ށ. ފީވަކުން ކޯވިޑް-19 އަށް ޕޮޒިޓިވް މީހުންގެ އެކްޓިވް ކޭސްތަކުގެ ޖުމްލަ 46 އަކަށް އަރައިފިއެވެ.
މިދިޔަ ޖުލައި މަހުގެ 28 ވަނަ ދުވަހު ފީވަކުން ނެގުނު ރެންޑަމް ސާމްޕަލްތަކުން 3 ސާމްޕަލްއެއް ޕޮޒިޓިވް ވުމާއި ގުޅިގެން އެރަށް މިހާރު ވަނީ މޮނިޓަރިންއަށް ލާފައެވެ.
އެރަށުން ޕޮޒިޓިވްވި ފަރާތްތަކުގެ ކޮންޓެކްޓުން ކަމަށް ބެލެވިގެން، އެ ފަރާތްތަކުގެ ސާމްޕަލްތަކާއި އެކު ފީވަކުން މިހާތަނަށް ޖުމްލަ 107 ސާމްޕަލްއެއް ވަނީ ނެގިފައެވެ.
އޭގެ ތެރެއިން 46 މީހުން ޕޮޒިޓިވް ވިއިރު ނެގެޓިވް ވެފައިވަނީ 58 ފަރާތެއްގެ ސާމްޕަލްއެވެ.
އެރަށުން އަލަށް 21 މީހެއްގެ ސާމްޕަލް ޕޮޒިޓިވް ވެފައިވާއިރު، މިކޭސްތަކާއި ގުޅިގެން އެރަށުން އިތުރު ސާމްޕަލްތަކެއް ނެގުމަށް ހަމަޖެހިފަ ކަމަށް އެރަށު ސިއްހީ މަރުކަޒުން ހާމަކުރަށްވައެވެ.
https://thiladhun.wonstasite.com/69334
މީގެއިތުރުން މި ދަނޑިވަޅުގައި ކެތްތެރިކަމާއި އެކު ގޭގައި މަޑުކުރަށްވާ ފަރުދީ ޒިންމާ އަދާކުރެއްވުމަށް ފީވަކު ކައުންސިލުން ވެސް ވަނީ އިލްތިމާސް ކުރައްވާފައެވެ.
މިއަދުގެ ނިޔަލަށް އެކިފަހަރުމަތިން އެރަށުން ޖުމްލަ 53 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!