ދުސިތް ތާނީގެ ޖެނެރަލް މެނޭޖަރަށް ތަޅުދަނޑި ހަވާލުކުރުމުގެ ރަސްމިއްޔާތު ކަނޑު އަޑީގައި ބާއްވައިފިއެވެ.

މިރަސްމިއްޔާތު ބާއްވާފައިވަނީ މިއަދު މެންދުރު އެރިސޯޓު ކައިރީ އޮންނަ އަނގަފަރު ގައެވެ. އެރިސޯޓުން ބުނެފައިވާ ގޮތުގައި މިކަހަލަ ރަސްމިއްޔާތެއް ރާއްޖޭގައި ބޭއްވި މީ ފުރަތަމަ ފަހަރެވެ. މިރަސްމިއްޔާތުގެ ޑައިވްކުރުމުގެ އެންމެހާ ކަންކަން ހަމަޖައްސާފައިވަނީ އެރިސޯޓުގެ ޑައިވްސެންޓަރ ހިންގަމުން އަންނަ އޯޝެން ޑައިވް ސެންޓަރުންނެވެ.

Ad
rt

ޖެނެރަލް މެނޭޖަރުކަމާއި އަލަށް ހަވާލުވި ތޯމަސް ވެބާރ އަށް ތަޅުދަނޑި ހަވާލުކޮށްދިނީ، 2 އަހަރާއި 9 މަސް ދުވަސް ވަންދެން އެރިސޯޓުގެ ޖެނެރަލް މެނޭޖަރުކަން ކުރަމުންއައި ކުން ރެއިންހޯލްޑް ޖޮއާންއެވެ.

ދުސިތް ތާނީގެ ޖެނެރަލް މެނޭޖަރަކަށް އައްޔަންކޮށްފައިވާ ތޯމަސް ވެބާރ އަކީ ސުވިސްސްގެ ހޮސްޕިޓާލިޓީގައި ތަޖުރިބާ ކާރު ފަރާތެކެވެ. ރާއްޖޭގައި މަސައްކަތްކުރަން ފަށާފައިވަނީ 2016 ވަނަ އަހަރުއެވެ. ތޯމަސްއަކީ ދުނިޔޭގެ އެކި ކަންކޮޅުގައި މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވާ ފަރާތެއްކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

ދުސިތް ތާނީ އަކީ ބ އަތޮޅުގައި އޮންނަ ރިސޯޓެކެވެ. މިރިސޯޓު ހިންގަމުން އަންނަނީ ތައިލެންޑުގެ މަސްހޫރު ހޮޓެލް ޗެއިން ދުސިތް އިންޓްރނޭޝަނަލް އިންނެވެ. މިރިސޯޓުގައި 94 ކޮޓަރީގެ އިތުރުން ރެސިޑެންޓް ވިލާތައްހުރެއެވެ.