ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ރާއްޖޭގެ ކެންސާ ސޮސައިޓީ އޮފް މޯލްޑިވްސް އަށް 150،000 ރުފިޔާ ހަދިޔާ ކޮށްފި އެވެ.
މި އެހީތެރިކަމަކީ ކެންސާ ސޮސައިޓީ އިން ކުރިއަށްގެންދާ ހަރަކާތެއް ކަމަށްވާ ''އެނުއަލް ޕިންކް ރިބަން ރަން-ވޯކް'' އަށް ބީއެމްއެލް އިން ދިން އެހީއެކެވެ. ''ޕިންކް ރިބަން ރަން-ވޯކް'' އަކީ އުރަމަތީގެ ކެންސަރަށް މީހުން ހޭލުންތެރިކުރުމަށް ކެންސާ ސޮސައިޓީ އިން ކުރިއަށްގެންދާ ހަރަކާތެކެވެ.
ބީއެމްއެލް އިން ކެންސަރު ސޮސައިޓީ އަށް ފޯރުކޮށްދިން މިއެހީތެރިކަން އެ ޖަމިއްޔާ އާއި ހަވާލުކޮށްދެއްވީ، މިއަދު އެ ކަމަށް ބޭއްވި ރަސްމިއްޔާތެއްގައި އެ ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު ޓިމް ސޯޔާ އެވެ.
މި އެހީ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތަށް ފަހު ސީއީއޯ އަދި އެމްޑީ ޓިމް ވަނީ ކެންސާ ސޮސައިޓީގެ މެންބަރުންނާއި ކެންސަރަށް ފަރުވާ ހޯދާ ޕޭޝަންޓުން އަދި ކެންސާ ސަވައިވާސް އާ ބައްދަލު ކުރައްވައިފަ އެވެ.
އެ ބައްދަލުވުމުގައި ކެންސަރު ބަލިން ރަނގަޅުވި ފަރާތްތަކުން ވަނީ ކެންސަރާ ހަނގުރާމަކޮށް ކާމިޔާބު ހޯދުމުގައި އެ މީހުން ކުރި ހިތްވަރާއި، ކެރިގެން ބައްޔާ ކުރިމަތިލުމާއި އަދި އުއްމީދާ އެކު މަސައްކަތްކުރިކަމުގެ ވާހަކަތައް ހިއްސާކޮށްފަ އެވެ.
Thank you @bankofmaldives for the kind donation and for being part of our #BreastCancerAwareness activities since 2016.
We look forward to more activities together in future. Thank you for supporting this cause. https://t.co/7m2fThSpKT
— Cancer Society of Maldives (@CancerSocietyMV) November 8, 2020
މިއަހަރުގެ ޕިންކް ރިބަން ރަން- ވޯލްކް ހަރަކާތް ބޭއްވީ ވާޗުއަލް އިވެންޓެއްގެ ގޮތުގަ އެވެ. އެ ހަރަކާތުގައި ގާތްގަނޑަކަށް 700 މީހުން ވަނީ ބައިވެރިވެފަ އެވެ.
މިއެހީތެރިކަން ފާހަގަކޮށް ކެންސާ ސޮސައިޓީން ވަނީ 2016 ވަނަ އަހަރުން ފެށިގެން އުރަމަތީގެ ކެންސަރަށް މީހުން ހޭލުންތެރިކުރުމަށް އެ ސޮސައިޓީން ކުރިއަށްގެންދާ މި އެހީތެރިކަމަށް ޝުކުރު އަދާކޮށްފައެވެ.
2016 ވަނަ އަހަރުން ފެށިގެން ބީއެމްއެލް އިން އެ ބޭންކު އިޖްތިމާއި ޒިންމާގެ ދަށުން ކެންސާ ސޮސައިޓީއަށް އެހީތެރިވަމުން އަންނައިރު، މީގެ އިތުރުން އެ ބޭންކުގެ "ކޮމިޔުނިޓީ ފަންޑް"ގެ ދަށުން ރާއްޖޭގެ ގިނަ ރަށްތަކަކަށް އަންނަނީ އެހީތެރިކަން ފޯރުކޮށް ދެމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!