Thiladhunmathi News
ކެލައިން، ކަނޑުގެ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ނެގޭގޮތް ހަދައިފި
ކަނޑުގައި ދުއްވާ އިންޖީނުލީ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ހއ. ކެލައިން ނެގޭގޮތަށް ހަމަޖައްސައިފިއެވެ. އެކަމުގެ އެއްބަސްވުމުގައި ހއ. އަތޮޅު ކައުންސިލާއި ކެލާ ކައުންސިލާ ދެމެދު ސޮއިކޮށްފައި ވަނީ މިއަދުއެވެ. އަތޮޅު ކައުންސިލް އިދާރާގައި ބޭއްވުނު މި ރަސްމިއްޔާތުގައި އަތޮޅު ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ އަތޮޅު ކައުންސިލްގެ ރައީސް މޫސާ ޝަފީޤެވެ. ކެލާ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ކެލާ ކައުންސިލްގެ ރައީސް ޢަބްދު ﷲ އިންފާޒެވެ. އެ އަތޮޅުގައި މީގެކުރިން ކަނޑުގައި ދުއްވާ އުޅަނދުފަހަރު ދުއްވ...