މޯލްޑިވްސް ޓޫރިޒަމް ޑިވްލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) އަށް ހދ. ނާގޯށި ދޭން ސަރުކާރުން ނިންމާފައިވާ ކަމަށް ތަޒްމީލް ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ ޓޫރިޒަމް ދުވަސް ފާހަގަ ކުރަން އެނބޫދޫ ފަޅުގައި މިރޭ ބޭއްވި "ގާލާ ނައިޓް" ގައި ވާހަކަ ދައްކަވަމުން އެމްޓީޑީސީގެ އެމްޑީ ތަޒްމީލް ވިދާޅުވީ ނާގޯށި އެމްޓީޑީސީ އަށް ދެއްވާނެކަމުގެ ޔަގީންކަން ސަރުކާރުން ދީފައިވާ ކަމަށާއި އަދި އެ ރަށް ދިނުމާއެކު ބޭރުގެ އިންވެސްޓްރަކާއެކު ރަށް ތަރައްގީ ކުރުމުގެ މަސައްކަތް ފެށިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

Ad
d

ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ނާގޯށީގެ ވާހަކައަށް އަލިއަޅުވާލަމުން ވިދާޅުވީ ނާގޯށި އެމްޓީޑީސީގެ އޮތް ފަސްރަށް އަތުލާފަ ނާގޯއްޓާއި އަޅުވާފަ އެބައޮތްކަމަށާއި އޭގެ ސަބަބުން ނާގޯށި ނަގާނެމީހަކު ނެތްވަރަށް ނާގޮށިއޮތީ އަނިޔާވެރިކަމެއްގެ ތެރޭގައި ކަމަށާއި އަޅުގަނޑުމެން އިރާދަކުެއްވިއްޔާ ނާގޮށި ސޯޓްއައުޓް ކުރާނެކަމަށާއި ނާގޯއްޓަކީ ދިވެހިރާއްޖޭގައޮތް އެންމެ ބޮޑުއެއްރަށްކަން ފާހަގަ ކުރަމުން އެރަށަކީ ހދ އަތޮޅުގެ ތަރައްޤީއާއި ގުޅިފައޮތް ރަށެއްކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން އަލީވަހީދު ވިދާޅުވީ ހަދާނެ ގޮތް ނޭންގިފައި ނުތިބޭނެކަމަށާއި ހަދަންވާގޮތެއް ހެދޭނީ ގާނޫނީގޮތުން ހޯދަންޖެހޭ ހުރިހާ ލަފާތަކެއް ނެގުމަށްފަހުކަމަށާއި އިގްތިޞާދީވަޒީރުން އެކަމާ ނިންމާގޮތެއް ނިންމުމުން ކަމަށް ވިދާޅުވިއެވެ.

އިރާދަކުރެއްވިއްޔާ ކުރިއަށް މިފެށޭ އަހަރު ގެ ތެރޭގައި ހދ ނާގޯށީގެ އަމަލީ މަސައްކަތް މިސަރުކާރުން ފަށާނެކަމުގެ ޔަޤީންކަން ހދ. އަތޮޅުގެ ރައްޔިތުންނަށް އަޅުގަނޑުމެން ދޭންބޭނުންވޭ

ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވިއެވެ.

2007 ވަނަ އަހަރު އެމްޓީޑީސީއަށް ދޫކޮށްފައިވާ ހދ. ނާގޯށީގައި ރިސޯޓު ހެދުމަށް އެކުންފުނިން ވަނީ، ތްރީކޭ އިންޓަނޭޝަނަލް ކިޔާ ކުންފުންޏަކަށް އެ ރަށް ސަބްލީޒް ކޮށްފައެވެ.

ރިސޯޓު ތަރައްގީކުރުމަށް މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްޓީޑީސީ)އަށް ސަރުކާރުން ދީފައިވާ ހދ. ނާގޯށީގެ މަސައްކަތް ނުނިމި، ދިގުލައިގެން ދާތީ އެ ރަށް އެމްޓީޑީސީގެ ދަށުން ވަކިކޮށް، އަމިއްލަ އިންވެސްޓަރަކާ ހަވާލުކުރަން ނިންމައިފައިވަނީ 2016 ވަނައަހަރުގެ އޮކްޓޫބަރ މަހު އެވެ.

ހދ. ނާގޯށި ތަރައްގީ ކުރުމުގެ މަސައްކަތް ސަރުކާރުން 2017 ވަނަ އަހަރުގެ އޮގަސްޓްމަހު 17 ވަނަދުވަހު މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) އާއި ހަވާލުކޮށްފައިވާކަމަށް 2017 ވަނަ އަހަރު ނޫސްތަކުން ރިޕޯޓްކޮށްފައި އެބަހުއްޓެވެ.

"އެރަށް ދިނުމުގެ މިހާރު މިވަނީ އިންވެސްޓަރުން ހޯދުމުގެ މަސައްކަތް ފެށިފައި. މިހާރު ހަތަރު ވަރަކަށް އިންވެސްޓަރުން ޝައުގުވެރިކަން ފާޅުކޮށްފައިވޭ،"

ކުރީގެ އެމްޓީޑީސީ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޝުޖާއު 2017 ވަނަ އަހަރު އޮގަސްޓްމަހުގެ 19 ވަނަ ދުވަހު އަވަސް ނޫހަށް ދެއްވި އިންޓަރވިއުއެއްގައި ވިދާޅުވި އެވެ.

2017 ވަނައަހަރު އޮގަސްޓްމަހުގެ 20 ވަނަދުވަހު މިހާރުނޫހަށް ދެއްވި އިންޓަރވިއުއެއްގައި ސުޖާއު ވިދާޅުވެފައިވަނީ ނާގޯށި ތަރައްގީކުރަން ހަތަރު ކުންފުންޏަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށާއި އަދި އަންނަ މަހުގެ ތެރޭގައި ބަޔަކާ ހަވާލުކުރެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެ ރަށް ތަރައްގީކުރަން ޝައުގުވެރިކަން ފާޅުކުރި ކުންފުނިތަކުގެ ތެރޭގައި ކުރިން އަޅުގަނޑުމެންނާއެކު މަސައްކަތްކުރި ތްރީކޭ އިންޓަނޭޝަނަލް އެބަ ހިމެނޭ. ނަމަވެސް އެންމެ ރަނގަޅު ހުށަހެޅުމެއް ހުށަހަޅާ ބަޔަކަށް ހަވާލުކުރާނީ،"

2017 ވަނައަހަރު އޮގަސްޓްމަހުގެ 20 ވަނަދުވަހު މިހާރުނޫހަށް ދެއްވި އިންޓަރވިއުއެއްގައި ސުޖާއު ވިދާޅުވި އެވެ.

Ad
df

ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށް އެމްޓީޑީސީ އަށް ހދ. ނާގޯށި ދޫކޮށްފައިވަނީ 2006 ވަނަ އަހަރެވެ. އެރަށުގައި ތަރައްގީ ކުރަނީ 600 އެނދުގެ ރިސޯޓެވެ. ރަށް ތަރައްގީ ކުރުމަށް ސަބްލީޒް ކޮށްފައިވަނީ ދިވެހި ކުންފުންޏެއް ކަމަށްވާ ތްރީ ކޭ އިންޓަނޭޝަނަލައާ އެވެ. ނާގޯށި ރިސޯޓު ހިންގުމުގެ އެއްބަސްވުމެއްގައި އެމެރިކާގެ ހޮޓެލް ޗެއިން ކާލްސަންއާ އެކު ތްރީ ކޭ އިން ހަވާލުކޮށްފައިވަނީ 2011 ވަނަ އަހަރު އެވެ. އަދި އެ ކުންފުނިން ކުރިން ބުނެފައިވަނީ 2012 ގައި އެ ރިސޯޓް ހުޅުވޭނެ ކަމަށެވެ. އަދި އޭގެ ފަހުން މިއަހަރު އެރަށް ހުޅުވާނެ ކަމަށް އެމްޓީޑީސީން ބުނެފައިވެ އެވެ.