ދުނިޔޭގެ އެންމެ މުއްސަނދި މީހުންގެ ތެރޭގައި ހިމެނޭ އެމެރިކާގެ މަހުޖަނު ބިލް ގޭޓްސް އާއި އަނބިކަނބަލުން މެލިންޑާ ގޭޓްސްގެ 27 އަހަރުވީ ކައިވެނި ރޫޅާލަންނިންމައިފިއެވެ.
މިކަން ދެ ބޭފުޅުން އިއުލާން ކުރެއްވީ އިއްޔެ ނެރުނު ބަޔާނަކާއެކުގައެވެ. ބޭރުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ވަރިވުމަށް އެދި މެލިންޑާ، މައްސަލަވޮޝިންޓަންގެ ކިންގް ކައުންޓީ އަށް ހުށަހެޅުއްވީ ހޯމަ ދުވަހުއެވެ.
ދުނިޔޭގެ އެންމެ މަޝްހޫރު ޓެކް ކުންފުނިތަކުގެ ތެރޭގައި ހިމެނޭ މައިކްރޮސޮފްޓްގެ ކުރީގެ ޗެއާމަން ބިލް އާއި މެލިންޑާގެ ކައިވެނި ރޫޅާލާ އިރު، މި ކައިވެންޏަށް ތިންދަރިން ލިބިފައިވެއެވެ. އެއީ ޖެނިފާ ކެތަރިން ގޭޓްސް، އާއި ރޯރީ ޖޯންސް ގޭޓްސް އާއި ފޮއޭބީ އެޑެލް ގޭޓްސްއެވެ.
ބިލް އާއި މެލިންޑާ ކައިވެނި ބައްލަވައިގަތީ 1994 ގަ އެވެ. އެ ދެބޭފުޅުންގެ ކައިވެނި ރޫޅަލަން ނިންމި ސަބަބެއް ވިދާޅުވެފައި ނުވެއެވެ.
އެ ދެ ބޭފުޅުންގެ ބަޔާނުގައި ބުނެފައިވަނީ ކައިވެނި ރޫޅާލެއްވި ނަމަވެސް ކުރިއެކޭ އެއްގޮތަށް ދެ ބޭފުޅުން ވެސް ބިލް އެންޑް މެލިންޑާ ގޭޓް ފައުންޑޭޝަންގެމަސައްކަތްތަކުގައި ހިއްސާވެވަޑައިގަންނަވާނެ ކަމަށެވެ.
ބިލް އަކީ މި ވަގުތު ދުނިޔޭގެ ހަތަރު ވަނަ އަށް އެންމެ މުއްސަނދި މީހާއެވެ. އޭނާގެ މިލްކިއްޔާތު 130 ބިލިއަނަށް އަރައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!