އޭނާ އާއި އަޅައިގަނެގެން ނެއްޓެން ނޭނގިގެން އުޅުމަށްވުރެ ރައްޔިތުންނަށް ފައިދާހުރި ކަންކަން ކުރުން ބުއްދިވެރިކަމަށް ދިއްދޫ ކައުންސިލްގެ ރައީސް ޢަބުދުﷲ ރަޝީދު ވިދާޅުވެއްޖެއެވެ.

ދިއްދޫ ކައުންސިލް ރައީސް ޢަބުދުﷲ ރަޝީދުގެ ރަސްމީ ފޭސްބުކް ޕޭޖްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ދިއްދޫ ކައުންސިލްގެ ނިންމުންތަކުގައި ދިއްދޫ ކައުންސިލްގެ ރައީސް އަށް ވޯޓުގަ ބައިވެރި ނުވެވޭ ގޮތަށް މީގެކުރިންވެސް ފާސްކުރި ކަމަށެވެ.

Ad
rt

އެ ޕޯސްޓްގައި ރަޝީދު ވަނީ ލިޔުމެއްގެ ފޮޓޯ ވެސް ހިމަނުއްވާފައެވެ. އަދި އެއީ ދިއްދޫ ކައުންސިލްގެ ރައީސް އަށް ވޯޓުގަ ބައިވެރި ނުވެވޭ ގޮތަށް ފާސްކުރުމުން އެލްޖީއޭއިން ފޮނުވި ލިޔުންކަމަށް ވިދާޅުވެފަވެއެވެ. އެ ލިޔުމުގައި ބުނެފައިވާގޮތުން ކައުންސިލްގެ ނިންމުންތަކުގައި ރިޔާސަތަށް ބައިވެރިވެ ވޯޓު ލެވޭނެއެވެ.

ރަޝީދު ވިދާޅުވީ، އެނެއްކާވެސް މިދިޔަ ހަފުތާގަ ވަނީ އޭނާއަށް ވޯޓުގައި ބައިވެރި ނުވެވޭ ގޮތައް ފާސްކޮއްފައި ކަަމަށެވެ.

"އަޅުގަނޑާ އަޅައިގަނެގެން ނެއްޓެން ނޭގިގެން އުޅުމަށްވުރެން ތިޔަ ސްޕަމެޖޯރިޓީން ރައްޔިތުނައް ފައިދާހުރި ކަންކަން ކުރުން ބުއްދިވެރި، ދިއްދޫ ރައްޔިތުން ރައީސް ކަމުގެ މަޤާމަށް އަޅުގަނޑު ހޮވުމަކީ އަޅުގަނޑުގެ ކުށެއްނޫން" އޭނާ ވިދާޅުވެފަވެއެވެ.

ރައީސަށް ވޯޓު ނުލެވޭގޮތެއް ނިންމުމަކީ ޑިކްމޮކްރަސީއާއި ދުރު ނާތަހުޒީބު ފިނޑިއަމަލެއް: ދިއްދޫ ރައީސް

ދިއްދޫ ކައުންސިލްގެ ނިންމުންތަކުގައި ދިއްދޫ ކައުންސިލްގެ ރައީސް އަށް ވޯޓުގަ ބައިވެރި ނުވެވޭ ގޮތަށް ފުރަތަމަ ފާސްކުރީ މިދިޔަ އަހަރުގެ ޖޫންމަހުގެ ފަހުކޮޅުގައެވެ.

ދިއްދޫ ކައުންސިލްގެ ސާފު މެޖޯރިޓީ އޮންނަނީ ވެރިކަންކުރާ ކޯލިޝަންގެ މައިޕާޓީ އެމްޑީޕީއަށެވެ. އެ ކައުންސިލްގައި އެމްޑީޕީގެ 5 މެންބަރުން ތިއްބަވާއިރު، ރައީސް ރަޝީދު ހިމެނޭހެން އިދިކޮޅު ޕީޕީއެމްގެ އިތުރު މެންބަރަކު ހުންނަވައެވެ.