ފެނަކަ ކޯޕަރޭޝަން އިން ހދ. އަތޮޅު ކުމުންދޫ އާއި ވައިކަރަދޫ އަދި ނެއްލައިދޫގައި އަޅާ އާ އިންޖީނުގޭގެ ބިންގާ އަޅައިފިއެވެ.

ތިން ރަށުގެ އިންޖީނުގެ އާއި އޮފީސް ބްލޮކްގެ ބިންގާ އަޅުއްވައިދެއްވީ ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައީދު މުހައްމަދުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދު އަދި ރަށު ކައުންސިލުގެ ރައީސުންނެވެ.

Ad
rt

ކުމުންދޫގެ އިންޖީނުގެ އެޅުމަށް ހަވާލުކޮށްފައިވަނީ ވަލީދު ކޮންސްޓްރަކްޝަންސްއާ ކަމަށްވާއިރު، 270 ދުވަހުގެ ތެރޭގައި މި މަސައްކަތް ނިންމަންޖެހެއެވެ. ވައިކަރަދޫގެ އިންޖީނުގެ އެޅުމަށް ހަވާލުކުރީ ފައިމީ ކޮންސްޓްރަކްޝަންއާ ކަމަށްވާއިރު އެ މަސައްކަތް ނިންމަން ދީފައިވަނީ 210 ދުވަހެވެ.

އަދި ނެއްލައިދޫގެ އިންޖީނުގެ އަޅަން ހަވާލުކޮށްފައިވަނީ ނުގާ ކޮންސްޓްރަކްޝަންއާ ކަމަށްވާއިރު، އެ މަސައްކަތް 280 ދުވަހުގެ ތެރޭގައި ނިންމަން ޖެހެއެވެ.

މި ތިން ރަށުގެ އިތުރުން އިއްޔެ ވަނީ ހދ.އަތޮޅުގެ އެންމެ ބޮޑު ރަށް ކަމަށްވާ ކުޅުދުއްފުށީގައި އަޅާ އާ އިންޖީނުގޭގެ ބިންގާ ވެސް އަޅާފައެވެ.