އިންޓަރނޭޝަނަލް ފަންޑް ފޯރ އެގްރިކަލްޗަރަލް ޑިވެލޮޕްމަންޓް (އިފާޑް)ގެ ލޯން އެހީއާއި ސަރުކާރުގެ ބަޖެޓުން ޚަރަދުކޮށްގެން މިނިސްޓރީ އޮފް ފިސަރީޒް އެން އެގްރިކަލްޗަރ އިން ކުރިއަށްގެންދާ [މެރިކަލްޗަރ އެންޓަރޕްރައިސް ޑިވެލޮޕްމަންޓް ޕްރޮޖެކްޓް] ގެ ޕްރޮޖެކްޓް ކޮންޕްލީޝަން ރިވިއު ވޯކްޝޮޕް މިނިސްޓަރ ޒަހާ ވަޙީދު މިއަދު އިފްތިތާޙްކޮށް ދެއްވައިފިއެވެ.

މިވޯކްޝޮޕް ކުރިޔަށް ގެންގޮސްފައިވަނީ މިއަދު މާގިރި ހޮޓެލްގައެވެ. [މެރިކަލްޗަރ އެންޓަރޕްރައިސް ޑިވެލޮޕްމަންޓް ޕްރޮޖެކްޓް] ގެ މައިގަނޑު މަޤްޞަދަކީ، ދިވެހިރާއްޖޭގައި މެރިކަލްޗަރ ސިނާޢަތެއް ތަޢާރަފުކޮށް ތަރައްޤީކުރުމަށް މަގުފަހިކުރުމެވެ.

Ad
rt

މިޕްރޮޖެކްޓް ކޮންޕްލީޝަން ރިވިއު ވޯކްޝޮޕްގެ މައިގަނޑު މަޤުސަދަކީ މެރިކަލްޗަރ އެންޓަރޕްރައިސް ޑިވެލޮޕްމަންޓް ޕްރޮޖެކްޓް ގައި ވޭތުވެދިޔަ އަހަރު ތެރޭގައި އިމްޕްލިމެންޓް ކުރެވިފައިވާ މަސައްކަތްތައް ޚިއްސާކުރުމާއި އަދި ޕްރޮޖެކްޓް އިމްޕްލިމެޓް ކުރުމަށް ދިމާވި ގޮންޖެހުންތަކާއި ޚާސިލްވެފައިވާ ފިލާވަޅުތައް ވޯކްޝޮޕްގެ ބައިވެރިންނަށް ޚިއްސާ ކުރެވިގެންދާނެކަމަށް މިނިސްޓްރީއިން ހާމަކުރެއެވެ.

މިޕްރޮޖެކްޓް ކޮންޕްލީޝަން ރިވިއު ވޯކްޝޮޕްގައި ޖުމްލަ 28 ބޭފުޅުން ބައިވެރިވެފައިވެއެވެ. މިވޯކްޝޮޕްގައި ބައިވެރިކުރުމަށް އިސްކަން ދެވިފައިވަނީ މެރިކަލްޗަރ ސިނާޢަތުގައި އަމަލީގޮތުން ހަރަކާތްތެރިވާ ބޭފުޅުންނާއި ޕްރޮޖެކްޓް ހިންގާފައިވާ ލ. އިސްދޫ، ލ.ކަލައިދޫ އަދި ލ.ދަނބިދޫގެ ކައުސިލްގެ ބޭފުޅުންނާއި އަދި ހުއިފިލަނޑާގެ މަސައްކަތް ކުރާ ބޭފުޅުންނަށެވެ.