މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ މުވައްޒަފުންނަށް މިދިޔައަހަރުގެ އަހަރީބޯނަސްގެގޮތުގައި 7879 ރުފިޔާދީފިއެވެ.
އެމްއޭސީއެލްއިން މުވައްޒަފުންނަށް ފޮނުވި ސާކިއުލާއެއްގައި ވާގޮތުގައި 2018 ވަނަ އަހަރުގެ އަހަރީ ބޯނަސްދިނުމަށް ހަމަޖެހިފައިވަނީ ހުރިހާމުވައްޒަފުންނަށް ހަމަހަމަވާ އުސޫލުންނެވެ. އެގޮތުން، 2018 ވަނަ އެއްކޮށް ވަޒީފާއަދާކޮށްފައިވާ ކޮންމެ މުވައްޒަފަކަށް އަހަރީ ބޯނަސްގެގޮތުގައި 7،879.79 ރުފިޔަ ލިބޭނެކަމަށް އެސާކިއުލަރގައި ވެއެވެ.
މިދިޔަ އަަހަރު ވަޒީފާދިން މުވައްޒަފުން އަދި އެއަހަރު ވަޒީފާއިން ވަކިވެފައިވާ މުވައްޒަފުންގެ ތެރެއިން ހަމަސްދުވަހުން ނުވަތަ އެއަށްވުރެ ގިނަދުވަސްވެފައިވާ މުވައްޒަފުންނަށް ބޯނަސްދިނުމަށް ހަމަޖެހިފައިވަނީ، ވަޒީފާގައި އުޅުނު ދުވަހުގެ ނިސްބަތުންނެވެ.
ނަމަވެސް، ޑިސިޕްލިނަރީ ޕޮލިސީގެ ދަށުން މިދިޔައަހަރު ވަޒީފާއިން ވަކިކުރި މުވައްޒަފުންނަށް އަހަރީ ބޯނަސް ނުލިބޭނެކަމަށްވެސް އެކުންފުނިންބުންޏެވެ.
ސާކިއުލާގައިވާ ގޮތުން ބޯނަސް ފައިސާވަނީ އީދުބަންދުގެ ކުރިން މުވައްޒަފުންނަށް ޖަމާކޮށްދީފައެވެ.
އެމްއޭސީއެލްއިން މީގެކުރިން އަހަރީބޯނަސްދީފައިވަނީ ކޮންމެމުވައްޒަފަކަށްވެސް އެމުވައްޒަފެއްގެ އެއްމަަސްދުވަހުގެ މުސާރައަށް ވާވަރެކެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ހިންގާ އެމްއޭސީއެލްއަށް މިދިޔަ އަހަރު 1.2 ބިލިއަން ރުފިޔާ ސާފު ފައިދާގެ ގޮތުގައި ލިބިފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!