ކަނޑުގައި ދުއްވާ އިންޖީނުލީ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ހއ. ކެލައިން ނެގޭގޮތަށް ހަމަޖައްސައިފިއެވެ.

އެކަމުގެ އެއްބަސްވުމުގައި ހއ. އަތޮޅު ކައުންސިލާއި ކެލާ ކައުންސިލާ ދެމެދު ސޮއިކޮށްފައި ވަނީ މިއަދުއެވެ.

Ad
rt

އަތޮޅު ކައުންސިލް އިދާރާގައި ބޭއްވުނު މި ރަސްމިއްޔާތުގައި އަތޮޅު ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ އަތޮޅު ކައުންސިލްގެ ރައީސް މޫސާ ޝަފީޤެވެ. ކެލާ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ކެލާ ކައުންސިލްގެ ރައީސް ޢަބްދު ﷲ އިންފާޒެވެ.

އެ އަތޮޅުގައި މީގެކުރިން ކަނޑުގައި ދުއްވާ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ދޫކުރަނީ އަތޮޅު ކައުންސިލް އިދާރާއިންނެވެ.

މިއަދު ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން ކެލާ ރައްޔިތުން ކެލާގައި ތިއްބަވައިގެން ކެލާ ކައުންސިލް އިދާރާއިން ލައިސަންސް ލިބޭނެގޮތް ހަމަޖެހިގެން ދާނެކަމަށް ހއ. އަތޮޅު ކައުންސިލުން ވިދާޅުވިއެވެ.

މިޚިދުމަތް ކެލައިން ލިބޭގޮތަށް ހަމަޖެހިގެން ދިއުމުގެ ސަބަބުން ކެލާ ރައްޔިތުންނަށް ވަރަށްބޮޑު ފަސޭހަތަކެއް ވެގެންދާނެކަމަށް ވެސް އަތޮޅު ކައުންސިލުން ފާހަގަކުރައްވައެވެ.