ހދ.ނާވައިދޫގެ ގިނަ މަގުތައް ހަލާކުވެފައިވާތީ، އެ މަގުތައް ހެދުމަށް ރަށު ކައުންސިލާއި އާންމު ރައްޔިތުން ނިކުމެއްޖެއެވެ.

އެރަށުން މައުލޫމާތު ދިން ޒުވާނަކު ބުނީ ނާވައިދޫގެ މަގުތަކުގައި ފެހިޖަހައި، ވަޅުގަނޑު ހެދިފައި ހުރުމުން ރަށުގެ ޒުވާނުންނާއި ކައުންސިލުން އިސްނަގައިގެން މަގު ހެދުމުގެ މަސައްކަތްތައް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން މިއަދު ދަނީ މަގުތަކުން ފެހިކަހައި، ސާފުކޮށް ވެލިއަޅައި އެއްވަރުކުރުމުގެ މަސައްކަތް ކުރަމުންނެވެ.

Ad
rt

މިކަމަކީ އެރަށުގެ ޒުވާނުން އިސްނަގައިގެން ރަށުގެ ރައްޔިތުން ގުޅިގެން ކުރިޔަށް ގެންދާ މަސައްކަތެކެވެ. މިގޮތުން ރަށުގެ ކުދި ބޮޑު އެންމެ މި މަސައްކަތުގައި ހަރަކާތްތެރިވާއިރު ފެންނަނީ އެއްބައިވަންތަކާއެކު ފޯރިއާއި ޖޯޝްގައި އެންމެ އެއް ރޫހެއްގައި މި މަސައްކަތުގައި ޝާމިލްވެ އުޅޭ މަންޒަރެވެ.

ނާވައިދޫގެ މަގު ނުހެދި ވުމުގެ ސަބަބުން ވަނީ ހިތާމަވެރި ހާދިސާތައްވެސް ހިނގާފައެވެ. އެގޮތުން މި އީދުގެ ތެރޭގައި އެކަނިވެސް މަގުމަތީގައި ފެހި ޖަހާފައި ހުރުމުން 30ވަރަކަށް މީހުން ވެއްޓި، ކުދި އަނިޔާތައްވެފައިވާކަމަށްވެއެވެ.