އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން ހއ. އިހަވަންދޫ ސްކޫލްގެ ދަރިވަރުންނަށް މަޢުލޫމާތު ދިނުމުގެ ސެޝަންއެއް އިހަވަންދޫ ޕޮލިސް ސްޓޭޝަނުން ކުރިއަށް ގެންގޮސްފިއެވެ.

އިއްޔެ އިހަވަންދޫ ސްކޫލް ހޯލްގައި ކުރިއަށް ގެންދިޔަ މި ސެޝަންގައި އަލިފާން ރޯވުމަށް މެދުވެރިވާ ސަބަބުތަކާ ގުޅޭގޮތުން މަޢުލޫމާތު ދީފައިވެއެވެ.

Ad
rt

މީގެއިތުރުން އަލިފާނުގެ ހާދިސާއެއް ހިނގައިފިނަމަ ކަންކުރަންވީ ގޮތާއި މިފަދަ ހާދިސާ އެއް ހިނގުމުގެ ކުރިން ރައްކާތެރިވެ ތިބުމަށް ކުރެވޭނެ ކަންކަމާއި ގުޅޭގޮތުން މަޢުލޫމާތު ދީފައިވެއެވެ.

މި ސެޝަންގައި އެސުކޫލުގެ ޖުމްލަ 57 ދަރިވަރުން ބައިވެރިވެފައިވެއެވެ.