ހއ. ކެލާ ޝެއިހު އިބްރާހީމް ސްކޫލަށް 75 އަހަރު ފުރުން ފާހަގަ ކުރުމަށް ބާއްވާ ޙަރަކާތްތަކަށް ފައިސާ ހޯދުމުގެ ކަންކަމުގައި ބައިވެރިވާނެ ބަޔަކު ހޯދަން އިއުލާނު ކޮށްފިއެވެ.
އެ ސްކޫލުން ކުރި އިއުލާނެއްގައި ބުނެފައި ވަނީ ސްކޫލަށް 75 އަހަރު ފުރުން ފާހަގަކުރާ ރަސްމިއްޔާތަށް ބޭނުންވާ ފައިސާ ހޯދުމަށް ފަންޑުރައިޒުކުރުމުގެ ގޮތުން 2020 ވަނަ އަހަރުގެ ސުޓޭސަނަރީ ވޮޗަރ އަށް ތަކެތި ހޯދައިދިނުމާއި ޔުނީފޯމުފޮތި ސުކޫލުގެ ފަރާތުން ވިއްކުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ވީމާ ސުކޫލުން މިޚިދުމަތް ހޯއްދަވަން ބޭނުންވާ ބެލެނިވެރިން އެ ސުކޫލުގައި ނަންނޯޓު ކުރުމަށް އެދެވެ.
ޝެއިހު އިބްރާހިމް ސްކޫލުން ދަނީ އެ ސްކޫލުގެ 75 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ގިނަ ކަންތައްތަކެއް ރާވަމުންނެވެ. އެގޮތުން ސްކޫލަށް މޮނިއުމެންޓެއް ފަރުމާކޮށްދޭނެ ބަޔަކު ހޯދަން ވެސް ދާދި ފަހުން ވަނީ އިއުލާނު ކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!