ށ. ކަނޑިތީމުގައި ހުންނަ ށ. އަތޮޅު މަދަރުސާ ގައި މަލްޓިޕާޕަސް ހޯލް އިމާރާތް ކުރުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް ފިނޭންސް މިނިސްޓްރީއިން އިއުލާން ކޮށްފިއެވެ.

މިގޮތުން ފިނޭންސް މިނިސްޓްރީއިން ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ މި މަސައްކަތް ކުރާނެ ފަރާތެއް ހޯދުމަށް އަލުން އިއުލާން ކޮށްފައި މިވަނީ އެޑިއުކޭޝަން މިނިސްޓްރީގެ އެދިލެއްވުމުގެ މަތީން ކުރިން ހުށައަޅާފައިވާ ބީލަންތައް ބާތިލް ކުރުމަށް ފަހުގައިކަމަށެވެ.

Ad
rt

މިބީލަމުގައި ބައިވެރިވުމަށް -/500 ރުފިޔާ (ފަސްސަތޭކަ ރުފިޔާ) ގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަންޖެހެއެވެ. އަދި މި ޕްރޮޖެކްޓުގެ ބިޑްސެކިޔުރިޓީގެ ގޮތުގައި -/40,000ރ(ސާޅީސް ހާސް ރުފިޔާ) ހުށަހަޅަން ޖެހެއެވެ. ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީޚުން ފެށިގެން 148 ދުވަހެވެ.

އެގޮތުން މިމަހުގެ 9 ވަނަ ދުވަހުން ފެށިގެން 22 ވަނަ ދުވަހުގެ ނިޔަލަށް ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 08:00 އިން މެންދުރުފަހު 14:00 އާ ހަމައަށް ފީ ބަލައިގަންނާނެ ކަމަށް އެމިނިސްޓްރީއިން ވަނީ ބުނެފައެވެ. ފީ ދައްކަވަން ޖެހެނީ އެމިނިސްޓްރީގެ އޮންލައިން ޕޭމަންޓް ޕޯޓަލް - ބަނޑޭރި ޕޭ  (https://bandeyripay.finance.gov.mv) މެދުވެރި ކޮށެވެ. ފައިސާ ދެއްކުމަށްފަހު، ބީލަމަށް ރަޖިސްޓްރީވުމަށް އެދޭ ފަރާތުގެ ނަމާއި އެޑްރެސް، ގުޅޭނެ ނަންބަރާއި އީ-މެއިލް އެޑްރެސް އަދި ފައިސާ ދެއްކި ރަސީދުގެ ކޮޕީ ahmed.jinah@finance.gov.mv މި އެޑްރެހަށް އީމެއިލް ކުރަން ޖެހެއެވެ.

ބިޑު ހުޅުވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 24 ވާ ހޯމަ ދުވަހުގެ މެންދުރު 11:00 ގައި އެމިނިސްޓްރީގެ ނޭޝަނަލް ޓެންޑަރގެ ޖަލްސާކުރާ މާލަމުގައެވެ.

މި ބީލަންތަކުގައި ބައިވެރިވެވޭނީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ "ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތްކުރާފަރާތްތަކުގެ ގަވާއިދު" ގައިވާ ގޮތުގެމަތީން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށް އެކަންޏެވެ. އަދި މިޕްރޮޖެކްޓާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ މިމަހުގެ 16 ވަނަ ދުވަހުގެ މެންދުރުފަހު 13:00ގެ ކުރިން، ahmed.jinah@finance.gov.mv މި އެޑްރެހަށް އީމެއިލް ކުރުމަށް ފިނޭންސް މިނިސްޓްރީއިން ވަނީ އެދިލައްވާފައެވެ.