިން
ނެރެފައިވާ ރިޕޯޓުގައި އިސްލާމް ދީނާއި މާތް ނަބިއްޔާ މުޙައްމަދު ގެ އަށް ވަރަށް ބޮޑަށް ފުރައްސާރަކޮށްފައިވާތީ، އެކަން ކުރިނބީގެ ރައްޔިތުންނާއި ކައުންސިލުން ކުށްވެރިކުރާކަމަށެވެ.
މި އަމަލަކީ އެ ޖަމްޢިއްޔާއިން ހިންގި ވަރަށް ދަށުދަރަޖައިގެ އަމަލެއްކަމުގައި ކުރިނބީ ރައްޔިތުންނާއި ކައުންސިލުން ދެކޭ ކަމެއް ކަމަށާއި މި އަމަލަކީ ދިވެހިރާއްޖޭގެ ޤާނުނު އަސާސީގެ 27 ވަނަ މާއްދާ އާއި، ޤާނޫނު ނަންބަރު 2003/1 (ޖަމްޢިއްޔާތަކާއި ބެހޭ ޤާނޫނު) ގެ 10 އަދި 20 ވަނަ މާއްދާއާއި ޤާނޫނު ނަންބަރ 21/0 (ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ޤާނޫނު)ގެ 4 ވަނަ މާއްދާ އަދި ދިވެހިރާއްޖެގެ ޤާނޫނުލްޢުޤޫބާތުގެ 17 ވަނަ މާއްދާ އާއި ޚިލާފު އަމަލަކަށް ވީހިނދު، މި ކުށްތަކަށް ދަޢުވާ އުފުލަންޖެހޭ އެންމެހާ ފަރާތްތަކައި މެދު ލަސްނުކޮށް
ފިޔަވަޅުއެޅުމަށާއި މިފަދަ ޢަމަލުތައް ތަކުރާރުވިޔަ ނުދިނުމަށް އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް އެޅުމަށް ދަޢުލަތުގެ ތިން ބާރަށާއި، އެންމެހާ މުވައްސަސާތަކަށް މި ބަޔާނުގައި ގޮވާލާފައިވެއެވެ.
އަދި ހަމައެހެންމެ، އިސްލާމް ދީނުގެ އެއްވެސްކަމަކަށް ފުރައްސާރަ ނުކުރުމަށާއި އެފަދަ ލިޔުންތައް ނުލިޔުމަށާއި މުޖުތަމައުގެ މަސްލަހަތު ގެއްލޭފަދަ އެއްވެސް އަމަލެއް ނުކުރުމަށް އެންމެހާ ފަރާތްތަކަށް ކުރިނބީ ކައުންސިލުން ވަނީ އިލްތިމާސް ކޮށްފައެވެ.
އެމްޑީއެންގެ ރިޕޯޓާއި ގުޅިގެން ރާއްޖޭގެ ދީނީ އިލްވެރިންނާއި ގިނަ ކައުންސިލް ތަކަކުން ދަނީ އެކަން ކުށްވެރިކޮށް ބަޔާންތައް ނެރެމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!