ހދ.ނޭކުރެންދޫގެ ލޭންޑްޔޫސް ޕްލޭންގައިވާ ގޮތަށް ޤާއިމު ކުރުމަށް ހަމަޖެހިފައިވާ އިންޑަސްޓްރިއަލް ޖަލުގެ އުތުރުފަރާތު އިންފާރު ރާނައިދޭނެ ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ހުޅުވާލައިފިއެވެ.
މިކަމާއި ގުޅިގެން 05 އޯގަސްޓް 2021 ވީ ބުރާސްފަތި ދުވަހު ހޯމް މިނިސްޓްރީން ކޮށްފައިވާ އިޢުލާނުގައި އިތުރަށް ވިދާޅުވެފައި ވަނީ މިބީލަމުގައި ބައިވެރިވެއްލައްވަން ބޭނުންފުޅުވާ ފަރާތްތަކުން، 11 އޮގަސްޓް 2021 ވާ ބުދަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން އެ ފަރާތެއްގެ މަޢުލޫމާތު އެ މިނިސްޓްރީއަށް މެއިލް ކުރައްވައި ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓަރީ ކުރެއްވުމަށެވެ. އެ މިނިސްޓްރީގެ މެއިލް އެޑްރެސްއަކީ procurement@homeaffairs.gov.mv އެވެ.
ބީލަމުގައި ރަޖިސްޓަރީވާން ބޭނުންފުޅުވާ ފަރާތްތަކުން ފޮނުވަނެޖެހޭ މަޢުލޫމާތުގައި ހިމެނެނީ ބީލަމުގެ ނަން ނުވަތަ އިއުލާނުގެ ނަމްބަރާއި ބީލަން ހުށަހަޅާ ކުންފުނީގެ ނަން، އަމިއްލަ ފަރާތަކުން ހުށަހަޅާނަމަ އެ ފަރާތެއްގެ ނަމެވެ. އަދި އެފަރާތަކަށް ގުޅޭނެ ނަމްބަރުގެ އިތުރުން އީމެއިލް އެޑްރެސްއެވެ. މީގެއިތުރުން ބީލަން ހުށަހަޅާ ފަރާތް ތަމްސީލު ކުރާނެ ފަރާތުގެ ނަމާއި މަޤާމު އަދި އަމިއްލަ ފަރުދެއްނަމަ އައިޑީ ކާޑު ނަންބަރެވެ.
މިބީލަމާއި ގުޅޭ މައުލޫމާތު ކަރުދާސް، ރަޖިސްޓަރީ ކުރައްވާ ފަރާތްތަކަށް ފޮނުވުމަށް ހަމަޖެހިފައިވާއިރު، ބީލަން ހުށަހެޅުމާއި/ ހުޅުވުން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ 18 އޮގަސްޓް 2021 ވާ ބުދަ ދުވަހުގެ 12:00 ގައި މިނިސްޓްރީ އޮފް ހޯމްއެފެއާޒް، ވެލާނާގެ 10 ވަނަ ފަންގިފިލާ ގައެވެ.
ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓަރީ ނުކުރައްވާ ފަރާތްތަކުގެ ބީލަންތައް ބަލައި ނުގަނެވޭނެ ކަމުގައި ވެސް އެ އިޢުލާނުގައިވެއެވެ
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!