ލަންކާ ބަންޑާރަނަޔަކަ އިންޓަނޭޝަނަލް އެއާޕޯޓުން، އޮން އެރައިވަލް ޕީސީއާރް ޓެސްޓް ހެދުމަށް ބޭނުންވާ އިންތިޒާމްތައް އިތުރުކޮށްފިއެވެ.

ބަންޑާރަނަޔަކަ އިންޓާނޭޝަނަލް އެއާޕޯޓުގައި އޮން އެރައިވަލް ޕީސީއާރް ޓެސްޓް ހެދުމަށް ބޭނުންވާ ކައުންޓަރުތައް އިތުރުކޮށް ފަސިންޖަރުންނަށް ފަސޭހައިން ގައިދުރުކަމާއި އެކު ޓެސްޓް ހެދުމާއި ޓެސްޓްއަށް ފައިސާ ދެއްކުމަށް ބޭނުންވާނެ ކައުންޓަރުތަކެއްވެސް ވަނީ ގާއިމްކޮށްފައެވެ.

Ad
rt

ލަންކާ އެއާޕޯޓްގައި ކައުންޓާތައް ިއތުރުކޮށްފައި މިވަނީ ލަންކާ އެއާޕޯޓް ތެރޭގައި އެއްވެސް ގައިދުރުކަމެއް ނެތި ފަސިންޖަރުން ހަރަކާތްތެރިވާ ވީޑިއޯތަކެއް ސޯޝަލް މީޑިއާގައި ދައުރުވެފައިވަނިކޮށެވެ.

މިކަމާއި ގުޅިގެން ލަންކާ އިންޓާނޭޝަނަލް އެއާޕޯޓްގެ އެއާޕޯޓް އެންޑް އޭވިއޭޝަން ސާވިސަސްގެ ޑިރެކްޓާ ޝޭހާން ސުމަނަސޭކަރާ ވިދާޅުވީ ފާއިތުވެދިޔަ ދުވަސްތަކުގައި އެއާޕޯޓްގެ ޕީސީއާރް ޓެސްޓް ކައުންޓަރުތައް ތޮއްޖެހި ފަސިންޖަރުންނަށް ދިމާވެފައިވާ ދަތިތަކަށް މަޢާފަށް އެދޭކަމަށާއި، ތޮއްޖެހިފައިވަނީ ލަންކާ މަގުން ޑުބާއީއަށް ދަތުރުކޮށްފައިވާ ފަސިންޖަރުންގެ ޓެސްޓް ހެދުމަށް ކައުންޓަރަށް ދިޔަ ފަސިންޖަރުންގެ ތެރޭގައިކަަމަށެވެ.

އޮގަސްޓް މަހުން ފެށިގެން ލަންކާގެ މައި އެއާޕޯޓް ބަންޑާރަ ނައިކް އިންޓާނޭޝަނަލް އެއާޕޯޓުގައި ވަނީ ޑުބާއީއަށް ދަތުރުކުރާ ފަސިންޖަރުނަށް ޚާއްސަކޮށް ފުރުމުގެ 4 ގަޑި އިރު ކުރިން ހަދަންޖެހޭ "ރެޕިޑް ޕީސީއާރް" ޓެސްޓްތަކެއް ހެދުމަށް ވަކި ކައުންޓަރެއް ހަދާފައެވެ.

މިއީ ދުބާއީ އަންގާފައިވާ އެންގުމަކާއި އެކު އެގައުމަށް ދަތުރުކުރާ ކޮވިޑްގެ ނުރައްކާ ބޮޑެތި ގައުމުތަކުގެ ތެރޭގައި ހިމެނޭ ސްރީ ލަންކާ، އިންޑިއާ އަދި ޕާކިސްތާނުގެ ފަސިންޖަރުންނަށް ޚާއްސަކޮށްގެން ގާއިމްކޮށްފައިވާ ކައުންޓަރުތަކެއްކަމަށް ލަންކާ އެއާޕޯޓްގެ އޮފިޝަލު ހާމަކޮށްފައިވެއެވެ.

އަދި އެކައުންޓަރުން ފަހަރަކު 350 މީހުންގެ ސާމްޕަލް ނަގައި 3 ގަޑި އިރުގެ ތެރޭގައި ނަތީޖާ ދޫކުރަންޖެހުމުން ބާރު ބޮޑު ވި ކަމަށް އޮފިޝަލް ހާމަކޮށްފައިވެއެވެ. މި ކައުންޓަރަށް ޙިދުމަތްދެމުން އަންނަނީ ލަންކާގެ އާސިރީ ހޮސްޕިޓަލުންކަމަށްވެސް އޮފިޝަލް ބުނެފައިވެއެވެ.

ނަމަވެސް މިހާރު މިކަންތައްތަކަށް ހައްލު ހޯދައި ކައުންޓަރުތައް އިތުރުކޮށް ޙިދުމަތް ރަގަޅުކޮށްފައިވާކަމަށް ލަންކާ އެއާޕޯޓްއިން ބުނެފަ ވެއެވެ.