މާލޭގައި ކޯވިޑް-19 ގެ ކޭސްތައް އިތުރުވަމުން އަންނާތީ އެސްޓީއޯގެ އޮންލައިން ޕްލެޓްފޯމް، އީ ސްޓޯ ބޭނުކޮށްގެން ވިޔަފާރި ކުރުމަށް އެކުންފުނިން އެދިއްޖެއެވެ.

ކޯވިޑް-19ގެ މި ހާލަތުގައި ފިހާރަތަކަށް ގޮސް ތޮއްޖެހި ދިގު ކިޔުތަކުގައި ތިބުމުގެ ބަދަލުގައި ގޭގައި ތިބެގެން އާންމު ދިރިއުޅުމަށް ބޭނުންވާނެ ތަކެތި ގަތުމަށް ކަމާބެހޭފަރާތްތަކުން އަންނަނީ އިރުޝާދުދެމުންނެވެ.

Ad
rt

އެސްޓީއޯގެ އީސްޓޯރުން އެސްޓީއޯ ސުޕަމާކެޓުން ވިއްކާ ތަކެތި ކަސްޓަމަރުންނަށް އޮންލައިންކޮށް ލިބޭނެއެވެ. އެގޮތުން "އީސްޓޯރ.އެމްވީ" އަށް ޒިޔާރާތްކުރުމުންއެސްޓީއޯ ސުޕަރމާކެޓުން ވިއްކާ ކާބޯތަކެއްޗާއި ގޭތެރޭގައި ބޭނުންކުރާ ސާމާނާއި އެހެނިހެން ތަކެތި އޮންލައިންކޮށް ގަނެވޭނެއެވެ.

އެސްޓީއޯއިން ބުނީ އީސްޓޯރުގެ ޚިދުމަތް 24 ގަޑިއިރު ލިބެން ހުންނާނެކަމަށެވެ. އެހެންކަމުން ބޭރަށް ދިއުން މަދުކޮށް ވިޔަފާރިކުރުމަށް އެސްޓީއޯގެ އީސްޓޯރުޚިޔާރުކުރުމަށް ވަނީ އެދިފައެވެ.

މި ހިދުމަތަކީ އެ ކުންފުނިން ކޮވިޑް-19ގެ ސަބަބުން މިދިޔަ އަހަރު ފެށި ހިދުމަތެކެވެ. މިދިޔަ އަހަރު މާލެ ލޮކްޑައުންގެ ދުވަސްވަރު ގިނަ ބަޔަކު ވިޔަފާރި ކުރަން ހިޔާރުކުރީ އެސްޓީއޯ އީ ސްޓޯރުގެ ހިދުމަތެވެ.