ތ. ގާދިއްފުށީގެ ފެނާއި ނަރުދަމާ ނިޒާމު ގާއިމް ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

މި މަޝްރޫއު ސަރުކާރުން ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއެވެ.

Ad
rt

އެ ކުންފުނިން ބުނިގޮތުގައި މިހާރު ކުރިއަށްދަނީ އާރުއޯއެލް ޕްލާންޓާއި އެޑްމިން އޮފީސް އިމާރާތް ކުރާ ބިން ސާފު ކުރުމުގެ މަސައްކަތް ކަމަށެވެ.

މި މަޝްރޫއުގެ ދަށުން ގާދިއްފުށީގައި އެޑްމިނިސްޓްރޭޝަން އިމާރާތަކާއި އާރުއޯއެލް އިމާރަތެއްގެ އިތުރުން ފެނުގެ ނިޒާމަކާއި ނަރުދަމާ ނިޒާމު ގާއިމް ކުރާނެއެވެ.

އެމްޓީސީސީން އަންނަނީ ރާއްޖޭގެ އެކި ރަށްރަށުގައި އުމްރާނީ ތަރައްގީއަށް ބޭނުންވާ މަޝްރޫއުތައް ހިންގަމުންނެވެ. މި މަޝްރޫއުތައް ހަވާލުކޮށްފައިވާ މުއްދަތަށްނިންމުމަށް އެ ކުންފުނިން އަންނަނީ މަސައްކަތް ކުރަމުންނެވެ.