ރާއްޖޭގެ މޫސުމާއިބެހޭ ޤައުމީ އިދާރާއިން ބޮޑު ތިލަދުންމައްޗަށް ވައިޓް އެލަރޓް ނެރެފިއެވެ.
މެޓް އޮފީހުން ބުނީ ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފާ، ވިލާގަނޑުގައި އިތުރަށް ގަދަވާނެ ކަމަށެވެ. އަދި އުތުރުގެ އަތޮޅުތަކަށް ވައިޖެހޭނީ އިރުދެކުނާއި ދެކުނުން 8 މޭލާއި 18 މޭލާދެމެދުގެ ބާރުމިނުގައި ކަމަށްވެސް މެޓް އޮފީހުން ބުނެއެވެ. މީގެއިތުރުން އެހެެން ހިސާބުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 13 މޭލާއި 23 މޭލުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް ލަފާކުރެވޭ ކަމަށްވެސް މެޓް އޮފީހުން ބުނެއެވެ.
ވިލާގަނޑުގައި ގަޑިއަކު 45 މޭލާއި 50 މޭލުގެ ބާރުމިނަށް ވައިގަދަވާނެކަމަށް ލަފާކުރެވޭކަމަށްވެސް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ.
ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްރަށަށް އުދަ އެރުމަކީ އެކަށީގެންވާ ކަމެއްކަމަށް މެޓް އޮފީހުން ބުނެފައިވާ އިރު، ކަނޑުދަތުރު ކުރުމުގައި މޫސުމާއިގުޅޭ އެންމެފަހުގެ މަޢުލޫމާތު ހޯދާ، އަންގަންވާ ފަރާތްތަކަށް އެންގުމަށްފަހު ދަތުރަށް ފެށުމަށް އެމްއެންޑީއެފް އިން ވަނީ އިލްތިމާސްކޮށްފައެވެ.
ރާއްޖެއަށް މިހާރުކުރަމުންދާ ވިއްސާރައިގާ ބައެއް ރަށްރަށަށް އެކިކަހަލަ ގެއްލުން ލިބެމުންދާއިރު، ކަނޑުމަތީގެ ހާދިސާތައްވެސް އަންނަނީ ހިނގަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!